މިދިޔަ މަސް ނިމުނު އިރު ރާއްޖޭގެ ޔޫޒަބަލް ރިޒާވް އޭގެ ކުރީ މަހަށް ވުރެ ހަތަރު ޕަސެންޓު ދަށަށް ހިނގައްޖެ އެވެ.
13 އެޕްރީލް 2025
މިދިޔަ މަސް ނިމުނު އިރު ރާއްޖޭގެ ޔޫޒަބަލް ރިޒާވް އޭގެ ކުރީ މަހަށް ވުރެ ހަތަރު ޕަސެންޓު ދަށަށް ހިނގައްޖެ އެވެ.
މަރުކަޒީ ބޭންކް، އެމްއެމްއޭ އިން އާންމުކޮށްފައިވާ ހިސާބުތައް ދައްކާ ގޮތުން، މިދިޔަ މާޗު މަސް ނިމުނު އިރު ޔޫޒަބަލް ރިޒާވްގައި ހުރީ 163 މިލިއަން ޑޮލަރެވެ. މިދިޔަ ފެބްރުއަރީ މަހު ޔޫޒަބަލް ރިޒާވްގައި ހުރީ 179 މިލިއަން ޑޮލަރެވެ.
ޔޫޒަބަލް ރިޒާވްގެ އިތުރުން ރަސްމީ ރިޒާވް ވެސް ވަނީ ގާތްގަނޑަކަށް ފަސް ޕަސެންޓު ދަށަށް ވެއްޓިފަ އެވެ. މާޗް މަހުގައި ރަސްމީ ރިޒާވްގައި ހުރީ 790 މިލިއަން ޑޮލަރެވެ. އެއީ ފެބްރުއަރީ މަހަށް ވުރެ ގާތްގަނޑަކަށް 40 މިލިއަން ދަށް އަދަދެކެވެ. އެ މަހުގެ ރަސްމީ ރިޒާވް ގައި 832 މިލިއަން ޑޮލަރު ހުއްޓެވެ.
ރާއްޖޭގެ ރިޒާވް ވަރަށް ބޮޑަށް ވެއްޓުމަށް ފަހު، ރަނގަޅުވާން ފެށީ އިންޑިއާގެ ރިޒާވް ބޭންކުން ނެގި 400 މިލިއަން ޑޮލަރުގެ ކަރެންސީ ސްވޮޕް ބޭނުން ކުރަން ފެށުމުންނެވެ. ކަރެންސީ ސްވޮޕުން ލިބުނު ފައިސާގެ ތެރެއިން 120 މިލިއަން ޑޮލަރު އިންވެސްޓް ކުރީ ރާއްޖޭގެ ބޭންކުތަކަށެވެ. މިއީ ކަރެންސީ ސްވޮޕް ފެސިލިޓީ އެގޮތަށް ބޭނުން ކުރި ފުރަތަމަ ފަހަރެވެ. މީގެ ކުރިން އެ ފައިސާ ބަހައްޓަނީ ބޭރުގެ ބޭންކެއްގަ އެވެ. ކަރެންސީ ސްވޮޕާ އެކު، މިދިޔަ ތިން މަހުގެ ރިޒާވް ވެސް ވަނީ 700 މިލިއަން ޑޮލަރަށް ވުރެ މަތީގަ އެވެ.
މިދިޔަ އަހަރުގެ ޑިސެމްބަރު މަސް ނިމުނުއިރު ޖުމްލަ ރިޒާވްގައި ހުރީ 673 މިލިއަން ޑޮލަރެވެ. މިދިޔަ އަހަރަކީ ފަހުގެ ތާރީހެއްގައި ޔޫޒަބަލް ރިޒާވް އެންމެ ބޮޑަށް އަޑިއަޅާލި އަހަރެވެ. އެ އަހަރު އެވްރެޖުކޮށް ޔޫޒަބަލް ރިޒާވް ހުރީ 75 މިލިއަން ޑޮލަރުގަ އެވެ. އެއީ 2023 ވަނަ އަހަރަށް ވުރެ 46 ޕަސެންޓް އިތުރު އަދަދެކެވެ.
ޔޫޒަބަލް ރިޒާވް 179 މިލިއަން ޑޮލަރަށް އިތުރުވެއްޖެ
ރިސޯޓުތަކުން ޑޮލަރު މާރުކުރުމުގެ ހެޔޮ އަސަރު ރިޒާވަށް
މިދިޔަ މަސް ނިމުނުއިރު ރިޒާވްގައި 49 މިލިއަން ޑޮލަރު
އަހަރަކު 750 މިލިއަން ބޭންކުތަކަށް މާރުކުރަން ޖެހޭ!
ޖުމްލަ ރިޒާވް 11 ޕަސެންޓަށް އިތުރުވެއްޖެ
އިސްލާހީ ފިޔަވަޅު ލަސްވާ ކޮންމެ ދުވަހަކީ ގެއްލުމެއް!
"ރިޒާވް ހުރީ 45 މިލިއަންގައި، މިމަހު ރަނގަޅުވާނެ"
ޖުމުލަ ރިޒާވް 21 ޕަސެންޓަށް ދަށްވެއްޖެ
ޔޫޒަބަލް ރިޒާވްގައި 114 މިލިއަން ޑޮލަރު
އަޅާނުލައި ތިއްބާ ޑޮލަރުގެ އަގު 17ރ.ގައި ހަރުލައިފި