12 ސެޕްޓެމްބަރ 2024
ދުނިޔޭގެ އެންމެ ބޮޑު އެއް ކްރެޑިޓް ރޭޓިން އޭޖެންސީ، މޫޑީސް އިން މިފަހަރު ރާއްޖޭގެ ރޭޓިން "ސީއޭއޭ2" އަށް ބަދަލުކޮށްފައި ވިޔަސް، ރާއްޖޭން ދައްކަންޖެހޭ ދަރަނިތައް ދެއްކޭނެ ކަމުގެ ޔަގީންކަން، މަރުކަޒީ ބޭންކް، އެމްއެމްއޭ އިން އަނެއްކާވެސް ދީފި އެވެ.
ދުނިޔޭގެ އެންމެ ބޮޑު އެއް ކްރެޑިޓް ރޭޓިން އޭޖެންސީ، މޫޑީސް އިން މިފަހަރު ރާއްޖޭގެ ރޭޓިން "ސީއޭއޭ2" އަށް ބަދަލުކޮށްފައި ވިޔަސް، ރާއްޖޭން ދައްކަންޖެހޭ ދަރަނިތައް ދެއްކޭނެ ކަމުގެ ޔަގީންކަން، މަރުކަޒީ ބޭންކް، އެމްއެމްއޭ އިން އަނެއްކާވެސް ދީފި އެވެ.
މޫޑީސް އިން އިއްޔެ ވަނީ ރާއްޖެ ކުރިން އޮތް "ސީއޭއޭ1" އިން އެއް ދަރަޖަ ދަށްކޮށް، ރާއްޖޭގެ އައުޓްލުކް "ރިވިއު" އަށް ލާފަ އެވެ. ރާއްޖޭގެ ރޭޓިން ރިވިއުގައި ބައިންދަން ނިންމީ، ރާއްޖެއިން ބޭރު ދަރަނި އަދާކުރަން ޖެހޭ ހާލަތު ކުރިއަށް އޮތްތަނުގައި އިތުރަށް ގޯސްވާނެތީ ކަމަށް މޫޑީސް އިން ބުންޏެވެ.
އެކަމާ ގުޅިގެން އެމްއެމްއޭ އިން ނެރުނު ބަޔާނެއްގައި ބުނީ، ރާއްޖޭގެ ގައުމީ އުފެއްދުންތެރިކަން 4.9 ޕަސެންޓު މި އަހަރު ކުރިއަރާނެ ކަމަށް ލަފާކުރެވޭ އިރު، އަންނަ އަހަރު އެ ނިސްބަތް 6.5 ޕަސެންޓަށް އިތުރުވާނެ ކަމަށެވެ.
"މީގެ މައިގަނޑު އެއް ސަބަބަކީ މި އަހަރު ފަހުކޮޅު ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓްގެ އާ ޓާމިނަލް ހުޅުވި، ރާއްޖެއަށް ޒިޔާރަތްކުރާ ފަތުރުވެރިން އިތުރުވެ، މި ސިނާއަތް ކުރިއަރާނެ ކަމަށް ލަފާކުރެވުމެވެ،" އެ ބަޔާނުގައި ބުންޏެވެ.
މަރުކަޒީ ބޭންކުން ބުނީ، ރާއްޖޭގެ ރަސްމީ ރިޒާވާއި ބޭނުންކުރެވޭ ރިޒާވް ވެސް މިދިޔަ މަސް ނިމުނުއިރު އިތުރުވެފައިވާ ކަމަށެވެ. އެއާ އެކު، ބޭނުންކުރެވޭ ރިޒާވާއި ސޮވެރިން ޑިވެލޮޕްމަންޓް ހިމަނައިގެން ރާއްޖޭގެ ރަސްމީ ރިޒާވް، ދައުލަތުގެ މި އަހަރުގެ ބަޖެޓުގައި ލަފާކޮށްފައިވާ 606 މިލިއަން ޑޮލަރަށް ވުރެ އިތުރުވާނެ ކަމަށް އަންދާޒާކުރެވޭ ކަމަށް އެ ބަޔާނުގައި ބުންޏެވެ.
މޫޑީސް އިން ދަރަނި ދެއްކުމުގެ ގާބިލް ކަމާ މެދު ސުވާލު އުފައްދާފައިވިޔަސް، އެމްއެމްއޭ އިން ވަނީ ރާއްޖޭން ނަގާފައިވާ ބޮންޑަށް އަންނަ މަހު ދައްކަންޖެހޭ ޕޭމެންޓް ދައްކާނެ ކަމުގެ ޔަގީންކަން ދީފަ އެވެ.
"އަދި އެމްއެމްއޭ އާއި ސަރުކާރުގެ ކަމާގުޅޭ ހުރިހާ ވުޒާރާތަކާ ގުޅިގެން ރާއްޖޭން ދައްކަންޖެހޭ ދަރަނި ކުރިއަށް އޮތްތަނުގައި ވެސް ދެއްކޭނެ ކަމުގެ ފުރިހަމަ ޔަގީންކަން އެބައޮތެވެ،" އެ ބަޔާނުގައި ބުންޏެވެ.
މޫޑީސްގެ ރިޕޯޓުގައި، ކުރީގެ ސަރުކާރުން ފައިސާ ޗާޕްކުރުމުގެ ސަބަބުން ބޭންކިން ނިޒާމުގައި ސާޕްލަސް ލިކުއިޑިޓީ އިތުރުވެފައިވާކަމަށް ފާހަގަކޮށްފައިވާއިރު، ސާޕްލަސް ލިކުއިޑިޓީ ހުރީ އެވްރެޖްކޮށް 6.7 ބިލިއަން ރުފިޔާގައި ކަމަށް މަރުކަޒީ ބޭންކުން ބުންޏެވެ.
އަދި އެކަމުގެ ސަބަބުން، މީގެ ސަބަބުން ދިވެހި ރުފިޔާގެ އަގު ހިފެެހެއްޓުމަށްޓަކައި، އިތުރުވެފައިވާ ފައިސާ ބޭންކިން ނިޒާމުން ނެގުމަށް އޮޕަން މާކެޓް އޮޕަރޭޝަން މިއަހަރު ފެށިގެންދާނެ ކަމަށް އެމްއެމްއޭ އިން ވަނީ ހާމަކޮށްފަ އެވެ.
މޫޑީސް އިން ރާއްޖޭގެ ކްރެޑިޓް ރޭޓިން ރިވިއުކުރާ މުދައްތުގައި ބޭރުން ފައިނޭންސިން ހޯދޭތޯ ބަލާނެ އެވެ. ފައިނޭންސިން ލިބިއްޖެނަމަ، ދަރަނި ދެއްކުމަށް ހުރި ދަތިތައް ހައްލުވުމުގެ އިތުރުން، ސަރުކާރުން އަޅަން ނިންމާފައިވާ އިސްލާހީ ފިޔަވަޅުތައް ވެސް އެޅުމަށް ވަގުތު ލިބޭނެ ކަމަށް މޫޑީސްގެ ރިޕޯޓުގައިވެ އެވެ.
މޫޑިސްގައި ރާއްޖޭގެ ރޭޓިން ދަށްކޮށްފައިވާއިރު، ފިޗްގެ ރޭޓިންގައި މިދިޔަ މަހު ރާއްޖޭގެ ރޭޓިން ސީސީސީ އިން ސީސީއަށް ވަނީ ދަށްކޮށްފަ އެވެ.
ސަރުކާރުން މީގެ ކުރިން ބުނެފައިވަނީ ރޭޓިން އޭޖެންސީތަކުން ފާހަގަކޮށްފައިވާ ކަންކަން އިސްލާހު ކުރަން ސަރުކާރުން ފިޔަވަޅުތައް އަޅާނެ ކަމަށެވެ. ދާދިފަހުން ވަނީ ކުންފުނިތަކުގެ ހަރަދުތައް ކުޑަ ކުރުމަށްޓަކައި ބައެއް ކުންފުނިތައް އެއްކޮށްލާއި އަދި އެހެން ބައެއް ކުންފުނިތައް އުވާލަން ވެސް ނިންމައިފަ އެވެ.
"އިގުތިސާދީ އިސްލާހީ ފިޔަވަޅުތައް ތަންފީޒު ކުރާނެ"
މޫޑީސް އިން ރާއްޖޭގެ ރޭޓިން ދަމަހައްޓައިފި
ފިޗް އިން ރާއްޖެއަށް ދިނީ "ސީސީ" ރޭޓިން އެއް
އިސްލާހީ އެޖެންޑާއިން ރޭޓިން މަތިވުމުގެ ފުރުސަތު ބޮޑު
މޫޑީސް އިން ރާއްޖެއަށް ދިނީ "ސީއޭއޭ2" ރޭޓިންއެއް
ފިޔަވަޅުތަކުގެ ނަތީޖާ ރަނގަޅު، ހަރަދު ކުޑަވެއްޖެ
"ހަރަދު ކުޑަކުރުމުގެ ހެޔޮ އަސަރު ދަނީ ކުރަމުން"
މާލިއްޔަތު ރަނގަޅަސް ގޮންޖެހުން ބޮޑު!
ދޮގު ވާހަކަ ފަތުރަނީ ރިފޯމް އެޖެންޑާއަށް ހުރަސްއަޅަން
އަންނަ އަހަރުގެ ބަޖެޓް 50 ބިލިއަނަށް އަރާފާނެ