ރާއްޖޭގެ އިގުތިސާދު މަޑުމަޑުން ހަމައަކަށް އެޅެމުން އަންނާތީ ފާއިތުވި މަސްތަކުގައި ރާއްޖޭގެ ސުކޫކުގެ އަގު ވަރަށް ބޮޑަށް އިތުރުވެއްޖެ އެވެ.
ރާއްޖޭގެ އިގުތިސާދު މަޑުމަޑުން ހަމައަކަށް އެޅެމުން އަންނާތީ ފާއިތުވި މަސްތަކުގައި ރާއްޖޭގެ ސުކޫކުގެ އަގު ވަރަށް ބޮޑަށް އިތުރުވެއްޖެ އެވެ.
ބައިނަލްއަގުވާމީ ބާޒާރުގައި ރާއްޖޭގެ ސުކޫކުގެ އަގު މިދިޔަ އޭޕްރީލް މަހުގެ ކުރީކޮޅު ހުރީ 64.72 އެމެރިކާ ޑޮލަރުގަ އެވެ.
ނަމަވެސް ބައިނަލްއަގުވާމީ ބާޒަރުގައި ރާއްޖޭގެ އިގުތިސާދަށް އިތުބާރު ހުރި މިންވަރު ދައްކުވައިދޭ، ސުކޫކްގެ އަގު މިދިޔަ ހޯމަ ދުވަހުގެ ނިޔަލަށް ވަނީ 87.44 އެމެރިކާ ޑޮލަރަށް އުފުލިފަ އެވެ.
ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ސަރުކާރުން 2021 ވަނަ އަހަރު ވިއްކި 500 މިލިއަން ޑޮލަރު (7.7 ބިލިއަން ރުފިޔާ) ގެ ސުކޫކުގެ ކޫޕަން ޕޭމަންޓު ނުވަތަ އިންޓްރެސްޓަށް ވާ ފައިސާ މި ސަރުކާރުން އަންނަނީ ގަވާއިދުން ދައްކަމުން ކަމަށް ފިނޭންސް މިނިސްޓްރީން ބުންޏެވެ.
ސުކޫކުގެ ދަށުން ކޮންމެ އަހަރަކު ދެ ކޫޕަން ޕޭމެންޓު އިންވެސްޓަރުންނަށް ދައްކަން ޖެހޭއިރު، އެންމެ ފަހުން ކޫޕަން ޕޭމަންޓުގެ ގޮތުގައި 25 މިލިއަން ޑޮލަރު ދެއްކީ މިދިޔަ އޭޕްރީލް މަހު އެވެ. މި އަހަރުގެ ދެވަނަ ކޫޕަން ޕޭމަންޓު ދައްކަންޖެހޭނީ އަންނަ އޮކްޓޯބަރު މަހު އެވެ.
ކުރީގެ ސަރުކާރުން 9.875 ޕަސެންޓު އިންޓްރެސްޓް ރޭޓުގައި ނެގި ސުކޫކު ލިސްޓުކޮށްފައި ވަނީ އަބޫ ދާބީގެ ސްޓޮކް މާކެޓުގަ އެވެ.
ސްކޫކްގެ އަގު މައްޗަށް ދިއުމަކީ ސަރުކާރުގެ މާލީ ސިޔާސަތުތަކާއި ރާއްޖޭގެ އިގުތިސާދީ އަސާސްތައް ހަރުދަނާ ކުރުމަށް ގެންގުޅޭ އުސޫލު ދައްކައިދޭ ކަމެއް ކަމަށް ފިނޭންސް މިނިސްޓްރީން ބުންޏެވެ.
ސުކޫކު މެޗުއާވެ، ޖުމްލަ 500 މިލިއަން ޑޮލަރު ދައްކަން ޖެހޭނީ 2026 ގަ އެވެ. ބޭރުން ނަގާފައިވާ އެހެން ލޯނުތަކާ އެކު، އެ އަހަރު ދައުލަތުން އެއް ބިލިއަން ޑޮލަރުގެ ދަރަނި ދައްކަން ޖެހޭނެ އެވެ.
އެ ބުރަ ކުޑަކުރުމަށްޓަކައި، ދަރަނިތައް ރީފައިނޭންސިން ޕެކޭޖެއް ހަމަޖެއްސުމުގައި ދޭދޭ ގައުމުތަކާ އެކު ކުރަމުން އަންނަ މަޝްވަރާތަކުން ކުރިއެރުންތައް ލިބިފައިވާ ކަމަށް ސަރުކާރުން ވަނީ ބުނެފަ އެވެ.
"އިގުތިސާދީ އިސްލާހީ ފިޔަވަޅުތައް ތަންފީޒު ކުރާނެ"
އިސްލާހީ އެޖެންޑާއިން ރޭޓިން މަތިވުމުގެ ފުރުސަތު ބޮޑު
ސަބްސިޑީއަށް ކުރި ހޭދަ 650 މިލިއަނުން ކުޑަކޮށްފި
5 ބިލިއަންގެ ދަރަނި ދެއްކިޔަސް، ބަޖެޓު ސާޕްލަސްގައި!
ހަރަދު 23 ޕަސެންޓު ދަށް، އާމްދަނީ 6 ޕަސެންޓު އިތުރު
މޫޑީސްއިން ރާއްޖެއަށް ދިން ރޭޓިން ދަމަހައްޓައިފި
އާމްދަނީ އިތުރު، ބަޖެޓު ސާޕްލަސް 4 މަހާ ގާތަށް
އާމްދަނީ ދަށަސް، ހަރަދު ކުޑަކޮށްގެން 1.4 ބިލިއަނުން ސާޕްލަސްގައި
ލޯނު ނެގީ މުހިންމު މަޝްރޫއުތަކަށް: ފިނޭންސް
މިދިޔަ އަހަރު 334 މިލިއަން ޑޮލަރުގެ ލޯނު ނެގި!