ރާއްޖޭގެ މާލީ އަދި އިގުތިސާދީ ހާލަތު ރަނގަޅު ކުރުމަށް ސަރުކާރުން އަޅަން ފަށާފައިވާ އިސްލާހީ ފިޔަވަޅުތަކުގެ މައްޗަށް ބިނާކޮށް، ދުނިޔޭގެ އެންމެ ބޮޑު އެއް ކްރެޑިޓް ރޭޓިން އޭޖެންސީ، މޫޑީސް އިން ރާއްޖެއަށް ދީފައިވާ ކްރެޑިޓް ރޭޓިން ދަމަހައްޓައިފި އެވެ.
ރާއްޖޭގެ މާލީ އަދި އިގުތިސާދީ ހާލަތު ރަނގަޅު ކުރުމަށް ސަރުކާރުން އަޅަން ފަށާފައިވާ އިސްލާހީ ފިޔަވަޅުތަކުގެ މައްޗަށް ބިނާކޮށް، ދުނިޔޭގެ އެންމެ ބޮޑު އެއް ކްރެޑިޓް ރޭޓިން އޭޖެންސީ، މޫޑީސް އިން ރާއްޖެއަށް ދީފައިވާ ކްރެޑިޓް ރޭޓިން ދަމަހައްޓައިފި އެވެ.
މިދިޔަ ސްޕްޓެމްބަރު މަހު، މޫޑީސް އިން ރާއްޖޭގެ ރޭޓިން "ސީއޭއޭ2" އަށް ބަދަލުކޮށް، ރާއްޖޭގެ އައުޓްލުކް އޮތީ"ރިވިއު" އަށް ލައިފަ އެވެ. ރާއްޖޭގެ ރޭޓިން ރިވިއުގައި ބައިންދަން ނިންމީ، ރާއްޖެ އިން ބޭރު ދަރަނި އަދާކުރަން ޖެހޭ ހާލަތު ކުރިއަށް އޮތްތަނުގައި އިތުރަށް ގޯސްވާނެތީ ކަމަށް މޫޑީސް އިން އޭރު ބުންޏެވެ.
އެކަމަކު ރޭޓިން ރިވިއު ކުރި މުއްދަތަށް ފަހު، ރާއްޖޭގެ ރޭޓިން "ސީއޭއޭ2" ގައި ދަމަހައްޓަން ނިންމީ މޫޑީސް އިން ބުނި ގޮތުގައި، ރާއްޖޭގެ މާލީ ހާލަތު ކުރިއަށް ވުރެ ހަރުދަނާ ކުރުމަށް އަޅާފައިވާ މުހިންމު ފިޔަވަޅުތަކަަށް ރިއާޔަތްކޮށެވެ.
މަރުކަޒީ ބޭންކް އެމްއެމްއޭ އިން އަލަށް ތައާރަފުކުރި ބޭރު ފައިސާއާ ބެހޭ ގަވާއިދުތަކާއި އަދި ސަރުކާރުން ޓެކްސް އަށް ގެނައި އިސްލާހުތަކުން، ބޭރު ފައިސާގެ ރިޒާވް އިތުރުވުމުގެ ފުރުސަތު ބޮޑު ކަމަށް މޫޑީސް އިން މިއަދު ނެރުނު ބަޔާނުގައި ފާހަގަކުރި އެވެ.
ރޭޓިން ރިވިއު ކުރި މުއްދަތުގެ ތެރޭގައި، ރާއްޖެ އަށް ބޭރު ފައިސާ ހޯދުމުގައި ކާމިޔާބީތަކެއް ހާސިލުވެފައިވާ ކަމަށްވެސް މޫޑީސްގެ ބަޔާނުގައި ބުންޏެވެ.
އޭގެ ތެރޭގައި، މިދިޔަ ސެޕްޓެމްބަރު މަހު ރާއްޖެ އާއި އިންޑިއާއާ އެކު 400 މިލިއަން އެމެރިކާ ޑޮލަރާއި 30 ބިލިއަން އިންޑިއަން ރުޕީސްގެ ކަރަންސީ ސްވޮޕް އެއްބަސްވުމާއި ސަރުކާރުން ޓެކްސް ރޭޓުތަކަށް ގެނެސްފައިވާ ބަދަލުތައް ހިމެނެ އެވެ.
ހާއްސަކޮށް ޓެކްސް ރޭޓުތަކަށް ގެނައި ބަދަލު ތަންފީޒުވުމާ އެކު، ބޭރު ފައިސާގެ ރިޒާވް އިތުރުވާނެ ވެސް މޫޑީސް އިން ވަނީ އަންދާޒާކޮށްފަ އެވެ.
ނަމަވެސް، ކުރިއަށް އޮތް 12-18 މަސްދުވަހުގެ ތެރޭގައި ބޭރުގެ ދަރަނި އަދާކުރުމަށް ބޮޑު ހޭދައެއް ކުރަންޖެހޭނެ ކަމަށް ބެލެވޭއިރު، މޫޑީސް އިން ބުނި ގޮތުގައި، ބޭރު ފައިސާ ލިބުމަށް ހުރި ދަތިތައް އަދިވެސް ފިލައިގެނެއް ނުދެ އެވެ.
އަންނަ އަހަރު ދަރަނި ދައްކަން ގާތްގަނޑަކަށް 700 މިލިއަން ޑޮލަރު ހޭދަކުރަން ޖެހޭއިރު، ޖެހިގެން އަންނަ 2026 ވަނަ އަހަރު އެ އަދަދު އެއް ބިލިއަން އާ ގާތްކުރުމުގެ ކަންބޮޑުވުން މޫޑީސްގެ ބަޔާނުގައި ވަނީ ފާޅުކޮށްފަ އެވެ.
މޫޑީސް އިން ފާހަގަކޮށްފައިވާ ގޮތުގައި، މިހާރު ދީފައިވާ ކްރެޑިޓް ރޭޓިން، ދަށްކުރުން ނުވަތަ މަތިކުރުން ބިނާވާނީ ސަރުކާރަށް ބޭރު ފައިސާއިން ފައިނޭންސިން ހޯދޭ މިންވަރަށާއި އަންނަ އަހަރަށް ރައްޔިތުންގެ މަޖިލީހުން ފާސްކޮށްފައިވާ ބަޖެޓުގައި ސަރުކާރުން ކަނޑައަޅާފައިވާ އިސްލާހީ ފިޔަވަޅުތައް ކާމިޔާބުކަމާ އެކު ތަންފީޒުކުރުމުގެ މައްޗަށެވެ.
ފިނޭންސް މިނިސްޓްރީން އާންމުކޮށްފައިވާ މާލީ ހިސާބުތަކުން ދައްކާ ގޮތުގައި، މި އަހަރު ނިމޭ އިރު ޖުމްލަ ދަރަނި 139 ބިލިއަން ރުފިޔާ އަށް އަރާނެ އެވެ. އެ އަދަދު 150 ބިލިއަން ރުފިޔާ އަށް އަރާނެ ކަމަށް އަންނަ އަހަރުގެ ބަޖެޓުގައި ލަފާކޮށްފައި ވެ އެވެ. އެއީ ޖީޑީޕީގެ ނިސްބަތުން 124 ޕަސެންޓެވެ.
އެކަމުން އަރައިގަތުމަށް، މޫޑީސް އިން ވެސް ފާހަގަކޮށްފައިވާ ފަދައިން ސަރުކާރުން ވަނީ ދައުލަތުގެ ހަރަދުން ވަމުންދާ އިސްރާފުތައް ކުޑަކުރުމާ އެކު، އާމްދަނީ އިތުރުކުރުމުގެ ފިޔަވަޅުތަކެއް އަޅަން ފަށައިފަ އެވެ.
އޭގެ ތެރޭގައި ޓެކްސް އާއި ފީތަކުން ލިބޭ އާމްދަނީ އިތުރު ކުރުމަށް މުހިއްމު ހަތް ކަމެއް ކުރަން ކަނޑައަޅާފައިވެ އެވެ. ފިނޭންސް މިނިސްޓްރީގެ ލަފާ ކުރަނީ، އެ ކަންކަމުން ގާތްގަނޑަކަށް 4.5 ބިލިއަން ރުފިޔާގެ އާމްދަނީއަށް އިތުރަށް ހޯދޭނެ ކަމަށެވެ.
"އިގުތިސާދީ އިސްލާހީ ފިޔަވަޅުތައް ތަންފީޒު ކުރާނެ"
އާމްދަނީ އިތުރު، ބަޖެޓު ސާޕްލަސް 4 މަހާ ގާތަށް
ސަބްސިޑީ ހޭދަ ދަށް، އެކަމަކު އާސަންދަ ކުޑަނުވެ މައްޗަށް
އާމްދަނީ ދަށަސް، ހަރަދު ކުޑަކޮށްގެން 1.4 ބިލިއަނުން ސާޕްލަސްގައި
ރޭޓިން ދަށްކުރިޔަސް ދަރަނި ދެއްކޭނެކަމުގެ ޔަގީންކަން
ޕްލޭނާ އެއްގޮތަށް ރިފޯމް ގެނެވޭނެ ގޮތެއް ނެތް؟
އަހަރުގެ ބަޖެޓު 3.4 ބިލިއަން ރުފިޔާގެ ސާޕްލަސްގައި
އަހަރު ފެށުނުއިރު އާސަންދައަށް ކުރި ހޭދަ ކުޑައެއް ނުވި
އިސްލާހީ ފިޔަވަޅުތައް ތަންފީޒުކުރަން ވަގުތު ކުޑަތަންވަނީ
"ހަރަދު ފޫބައްދަން ސަޕްލިމެންޓްރީ ބަޖެޓެއް ހުށަހަޅާނެ"