މިދިޔަ އަހަރާ އަޅާބަލާއިރު، ދައުލަތުން ސަބްސިޑީ ދިނުމަށް ކުރާ ހަރަދު 650 މިލިއަނަށް ވުރެ ގިނަ ރުފިޔާއިން ކުޑަކޮށްފައިވާ ކަމަށް މާލީ ހިސާބުތަކުން ދައްކައިފި އެވެ.
މިދިޔަ އަހަރާ އަޅާބަލާއިރު، ދައުލަތުން ސަބްސިޑީ ދިނުމަށް ކުރާ ހަރަދު 650 މިލިއަނަށް ވުރެ ގިނަ ރުފިޔާއިން ކުޑަކޮށްފައިވާ ކަމަށް މާލީ ހިސާބުތަކުން ދައްކައިފި އެވެ.
ފިނޭންސް މިނިސްޓްރީން ކޮންމެ ހަފުތާއަކު އާންމުކުރާ މާލީ ހިސާބުތައް ދައްކާ ގޮތުން، މިދިޔަ އަހަރުގެ އޮގަސްޓް މަހުގެ ހަތް ވަނަ ދުވަހާ ހަމައަށް ސަބްސިޑީ ދިނުމަށް 2.5 ބިލިއަން ރުފިޔާ ވަނީ ހަރަދުކޮށްފަ އެވެ.
ނަމަވެސް، މި އަހަރުގެ އެ މުއްދަތުގައި އެ އަދަދު ވަނީ 650 މިލިއަނަށް ވުރެ ގިނަ ރުފިޔާ އިން ކުޑަކޮށް، 1.8 ބިލިއަން ރުފިޔާއަށް ދަށްކޮށްފަ އެވެ.
ދައުލަތުގެ މި އަހަރުގެ ބަޖެޓުގައި ސަބްސިޑީ އަށް ޖުމްލަ 1.86 ބިލިއަން ރުފިޔާ ލިޔުނީ ސަބްސިޑީ ދިނުމުގެ އުސޫލު ބަދަލުކުރުމުގެ ވިސްނުމުގަ އެވެ. ނަމަވެސް، މި ސަރުކާރުގެ ރިފޯމް އެޖެންޑާގެ ދަށުން އެ ފިޔަވަޅު އެޅުމުގެ ވިސްނުން މިހާރު ދޫކޮށްލާފައިވާ ކަމަށް މިދިޔަ މޭ މަހު ރައީސް ޑރ. މުހައްމަދު މުއިއްޒު ވަނީ ވިދާޅުވެފަ އެވެ.
މިދިޔަ ބުރާސްފަތި ދުވަހާ ހަމައަށް ފިނޭންސް މިނިސްޓްރީގެ ވީކްލީ ފިސްކަލް ޑިވެލޮޕްމަންޓް ރިޕޯޓުގައިވާ ގޮތުން، ދައުލަތުގެ ޖުމްލަ ރިކަރަންޓު ހަރަދުތައް ވެސް މިދިޔަ އަހަރުގެ އެ މުއްދަތާ އަޅާބަލާއިރު ވަނީ ވަރަށް ބޮޑަށް ކުޑަކޮށްފަ އެވެ.
މިދިޔަ އަހަރު 26.8 ބިލިއަން ރުފިޔާގައި ހުރި ޖުމްލަ ރިކަރަންޓު ހަރަދުތައް މި އަހަރު އެހާތަނަށް ވަނީ 22.3 މިލިއަން ރުފިޔާއަށް ދަށްކޮށްފަ އެވެ.
ޖުމްލަ ރިކަރަންޓު ހަރަދުތައް މަދުކުރިޔަސް، މުސާރަ އާއި ޕެންޝަން ދިނުމުގެ ހަރަދު ވަނީ އިތުރުވެފަ އެވެ. މިދިޔަ އަހަރު މުސާރަ އާއި ޕެންޝަނަށް 7.9 ބިލިއަން ރުފިޔާ ހޭދަކޮށްފައިވާއިރު، އެ އަދަދު މިދިޔަ ބުރާސްފަތި ދުވަހާ ހަމައަށް ވަނީ 8.4 ބިލިއަނަށް އިތުރުވެފަ އެވެ.
ދައުލަތް ހިންގުމުގެ ހަރަދުތައް ކުޑަކުރުމާ އެކު، ދައުލަތަށް ލިބޭ އާމްދަނީ އިތުރުކޮށް، އަހަރުގެ މިހާތަނަށް ސާޕްލަސް ބަޖެޓު އަދިވެސް ދަނީ ދަމަހައްޓަމުންނެވެ.
އާމްދަނީ އާއި ހިލޭ އެހީގެ ގޮތުގައި މިދިޔަ ބުރާސްފަތި ދުވަހާ ހަމައަށް 23.7 ބިލިއަން ރުފިޔާ ލިބިފައިވާއިރު، ޖުމްލަ ހަރަދުގެ ގޮތުގައި ހޭދަވެފައިވަނީ 22.3 ބިލިއަން ރުފިޔާ އެވެ.
ހަރަދުގެ ތެރޭގައި ދައުލަތުން ދައްކަންޖެހޭ ލޯނުތައް އަނބުރާ ދެއްކުމަށް ކުރި ހޭދަ ވެސް ހިމެނެ އެވެ.
އެއާ އެކު، ބަޖެޓުގެ އޯވައޯލް ބެލެންސް ވަނީ 1.4 ބިލިއަން ރުފިޔާއިން އަަރަނިވެފަ އެވެ.
ހަރަދު 23 ޕަސެންޓު ދަށް، އާމްދަނީ 6 ޕަސެންޓު އިތުރު
އާމްދަނީ އިތުރު، ބަޖެޓު ސާޕްލަސް 4 މަހާ ގާތަށް
އާމްދަނީ ދަށަސް، ހަރަދު ކުޑަކޮށްގެން 1.4 ބިލިއަނުން ސާޕްލަސްގައި
"އިގުތިސާދީ އިސްލާހީ ފިޔަވަޅުތައް ތަންފީޒު ކުރާނެ"
5 ބިލިއަންގެ ދަރަނި ދެއްކިޔަސް، ބަޖެޓު ސާޕްލަސްގައި!
ސަބްސިޑީ ދޭން ކުރި ހޭދަ 21 ޕަސެންޓު ދަށް
އަހަރުގެ ބަޖެޓު 3.4 ބިލިއަން ރުފިޔާގެ ސާޕްލަސްގައި
މޫޑީސް އިން ރާއްޖޭގެ ރޭޓިން ދަމަހައްޓައިފި
ފިޔަވަޅުތަކުގެ ނަތީޖާ ރަނގަޅު، ހަރަދު ކުޑަވެއްޖެ
ސަބްސިޑީ ހޭދަ ދަށް، އެކަމަކު އާސަންދަ ކުޑަނުވެ މައްޗަށް