ސަރުކާރުގެ އިގްތިސާދީ އިސްލާހީ އެޖެންޑާގެ ދަށުން ދައުލަތުގެ ބަޖެޓުގެ އިސްރާފުތައް ކުޑަކުރަން ފަށާފައިވާ މަސައްކަތުގެ ތެރެއިން، މި އަހަރުގެ މިހާތަނަށް ސަބްސިޑީގެ ހޭދަ ކުޑަވެފައިވިޔަސް، އާސަންދައަށް ކުރި ހަރަދު ކުޑަނުކުރެވި، އަދިވެސް އިތުރަމުންދާ ކަމަށް މާލީ ހިސާބުތަކުން ދައްކައިފި އެވެ.
ސަރުކާރުގެ އިގްތިސާދީ އިސްލާހީ އެޖެންޑާގެ ދަށުން ދައުލަތުގެ ބަޖެޓުގެ އިސްރާފުތައް ކުޑަކުރަން ފަށާފައިވާ މަސައްކަތުގެ ތެރެއިން، މި އަހަރުގެ މިހާތަނަށް ސަބްސިޑީގެ ހޭދަ ކުޑަވެފައިވިޔަސް، އާސަންދައަށް ކުރި ހަރަދު ކުޑަނުކުރެވި، އަދިވެސް އިތުރަމުންދާ ކަމަށް މާލީ ހިސާބުތަކުން ދައްކައިފި އެވެ.
ފިނޭންސް މިނިސްޓްރީން ކޮންމެ ހަފުތާއަކު އާންމުކުރާ މާލީ ހިސާބުތަކުން ދައްކާ ގޮތުން، މިދިޔަ ބުރާސްފަތި ދުވަހާ ހަމައަށް، ދައުލަތުން ދޭ އެކި ސަބްސިޑީތަކަށް 844.9 މިލިއަން ރުފިޔާ ވަނީ ހޭދަވެފަ އެވެ. މިއީ މިދިޔަ އަހަރުގެ މި މުއްދަތުގައި ހަރަދުވި 855.1 މިލިއަން ރުފިޔާއަށް ވުރެ 10.2 މިލިއަން ރުފިޔާގެ ދަށްވުމެކެވެ.
ސަބްސިޑީއަށް ކުރި ހޭދަ ކުޑަކޮށް ދަށްވެފައި ވިޔަސް، އާސަންދައަށް ކުރި ހޭދަ މި އަހަރުގެ މިހާތަނަށް ވަނީ އިތުރުވެފަ އެވެ.
މިގޮތުން، 10 އޭޕްރީލް އާ ހަމައަށް އާސަންދަ ދިނުމަށް، 665.9 މިލިއަން ރުފިޔާ ވަނީ ހޭދަކޮށްފަ އެވެ. މިއީ މިދިޔަ އަހަރުގެ މު މުއްދަތާ އަޅާބަލާއިރު، 179.2 މިލިއަން ރުފިޔާގެ އިތުރުވުމެކެވެ.
އާސަންދައިގެ ހޭދަ މަތިވެފައިވިޔަސް، ދައުލަތުގެ އިދާރީ ހިންގުމުގެ ހަރަދުތައް ސަރުކާރުން ވަނީ ވަރަށް ބޮޑަށް ކުޑަކޮށްފަ އެވެ.
އިދާރީ ހިންގުމަށް މި އަހަރުގެ މިހާތަނަށް ހޭދަވެފައިވާ 4.8 ބިލިއަން ރުފިޔާއަކީ މިދިޔަ އަހަރުގެ މި މުއްދަތާ އަޅާބަލާއިރު 600 މިލިއަން ރުފިޔާގެ ދަށްވުމެކެވެ.
އެއާ އެކު، މިދިޔަ އަހަރުގެ މި މުއްދަތުގައި 8.9 ބިލިއަން ރުފިޔާގައި ހުރި ރިކަރަންޓު ހަރަދު، މި އަހަރު ވަނީ 8.4 ބިލިއަން ރުފިޔާ އަށް ތިރިކޮށްފަ އެވެ.
މާލީ ހިސާބުތަކުން ދައްކާ ގޮތުން، މިދިޔަ ބުރާސްފަތި ދުވަހާ ހަމައަށް ދައުލަތުގެ އާމްދަނީ ގޮތުގައި 11.2 ބިލިއަން ރުފިޔާ ވަނީ ލިބިފަ އެވެ. މިއީ މިދިޔަ އަހަރުގެ މި މުއްދަތުގައި ލިބުނު އާމްދަނީ އަށް ވުރެ 500 މިލިއަނެއްހާ ރުފިޔާގެ އިތުރުވުމެކެވެ.
ރިކަރަންޓު ހަރަދުތަކުގެ އިތުރުން މި އަހަރުގެ މި މުއްދަތުގައި ސަރުކާރުން ކުރި ކެޕިޓަލް ހަރަދުތައް ވެސް ވަނީ ވަރަށް ބޮޑަށް ކުޑަވެފަ އެވެ.
މިދިޔަ އަހަރުގެ މި މުއްދަތުގައި ކެޕިޓަލް ހަރަދުތަކުގެ ގޮތުގައި ހުރި ގާތްގަނޑަކަށް ތިން ބިލިއަން ރުފިޔާގެ ހޭދަ، މި އަހަރުގެ އެހާތަނަށް ވަނީ 693 މިލިއަނަށް ދަށްވެފަ އެވެ.
ދައުލަތަށް އާމްދަނީ ލިބުނު ނިސްބަތަށް ވުރެ ހަރަދުތައް ކުޑަކޮށްފައިވާތީ މި މަހުގެ 10 އާ ހަމައަށް ދައުލަތުގެ ބަޖެޓު ވަނީ 3.4 ބިލިއަން ރުފިޔާ އިން އަރަނިވެފަ އެވެ.
ޕްރައިމަރީ ބެލެންސް 3.4 ބިލިއަން ރުފިޔާއަށް އިތުރުވި އިރު، އޯވަރޯލަ ބެލެންސް ވެސް ވަނީ 2.1 ބިލިއަން ރުފިޔާއަށް އަރަނިވެފަ އެވެ. އޯވަރޯލް ބެލެންސްގައި ދަރަނި އަދާކުރުމަށް ދާ ހަރަދު ހިމަނާނެ އެވެ. ދަރަނި އަދާކުރުމުގެ ހަރަދެއްގެ ގޮތުގައި 1.2 ބިލިއަން ރުފިޔާ ހޭދަކޮށްފައިވެ އެވެ.
މި އަހަރުގެ މިހާތަނަށް ދައުލަތުން ވަނީ 9.1 ބިލިއަން ރުފިޔާ ހަރަދުކޮށްފަ އެވެ. ހަރަދުގެ ގޮތުގައި އެ އަދަދު ހޭދަކުރި ނަމަވެސް، ބަޖެޓު ކޮންސަމްޕްޝަން ނުވަތަ، ހަރަދުގެ އިތުރަށް ދައުލަތުން ކުރާ ހޭދަތަކުގެ ގޮތުގައި އިތުރު ގާތްގަނޑަކަށް އިތުރު 3.1 ބިލިއަން ރުފިޔާ ހޭދަކޮށްފައިވެ އެވެ. އެއީ ލޯނު އަނބުރާ ދެއްކުމަށް 2.4 ބިލިއަން ރުފިޔާ އާއި އިންވެސްޓްމެންޓްގެ ގޮތުގައި 400 މިލިއަން ރުފިޔާ އާއި ލޯނުގެ ގޮތުގައި ދައުލަތުން ދޭ ފައިސާގެ ގޮތުގައި 300 މިލިއަން ރުފިޔާ ހޭދަކުރި އެވެ. ލޯނުގެ ގޮތުގައި ދައުލަތުން ފައިސާ ދޫކުރަނީ ސަރުކާރު ހިއްސާވާ ކުންފުނިތަކަށެވެ.
އަހަރު ފެށުނުއިރު އާސަންދައަށް ކުރި ހޭދަ ކުޑައެއް ނުވި
"އިގުތިސާދީ އިސްލާހީ ފިޔަވަޅުތައް ތަންފީޒު ކުރާނެ"
މޫޑީސް އިން ރާއްޖޭގެ ރޭޓިން ދަމަހައްޓައިފި
އާމްދަނީ އިތުރު، ބަޖެޓު ސާޕްލަސް 4 މަހާ ގާތަށް
އާމްދަނީ ދަށަސް، ހަރަދު ކުޑަކޮށްގެން 1.4 ބިލިއަނުން ސާޕްލަސްގައި
"ހަރަދު ފޫބައްދަން ސަޕްލިމެންޓްރީ ބަޖެޓެއް ހުށަހަޅާނެ"
އަންނަ އަހަރު ހަރަދުން 6.6 ބިލިއަން ސަލާމަތް ކުރަނީ
ސަބްސިޑީ ދޭން ކުރި ހޭދަ 21 ޕަސެންޓު ދަށް
ޕްލޭނާ އެއްގޮތަށް ރިފޯމް ގެނެވޭނެ ގޮތެއް ނެތް؟
އަހަރުގެ ބަޖެޓު 3.4 ބިލިއަން ރުފިޔާގެ ސާޕްލަސްގައި