މަރުކަޒީ ބޭންކު، އެމްއެމްއޭ އިން އޯޕަން މާކެޓް އޮޕަރޭޝަން (އޯއެމްއޯ) ފަށައި، އެ ތަނަށް 2.1 ބިލިއަން ރުފިޔާ ވައްދައިފި އެވެ.
07 އޯގަސްޓް 2025
މަރުކަޒީ ބޭންކު، އެމްއެމްއޭ އިން އޯޕަން މާކެޓް އޮޕަރޭޝަން (އޯއެމްއޯ) ފަށައި، އެ ތަނަށް 2.1 ބިލިއަން ރުފިޔާ ވައްދައިފި އެވެ.
އެމްއެމްއޭ އިން ބުނީ ދިވެހި ރުފިޔާގެ އެކްސްޗޭންޖް ރޭޓަށް ކުރަމުންދާ ނޭދެވޭ އަސަރު ކުޑަކުރުމަށްޓަކައި، ބޭންކިން ނިޒާމުގައި ދައުރުވާ ދިވެހި ރުފިޔާގެ ލިކުއިޑިޓީ މަދުކުރުމަށް، އޯއެމްއޯ ގެ ދަށުން ރިވާސް ރީޕަޗޭސް އޮޕަރޭޝަންސް މިދިޔަ މަހުގެ 23 ގައި ފަށާފައިވާ ކަމަށެވެ.
ރިވާސް ރީޕަޗޭސްގެ ފުރަތަމަ އޮޕަރޭޝަނުން ވަނީ ބޭންކިން ނިޒާމުގެ އެކްސެސް ލިކުއިޑިޓީގެ ތެރެއިން 2.1 ބިލިއަން ރުފިޔާ މަދުކޮށްފަ އެވެ. އެމްއެމްއޭ އިން ބުނީ، އަމާޒަކީ ދައުރުވާ ފައިސާ 2-3 ބިލިއަން ރުފިޔާއަށް ދަށްކުރުން ކަމަށެވެ.
އެމްއެމްއޭގެ ހިސާބުތައް ދައްކާ ގޮތުން އިގްތިސާދުގައި ދައުރުވާ ރުފިޔާގެ ލިކުއިޑިޓީ ވަނީ 2020 ވަނަ އަހަރުން ފެށިގެން 178 ޕަސެންޓަށް އިތުރުވެފަ އެވެ.
ބޭންކުތަކުން ޓީބިލާއި ޓީބޮންޑުގެ ގޮތުގައި އިންވެސްޓްކުރުމާއި ރުފިޔާއިން ދޫކުރާ ލޯނު އިތުރުވުމުގެ ސަބަބުން، މިދިޔަ އަހަރު ބޭންކިން ނިޒާމުގައި އިތުރަށް ހުރި ރުފިޔާގެ ލިކުއިޓީ ކޮންމެ ވެސް ވަރަކަށް ދަށަށް ދިޔަނަމަސް، މި އަހަރު އަނެއްކާ ވެސް ރުފިޔާގެ އެކްސެސް ލިކުޑިޓީ މައްޗަށްދާ ކަމަށް އެ އިދާރާއިން ބުންޏެވެ.
މި އަހަރުގެ ޖޫން މަހު ބޭންކިން ނިޒާމުގައި ރުފިޔާ ލިކިއުޑިޓީގެ ގޮތުގައި އެވްރެޖްކޮށް ހުރީ ހަތް ބިލިއަން ރުފިޔާ އެވެ. އެއީ، އަހަރުން އަހަރަށް ބަލާއިރު ދެ ޕަސެންޓު އިތުރު އަދަދެކެވެ.
އެމްއެމްއޭ. މި އަހަރުގެ ޖޫން މަހު ބޭންކިން ނިޒާމުގައި ރުފިޔާ ލިކިއުޑިޓީގެ ގޮތުގައި އެވްރެޖްކޮށް ހުރީ ހަތް ބިލިއަން ރުފިޔާ --- ފޮޓޯ: ނިޝާން އަލީ / މިހާރު
އެމްއެމްއޭގެ ހިސާބުތައް ދައްކާ ގޮތުން ސަރުކާރުން އެމްއެމްއޭ އަށް ދިގު މުއްދަތުގައި ދައްކާ ބޮންޑުގެ ގޮތުގައި 14 ބިލިއަން ރުފިޔާ އެބަހުއްޓެވެ. މިއީ ސަރުކާރުން އެކި ދުވަސްވަރު މަތިން މިގޮތަށް ޗާފުކޮށްފައި ފައިސާގެ އަދަދެވެ.
ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ސަރުކާރުން ފައިސާ ޗާޕު ކުރަން ފެށީ ކޮވިޑު ދުވަސް ދުވަރު ދިމާވި، ކޭޝް ފްލޯގެ ތާށިކަމަށް ވަގުތީ ހައްލެއް ހޯދުމުގެ ގޮތުންނެވެ. ނަމަވެސް، އެކަން ވަނީ 2023 ވަނަ އަހަރާ ހަމައަށް ކުރިއަށް ގެންގޮސްފަ އެވެ. ޕަބްލިކް ބޭންކް އެކައުންޓު (ޕީބީއޭ) އިން އޯވަޑްރޯ ކުރުމުގެ ސަބަބުން ބޭންކިން ނިޒާމުގައި ދައުރުވާ ފައިސާ އިތުރުވެ، ޑޮލަރަށް އިތުރު ޕްރެޝާތައް ކުރިމަތިވި އެވެ.
ދިވެހިރާއްޖޭގައި ސަބްސިޑީ އާއި ޓެކްސް އަދި ޓެރިފް ފަދަ ސަރުކާރުގެ އެކި ސިޔާސަތުތަކަށް ގެންނަ ބަދަލުތަކުގެ ސަބަބުން އިންފްލޭޝަނަށް ބޮޑު އަސަރެއް ކުރެ އެވެ،"--- އެމްއެމްއޭ
އެމްއެމްއޭ އިން ބުނީ އޭޕްރީލް 2020، ފެށިގެން ޕީބީއޭ އޯވަޑްރޯ ކުރަން ފެށުމާ އެކު ރުފިޔާގެ ޑިޕޮސިޓްތައް ވަރަށް ބޮޑުތަނުން އިތުރުވި ކަމަށެވެ.
"އަދި ރުފިޔާ ޑިޕޮސިޓްސް މިހާރުވެސް އިތުރުވަމުން ދާއިރު، 2025 ވަނަ އަހަރުގެ ޖޫން މަހުގެ ނިޔަލަށް މިފަދަ ޑިޕޮސިޓްސް ވަނީ އަހަރުން އަހަރަށް ބަލާއިރު 18 ޕަސެންޓަށް އިތުރުވެފަ އެވެ. އެހެންނަމަވެސް، 2022 ވަނަ އަހަރުން ފެށިގެން ބޭރު ފައިސާގެ ޑިޕޮސިޓްސް އިތުރުވާ މިންވަރު ވަނީ ވަރަށް ބޮޑަށް މަޑުޖެހިފަ އެވެ." އެމްއެމްއޭގެ ބަޔާނުގައިވެ އެވެ.
އެމްއެމްއޭއިން އެ މުއްދަތުގައި ބޭރު ފައިސާއިން ލޯނު ދޫކުރާ މިންވަރު ވަރަށް ބޮޑަށް ދަށަށް ދިޔަ ކަމަށެވެ. ރުފިޔާގެ ޑިޕޮސިޓާއި ލޯނު އަދި އެކްސެސް ލިކުއިޑިޓީ އިތުރުވުމާއި، ބޭރު ފައިސާގެ ޑިޕޮސިޓް އަދި ލޯނު ދޫކުރާ މިންވަރު މަޑުޖެހުމުގެ ސަބަބުން، އެކަމުގެ ނޭދެވޭ އަސަރު ދިވެހި ރުފިޔާގެ އެކްސްޗޭންޖު ރޭޓަށް ވެސް ކުރަމުން ދާ ކަމަށް އެމްއެމްއޭ އިން ބުންޏެވެ.
އެމްއެމްއޭ އިން ބުނިގޮތުގައި، އިމްޕޯޓަށް ބަރޯސާވެފައިވާ ގައުމަކަށް ވާއިރު ރާއްޖޭގެ ބާޒާރުގެ އަގުތައް ބޮޑަށް ބިނާ ވަނީ ބޭރުގެ ބާޒާރުގެ މުދަލާއި ހިދުމަތުގެ އަގުތަކަށް އަންނަ ކުއްލި ބަދަލުތަކާއި ދިވެހި ރުފިޔާގެ އެކްސްޗޭންޖް ރޭޓަށް އަންނަ ބަދަލުތަކަށެވެ.
"ދިވެހިރާއްޖޭގައި ސަބްސިޑީ އާއި ޓެކްސް އަދި ޓެރިފް ފަދަ ސަރުކާރުގެ އެކި ސިޔާސަތުތަކަށް ގެންނަ ބަދަލުތަކުގެ ސަބަބުން އިންފްލޭޝަނަށް ބޮޑު އަސަރެއް ކުރެ އެވެ. މޯލްޑިވްސް ބިއުރޯ އޮފް ސްޓެޓިސްޓިކްސް އިން ޝާއިއުކޮށްފައިވާ އެންމެ ފަހުގެ އިންފްލޭޝަން ހިސާބުތަކަށް ބަލާއިރު 2025 ވަނަ އަހަރުގެ ޖޫން މަހު ރާއްޖޭގެ އިންފްލޭޝަން ހުރީ 3.8 ޕަސެންޓުގަ އެވެ،" މަރުކަޒީ ބޭންކުން ލިޔުމުން ނެރުނު ބަޔާނުގައިވެ އެވެ. "އަދި ވޭތުވެ ދިޔަ ބާރަ މަސް ދުވަހުގެ އެވްރެޖް އިންފްލޭޝަން ރޭޓްގެ ހުރީ 3.6 ޕަސެންޓުގަ އެވެ."
އެމްއެމްއޭގެ އާ ގަވާއިދު: ތަންފީޒު ކުރެވޭނެ؟
"ޓޫރިޒަމް ދާއިރާގައި ރުފިޔާގެ ޑިމާންޑެއް އުފެއްދޭނެ"
"ރިޒާވް ހުރީ 45 މިލިއަންގައި، މިމަހު ރަނގަޅުވާނެ"
މާލީ ދާއިރާ ފުޅާކޮށް އެމްއެމްއޭ ޒަމާނީ ކުރުމާ ދިމާލަށް
"ބޭރު ފައިސާ ނުހިފެހެއްޓެނީ ބޭންކިން ދާއިރާ ކުޑަވީމަ"
ގަވަރުނަރު އަލީ ހާޝިމް ވަކިކޮށް، މަގާމަށް މުނައްވަރު
ޔޫޒަބަލް ރިޒާވުގައި ހުރީ 190 މިލިއަން ޑޮލަރު
30 ބިލިއަން ރުޕީސްގެ ކަރެންސީ ސްވޮޕް ބޭނުންކުރަނީ
ދަރަނި އަދާކުރުމަށް ރިޒާވުން 213 މިލިއަން ޑޮލަރު
ހުރިހާ ޑޮލަރެއް ބޭންކަށް މާރުނުކޮށް މިކަން ވާނެތަ؟