11 މެއި 2024
މި އަހަރު ތަކެތީގެ އަގު އުފުލޭ ވަރު 7.5 ޕަސެންޓަށް އަރާނެ ކަމަށް މާލީ އިދާރާ، ވޯލްޑް ބޭންކުން ލަފާކޮށްފި އެވެ.
މި އަހަރު ތަކެތީގެ އަގު އުފުލޭ ވަރު 7.5 ޕަސެންޓަށް އަރާނެ ކަމަށް މާލީ އިދާރާ، ވޯލްޑް ބޭންކުން ލަފާކޮށްފި އެވެ.
"ސްކޭލިން ބެކް އެންޑް ރީބިލްޑިން ބަފާސް" ގެ ނަމުގައި ވޯލްޑް ބޭންކުން ނެރުނު ރިޕޯޓުގައި ބުނީ، މި އަހަރުގެ އިންފްލޭޝަން އުފުލޭނެ ކަމަށް ލަފާކުރެވޭ އެންމެ ބޮޑު ސަބަބަކީ ސަބްސިޑީ ރިޕޯމު ކުރުން ކަމަށެވެ.
ސަރުކާރުން ވަނީ ސަބްސިޑީ ޓާގެޓްކޮށް އެންމެ ބޭނުން ޖެހިފައިވާ މީހުންނަށް އެ ލިބޭނެ ގޮތްތައް ފަހިކޮށްދޭން ފްލޭން ކޮށްފަ އެވެ. އަންނަ ޖޫން މަހުން ފެށިގެން އެ ފިޔަވަޅުތައް އަޅަން ފަށާނެ ކަމަށް ފިނޭންސް މިނިސްޓްރީން ބުނެފައި ވެ އެވެ.
އެންމެ ބޮޑަށް ބޭނުން ޖެހިފައިވާ މީހުންނަށް ސަބްސިޑީ ދިނުމަށް ދައުލަތުގެ މި އަހަރުގެ ބަޖެޓުގައި 600 މިލިއަން ރުފިޔާ ހިމަނާފައި ވެ އެވެ. ބަޖެޓުގައިވާ ގޮތުން ކަރަންޓާއި ތެލާއި ކާޑާއި ނަރުދަމާގެ ހިދުމަތްތަކަށް ދޭ ސަބްސިޑީ ބަދަލުކޮށް، ޑައިރެކްޓް ޓްރާންސްފާ ނިޒާމަކަށް ބަދަލު ކުރުމަށް ވަނީ ކަނޑައަޅައިފަ އެވެ. އެއާ އެކު، ސަބްސިޑީ އަށް ކުރާ ހޭދައިން 2.5 ބިލިއަން ރުފިޔާ ކުޑަކުރެވޭނެ ކަމަށް ބަޖެޓުގައި ވެ އެވެ.
ސަބްސިޑީއަށް ގެންނަ ބަދަލާ ގުޅިގެން އަނެއްކާ ވެސް ތަކެތީގެ އަގު ހަމައަކަށް އެޅެން ފަށާނީ އަންނަ އަހަރު ކަމަށް ވޯލްޑް ބޭންކުން ބުންޏެވެ. އަންނަ އަހަރު އިންފްލޭޝަން 6.5 ޕަސެންޓަށް ދަށަށް ދާ އިރު ތަކެތީގެ އަގު އުފުލޭ ވަރު 2026 ގައި ހުންނާނީ ފަސް ޕަސެންޓުގައި ކަމަށް ވޯލްޑް ބޭންކުން ލަދާކުރެ އެވެ.
މިދިޔަ އަހަރު ރާއްޖޭގެ އިންފްލޭޝަން ހުރީ 2.9 ޕަސެންޓުގަ އެވެ. އެހެންވެ، މި އަހަރު ސަބްސިޑީއާ ހެދި އިންފްލޭޝަން އެ އިތުރުވަނީ 4.6 ޕަސެންޓެވެ.
ވޯލްޑް ބޭންކުން ލަފާކުރަނީ މި އަހަރު ރާއްޖޭގެ އިގްތިސާދު ކުރިއަރާނީ 4.7 ޕަސެންޓުގަ އެވެ. މިއީ މަރުކަޒީ ބޭންކް، އެމްއެމްއޭ އިން ވެސް ލަފާކުރާ ވަރެވެ.
ސިޔާސަތުތައް ބަދަލުކުރަނީ އަސަރު ކުޑަވާ ގޮތަށް: އަމީރު
ސަބްސިޑީ ތިން ގުނަ ކުޑަކޮށް، ސީދާ މީހާއަށް
ސަބްސިޑީ ރިފޯމް ކުރާނީ އަންނަ އަހަރު
64 ބިލިއަން ރުފިޔާގެ ޓީބިލް ވަނީ ވިއްކާފައިި
"ހަމައެކަނި އިގްތިސާދު ކުރިއަރައިގެން ހާލަތު ރަނގަޅު ނުވާނެ"
އިސްރާފު ކުޑަކުރަން މޭ މަހުން ފެށިގެން ފިޔަވަޅު އަޅަނީ
މިއީ ތާރީހުގައި ރިޒާވް އެންމެ ބޮޑަށް އަޑިއަޅާލި އަހަރު
2026ގެ ދަރަނީގެއަސަރު ޕްރައިވެޓް ސެކްޓަރަށް ކުރާނެ
ރާއްޖޭގެ ދަރަނި ޖީޑީޕީގެ ނިސްބަތުން 115 ޕަސެންޓަށް
ބޭރުގެ ދަރަނި އިތުރުވެ، ރާއްޖެއަށް ނުރައްކާ ބޮޑު