ރާއްޖެއަށް ކުރިމަތިވެފައިވާ މާލީ އިގުތިސާދީ ދަތިކަމާ ހެދި ސަރުކާރުން އަޅަން ފަށާފައިވާ އިސްލާހީ ފިޔަވަޅުތަކުގެ ދަށުން، މި އަހަރުގެ މިހާތަނަށް ދައުލަތުގެ ހަރަދުތައް 23 ޕަސެންޓު ކުޑަކޮށްފައިވާ ކަމަށް މާލީ ހިސާބުތަކުން ދައްކައިފި އެވެ.
ރާއްޖެއަށް ކުރިމަތިވެފައިވާ މާލީ އިގުތިސާދީ ދަތިކަމާ ހެދި ސަރުކާރުން އަޅަން ފަށާފައިވާ އިސްލާހީ ފިޔަވަޅުތަކުގެ ދަށުން، މި އަހަރުގެ މިހާތަނަށް ދައުލަތުގެ ހަރަދުތައް 23 ޕަސެންޓު ކުޑަކޮށްފައިވާ ކަމަށް މާލީ ހިސާބުތަކުން ދައްކައިފި އެވެ.
ފިނޭންސް މިނިސްޓްރީން ކޮންމެ ހަފުތާއަކު އާންމުކުރާ މާލީ ހިސާބުތައް ދައްކާ ގޮތުން، މިދިޔަ ބުރާސްފަތި ދުވަހާ ހަމައަށް ދައުލަތުގެ ބަޖެޓުން ޖުމްލަ 20.6 ބިލިއަން ރުފިޔާ ހޭދަކޮށްފައި ވެ އެވެ. މިއީ މިދިޔަ އަހަރުގެ މި މުއްދަތުގެ ތެރޭގައި ދައުލަތުން ކޮށްފައިވާ ހަރަދާ އަޅާބަލާއިރު 8.7 ޕަސެންޓު ދަށް އަދަދެކެވެ.
ދައުލަތުގެ ރިކަރަންޓް ހަރަދު 5.3 ޕސެންޓުން ދަށްވެފައިވާއިރު، ކެޕިޓަލް ހަރަދު ވަނީ 72.1 ޕަސެންޓުން ދަށްވެފަ އެވެ. މި އަހަރުގެ މިހާތަނަށް ދައުލަތުގެ ހަރަދު ވަނީ މިދިޔަ އަހަރާ އަޅާބަލާއިރު އެއް ވަރެއްގައި ދަމަހައްޓައިފަ އެވެ.
މި އަހަރަށް ފާސްކުރި ބަޖެޓުގައި ކަނޑައަޅާފައިވާ އަދަދަށް ބަލާއިރު، އިދާރީ އަދި ހިންގުމުގެ ހަރަދުތަކުގެ ގޮތުގައި ފާސްކުރި 20.8 ބިލިއަން ރުފިޔާގެ ތެރެއިން މިހާތަނަށް ހަރަދުވެފައިވަނީ 8.2 ބިލިއަން ރުފިޔާ އެވެ. މިއީ މިދިޔަ އަހަރުގެ މި މުއްދަތާ އަޅާބަލާއިރު 1.1 ބިލިއަން ރުފިޔާ ކުޑަ އަދަދެކެވެ. އެގޮތުން 2024 ވަނަ އަހަރުގެ މި މުއްދަތުގައި ހޭދަކޮށްފައިވަނީ 9.3 ބިލިއަން ރުފިޔާ އެވެ.
މިބައިގެ ހަރަދުތަކުގެ ތެރޭގައި ހިމެނޭ އިދާރީ ހިންގުމަށް ބޭނުންވާ ތަކެތި ހޯދުމުގެ ހަރަދު ވަނީ 71.5 ޕަސެންޓުން ދަށްވެފަ އެވެ. ދައުލަތުގެ ބަޖެޓުން ދަތުރުފަތުރުކުރުމަށް ކުރެވޭ ހޭދަ ވަނީ، ނިމުނު އަހަރާ އަޅާބަލާއިރު 17.2 ޕަސެންޓު ދަށްވެފަ އެވެ.
ދައުލަތުގެ އާމްދަނީ އާއި ހިލޭ އެހީއަށް ބަލާއިރު، މިދިޔަ ހަފްތާގެ ނިޔަލަށް ލިބުނު 17 ބިލިއަން ރުފިޔާ އަކީ، މިދިޔަ އަހަރު އެ މުއްދަތާ އަޅާބަލާއިރު ހަ ޕަސެންޓު އިތުރު އަދަދެކެވެ.
ޓެކްސް ރޭޓްތަކަށް ގެނައި ބަދަލާ ގުޅިގެން، ޖުމްލަ 13.2 ބިލިއަން ރުފިޔާ ޓެކްސްގެ ގޮތުގައި ލިބިފައިވާއިރު، މީގެ ތެރެއިން ގްރީން ޓެކްސްގެ ގޮތުގައި ލިބުނު އާމްދަނީގެ މިންވަރު މިދިޔަ އަހަރުގެ މި މުއްދަތާ އަޅާބަލާއިރު 88.5 ޕަސެންޓު ވަނީ އިތުރުވެފަ އެވެ. އެއާޕޯޓް ސާވިސް ޗާޖުގެ ގޮތުގައި ލިބުނު އާމްދަނީ 46.9 ޕަސެންޓު އިތުރުވި އެވެ.
އެއާޕޯޓް ޑިވެލޮޕްމަންޓް ފީގެ ގޮތުގައި މިދިޔަ އަހަރުގެ މި މުއްދަތާ އަޅާބަލާއިރު ލިބުނު އާމްދަނީ 44.5 ޕަސެންޓު އިތުރުވެފައިވަނީ ރާއްޖެ ޒިޔާރަތްކުރި ޓޫރިސްޓުންގެ އަދަދު މިދިޔަ އަހަރުގެ މި މުއްދަތާ އަޅާބަލާއިރު ގާތްގަނޑަކަށް ނުވަ ޕަސެންޓުން އިތުރުވެފައިވާތީ އެވެ.
މި އިތުރުވުމާ އެކު، މި އަހަރުގެ މި މުއްދަތުގެ ތެރޭގައި ދައުލަތަށް ލިބިފައިވާ ޖުމުލަ އާމްދަނީ އާއި ހިލޭ އެހީ ވަނީ ނިމުނު އަހަރުގެ މި މުއްދަތާ އަޅާބަލާއިރު ހަ ޕަސެންޓުން އިތުރުވެފަ އެވެ.
އާމްދަނީގެ އިތުރުވުމާ އެކު ސޮވެރިން ޑިވެލޮޕްމަންޓް ފަންޑަށް ޖަމާކުރި ފައިސާގެ އަދަދުވެސް ވަނީ 42.9 ޕަސެންޓުން އިތުރުވެފަ އެވެ.
މި އަހަރުގެ މިހާތަނަށް ފަސް ބިލިއަނަށް ވުރެ ގިނަ ރުފިޔާ ދަރަނި ދެއްކުމަށް ފަހު ވެސް، ބަޖެޓު ސާޕްލަސް 1.3 ބިލިއަން ރުފިޔާގައި ހިފެހެއްޓިފައިވާ ކަން ދައުލަތުގެ މާލީ ހިސާބުތަކުން ދައްކަ އެވެ.
އާމްދަނީ އިތުރު، ބަޖެޓު ސާޕްލަސް 4 މަހާ ގާތަށް
އާމްދަނީ ދަށަސް، ހަރަދު ކުޑަކޮށްގެން 1.4 ބިލިއަނުން ސާޕްލަސްގައި
"އިގުތިސާދީ އިސްލާހީ ފިޔަވަޅުތައް ތަންފީޒު ކުރާނެ"
5 ބިލިއަންގެ ދަރަނި ދެއްކިޔަސް، ބަޖެޓު ސާޕްލަސްގައި!
އަހަރުގެ ބަޖެޓު 3.4 ބިލިއަން ރުފިޔާގެ ސާޕްލަސްގައި
މޫޑީސް އިން ރާއްޖޭގެ ރޭޓިން ދަމަހައްޓައިފި
ފިޔަވަޅުތަކުގެ ނަތީޖާ ރަނގަޅު، ހަރަދު ކުޑަވެއްޖެ
ސަބްސިޑީ ދޭން ކުރި ހޭދަ 21 ޕަސެންޓު ދަށް
ސަބްސިޑީ ހޭދަ ދަށް، އެކަމަކު އާސަންދަ ކުޑަނުވެ މައްޗަށް
އަހަރު ފެށުނުއިރު އާސަންދައަށް ކުރި ހޭދަ ކުޑައެއް ނުވި