އިންޑިއާގެ ރިޒާވް ބޭންކް އޮފް އިންޑިއާ (އާރްބީއައި) އާ އެކު ހަދާފައިވާ އެގްރީމެންޓްގެ ދަށުން ލިބިފައިވާ 30 ބިލިއަން ރުޕީސް (343 މިލިއަން ޑޮލަރު) ގެ ކަރެންސީ ސްވޮޕް ފެސިލިޓީ ވެސް ބޭނުންކުރަން މަރުކަޒީ ބޭންކް، އެމްއެމްއޭ އިން ނިންމައިފި އެވެ.
10 އޯގަސްޓް 2025
އިންޑިއާގެ ރިޒާވް ބޭންކް އޮފް އިންޑިއާ (އާރްބީއައި) އާ އެކު ހަދާފައިވާ އެގްރީމެންޓްގެ ދަށުން ލިބިފައިވާ 30 ބިލިއަން ރުޕީސް (343 މިލިއަން ޑޮލަރު) ގެ ކަރެންސީ ސްވޮޕް ފެސިލިޓީ ވެސް ބޭނުންކުރަން މަރުކަޒީ ބޭންކް، އެމްއެމްއޭ އިން ނިންމައިފި އެވެ.
އެމްއެމްއޭ އިން ބުނީ، 30 ބިލިއަން ރުފީސްގެ ފެސިލިޓީ ބޭނުން ކުރަން ފަށާނީ މި އަހަރުގެ ފަހުކޮޅު ކަމަށެވެ. އެކަމާ ގުޅޭ ގޮތުން ވާން ޖެހޭ އިދާރީ ތައްޔާރީތައް އެ ބޭންކުން އަންނަނީ ވަމުންނެވެ.
އެ ފެސިލިޓީ ހަމަޖައްސާފައިވަނީ މިދިޔަ އަހަރުގެ އޮކްޓޫބަރު މަހު ރައީސް ޑރ މުހައްމަދު މުއިއްޒު އިންޑިއާއަށް ކުރެއްވި ދަތުރުފުޅުގަ އެވެ.
އެ ދަތުރުފުޅުގައި އިންޑިއާ އިން ވަނީ ކަރެންސީ ސްވޮޕްގެ 400 މިލިއަން ޑޮލަރުގެ ފެސިލިޓީ ވެސް އާކޮށްދީފަ އެވެ.
އެ ފެސިލިޓީ ނެގީ މިދިޔަ އަހަރުގެ އޮކްޓޫބަރު މަހު އެވެ. އެ އަށް ފަހު، އޭގެ މުއްދަތު ދެ ފަހަރެއްގެ މަތިން އިތުރު ކޮށްފައިވެ އެވެ.
އާ ފެސިލިޓީ ނަގަނީ، ކުރިން ނެގި 400 މިލިއަން ޑޮލަރުގެ ފެސިލިޓީ ހަމަވުމުންނެވެ.
މިދިޔަ އަހަރަކީ ރާއްޖޭގެ ފަހުގެ ތާރީހުގައި ރިޒާވް އެންމެ ބޮޑަށް ދަށްވި އެއް އަހަރެވެ. ރިޒާވް ދަށްވަނީ، ސަރުކާރުން ތެލާއި އެހެނިހެން ހަރަދުތައް ހަމަޖެއްސުމުގެ އިތުރުން ދަރަނި އަދާކުރަން ޖެހޭ އަދަދު އިތުރުވުމުންނެވެ. މި އަހަރުގެ މިހާތަނަށް ދަރަނި އަދާކުރުމަށް ރިޒާވުން 213 މިލިއަން ޑޮލަރު (3.3 ބިލިއަން ރުފިޔާ) ބޭނުންކޮށްފައިވެ އެވެ. ތެލާއި ކާޑާއި ބޭހާއި މެޑިކަލް ސާމާނު އެތެރެކުރުމަށް އެސްޓީއޯ އަށް ރިޒާވުން 274 މިލިއަން ޑޮލަރު (4.2 ބިލިއަން ރުފިޔާ) ދީފައި ވެ އެވެ.
މިދިޔަ ޖޫން މަހުގެ ރިޒާވްގައި ހުރީ 832 މިލިއަން ޑޮލަރެވެ. އެ މަހުގައި ޔޫޒަބަލް ރިޒާވްގެ އަދަދަކީ 202 މިލިއަން ޑޮލަރެވެ.
ރިޒާވްގެ ހާލަތު ރަނގަޅު ކުރުމަށްޓަކައި އެމްއެމްއޭ އިން ވަނީ ބޭރު ފައިސާއާ ބެހޭ ގާނޫނަށް ބަދަލުތައް ގެނެސް، ޑޮލަރު ބޭންކްތަކަށް ޖަމާކުރާ އަދަދު އިތުރު ކޮށްފަ އެވެ. ބޭންކުތަކުން އެމްއެމްއޭއަށް ވިއްކަންޖެހޭ އަދަދުގެ ގޮތުގައި ޖުލައި މަހުގެ ނިޔަލަށް 247.2 މިލިއަން ޑޮލަރު ލިބުނު ކަމަށް އެމްއެމްއޭ އިން ބުންޏެވެ.
ދަރަނި އަދާކުރުމަށް ރިޒާވުން 213 މިލިއަން ޑޮލަރު
ދައުލަތުގެ ރިޒާވް ހަތަރު ޕަސެންޓު ދަށަށް
ޔޫޒަބަލް ރިޒާވް 179 މިލިއަން ޑޮލަރަށް އިތުރުވެއްޖެ
ރިސޯޓުތަކުން ޑޮލަރު މާރުކުރުމުގެ ހެޔޮ އަސަރު ރިޒާވަށް
މޫޑީސް އިން ރާއްޖޭގެ ރޭޓިން ދަމަހައްޓައިފި
400 މިލިއަން ޑޮލަރުގެ ކަރެންސީ ސްވޮޕް ނަގައިފި
މިދިޔަ މަސް ނިމުނުއިރު ރިޒާވްގައި 49 މިލިއަން ޑޮލަރު
އަހަރަކު 750 މިލިއަން ބޭންކުތަކަށް މާރުކުރަން ޖެހޭ!
ރޭޓިން ދަށްކުރިޔަސް ދަރަނި ދެއްކޭނެކަމުގެ ޔަގީންކަން
ޖުމްލަ ރިޒާވް 11 ޕަސެންޓަށް އިތުރުވެއްޖެ