Roadha Mihaaru
"ރިޒާވް ހުރީ 45 މިލިއަންގައި، މިމަހު ރަނގަޅުވާނެ"

މިދިޔަ މަހުގެ ރިޒާވްގައި ހުރީ 45 މިލިއަން ޑޮލަރު، ގަވަރުނަރު ލަފާކުރައްވަނީ މި މަހު ރަނގަޅުވާނެ ކަަމަށް

18 އޯގަސްޓް 2024

މިދިޔަ ޖުލައި މަސް ނިމުނުއިރު، ބޭނުންކުރެވޭ ރިޒާވްގައި ހުރީ 45 މިލިއަން ޑޮލަރު ކަމަށާއި އެކަމަކު މާލީ ހާލަތު ރަނގަޅު ކުރުމަށް ކުރި މަސައްކަތްތަކުގެ ނަތީޖާއެއްގެ ގޮތުން މި މަހުގައި ރިޒާވް އެ އަށް ވުރެ ރަނގަޅުވާނެ ކަމަށް ލަފާކުރައްވާ ކަމަށް ގަވަރުނަރު އަހުމަދު މުނައްވަރު މިއަދު ވިދާޅުވެއްޖެ އެވެ.

ފާތިމަތު ޝަނާ މުހައްމަދު ފާތިމަތު ޝަނާ މުހައްމަދު

މިދިޔަ ޖުލައި މަސް ނިމުނުއިރު، ބޭނުންކުރެވޭ ރިޒާވްގައި ހުރީ 45 މިލިއަން ޑޮލަރު ކަމަށާއި އެކަމަކު މާލީ ހާލަތު ރަނގަޅު ކުރުމަށް ކުރި މަސައްކަތްތަކުގެ ނަތީޖާއެއްގެ ގޮތުން މި މަހުގައި ރިޒާވް އެ އަށް ވުރެ ރަނގަޅުވާނެ ކަމަށް ލަފާކުރައްވާ ކަމަށް ގަވަރުނަރު އަހުމަދު މުނައްވަރު މިއަދު ވިދާޅުވެއްޖެ އެވެ.

ރިޒާވް ދަށްވަމުން ދިއުމާ ގުޅޭ ގޮތުން "މިހާރު" އަށް މުނައްވަރު ވިދާޅުވީ، ކޮވިޑް 19 ގެ ސަބަބުން ކުރިމަތިވި އިގްތިސާދީ ގޮންޖެހުންތަކާ ގުޅިގެން އެމްއެމްއޭ އާއި ފިނޭންސް މިނިސްޓްރީއާ އެކު 2019 ވަނަ އަހަރު ވި އެއްބަސްވުމެއްގެ ދަށުން ސޮވަރިން ޑިވެލޮޕްމެންޓް ފަންޑު (އެސްޑީއެފް) އަށް ޖަމާކުރެވޭ ޑޮލަރު އެމްއެމްއޭ އަށް މާރުކުރުމަށް ފަހު، ބޭނުންކުރެވޭ ރިޒާވްގައި ހިމަނާފައިވާ ކަމަށެވެ. ނަމަވެސް މިދިޔަ އަހަރުގެ ޑިސެމްބަރު މަހުން ފެށިގެން އެކަން ހުއްޓާލީ ކަމަށް އޭނާ ވިދާޅުވި އެވެ.

"މިހާރު އެސްޑީއެފްގައި ބޭނުންކުރެވޭ ގޮތަށް 65 މިލިއަން ޑޮލަރު ހުރި ކަން ފާހަގަކުރަމެވެ. މި އަހަރުގެ ޖުލައި މަހު ޖުމްލަ ބޭނުންކުރެވޭ ރިޒާވް ހުރި އަދަދަކީ 45 މިލައަން ޑޮލަރެވެ. މި އަދަދު ހިސާބު ކުރުމުގައި އެސްޑީއެފްގައި ހުރި 65 މިލިއަން ޑޮލަރެއް ނުހިމެނެ އެވެ،" ލިޔުމުން ދެއްވި ޖަވާބުގައި ގަވަރުނަރު ވިދާޅުވި އެވެ.

"އެސްޑީއެފަށް ޖަމާކުރެވޭ ބޭރު ފައިސާގެ އަދަދު އިތުރުކުރުމަށް ސަރުކާރުން އަޅަން ނިންމާފައިވާ ފިޔަވަޅުތަކުގެ ސަބަބުން އެސްޑީއެފްގެ އަދަދު ކުރިން ލަފާކުރި އަދަދަށް ވުރެ އިތުރުވެގެން ދާނެ އެވެ،"

މިހާތަނަށް ކުރެވުނު މަސައްކަތުން މިފަދަ ސްވޮޕްލައިނަކުން ވަރަށް އަވަހަށް 400 މިލިއަން ޑޮލަރާ ހަމައަށް ފައިނޭންސް ހޯދުމުގެ ފުރުސަތު ލިބިގެންދާނެ ކަމަށް ބެލެވެ އެވެ،"--- ގަވަރުނަރު

ޔޫޒަބަލް ރިޒާވްގައި މިހާރު ހުރީ އެއް މަހުގެ އިމްޕޯޓަށްވާ އަދަދަށް ވުރެ ވެސް ދަށް އަދަދެކެވެ.

މުނައްވަރު ވިދާޅުވި ގޮތުގައި، ރާއްޖޭގެ ޓޫރިޒަމާ ގުޅިފައިވާ އިންޑަސްޓްރީތަކުން މި އަހަރުގެ ބާކީ އޮތް ދުވަސްތަކުގައި ކުރިން ލަފާކުރި ގޮތާ ހިލާފަށް އިތުރު ކުރިއެރުންތަކެއް ލިބޭނެ ކަމަށް އެމްއެމްއޭ އަށް އަންދާޒާ ކުރެވޭތީ މީގެ ހެޔޮ ބަދަލު ރިޒާވަށް އަންނާނެ އެވެ.

ގަވަރުނަރު ވިދާޅުވި ގޮތުގައި، ސަރުކާރާއި ސަރުކާރު ހިއްސާވާ ކުންފުނިތަކުގެ ބޭރު ފައިސާގެ މުއާމަލާތްތަކަށް ބޭނުންވާ ފައިނޭންސިން ބޭރުގެ އެކިއެކި ފަރާތްތަކުން ހޯދުމުގެ މަސައްކަތްތަކެއް އަންނަނީ ކުރަމުންނެވެ. ފޮރިން ކަރަންސީ ލިކިއުޑިޓީ އިތުރުކުރުމުގެ ގޮތުން މިދިޔަ އަހަރުތަކުގައި ވެސް އެމްއެމްއޭއިން ބޭނުންކޮށްފައިވާ ކަރަންސީ ސްވޮޕް އެރޭންޖްމެންޓްގެ ތެރެއިން ބޭރު ފައިސާ ހޯދޭނެ ގޮތްތަކަކަށް މަސައްކަތް ކުރާ ކަމަށް އޭނާ ވިދާޅުވި އެވެ.

ބޭނުން ކުރެވޭ ރިޒާވް 17.6 މިލިއަން ޑޮލަރަށް މިދިޔަ މަހު ދަށްވާނެ ކަމަށް އެމްއެމްއޭގެ ސިޓީއާ ހަވާލާދީ މީޑިއާގައި ބުނެފައިވީ ނަމަވެސް ގަވަރުނަރު ވިދާޅުވީ، 45 މިލިއަން ޑޮލަރު އެބަހުރި ކަމަށެވެ.

"މިހާތަނަށް ކުރެވުނު މަސައްކަތުން މިފަދަ ސްވޮޕްލައިނަކުން ވަރަށް އަވަހަށް 400 މިލިއަން ޑޮލަރާ ހަމައަށް ފައިނޭންސް ހޯދުމުގެ ފުރުސަތު ލިބިގެންދާނެ ކަމަށް ބެލެވެ އެވެ،" ކުރީގެ ފިނޭންސް މިނިސްޓަރު އަދި މިހާރުގެ ފިނޭންސް މިނިސްޓަރު ޑރ. މުހައްމަދު ޝަފީގުގެ އެޑްވައިޒަރުކަން ވެސް ކުރެއްވި މުނައްވަރު ވިދާޅުވި އެވެ.

ސްވޮޕް އެރޭންޖްމެންޓެއްގެ ދަށުން މިދިޔަ އަހަރު ވަނީ 100 މިލިއަން ޑޮލަރު ރިޒާވް އިތުރުކުރުމަށްޓަކައި ބޭނުންކޮށްފަ އެވެ.

ބޭނުންކުރެވޭ ރިޒާވާ ބެހޭ ގޮތުން ގަވަރުނަރު ވާހަކަ މި ދެއްކެވީ، އެ ރިޒާވް މި މަހު ހުސްވާނެ ކަމަށް ލަފާކޮށް އެމްއެމްއޭ އިން ފިނޭންސް މިނިސްޓްރީ އަށް ފޮނުވި ސިޓީއެއް މީޑިއާގައި އާންމުވެފައި ވަނިކޮށެވެ. އެ ސިޓީއާ ހަވާލާދީ، މީޑިއާތަކުން ބުނެފައި ވަނީ ބޭރު ފައިސާ އިން ލިބޭ އާމްދަނީ އެމްއެމްއޭ މެދުވެރިކޮށް މާރުކުރުމަށާއި ބޭރު ފައިސާ ހިފެހެއްޓުމުގެ ފިޔަވަޅު އަޅައި ދިނުމަށެވެ.

ބޭނުން ކުރެވޭ ރިޒާވް 17.6 މިލިއަން ޑޮލަރަށް މިދިޔަ މަހު ދަށްވާނެ ކަމަށް އެމްއެމްއޭގެ ސިޓީއާ ހަވާލާދީ މީޑިއާގައި ބުނެފައިވީ ނަމަވެސް ގަވަރުނަރު ވިދާޅުވީ، 45 މިލިއަން ޑޮލަރު އެބަހުރި ކަމަށެވެ.