19 ނޮވެމްބަރ 2024
އަންނަ އަހަރުގެ އޭޕްރީލް މަހު ސަބްސިޑީތަކަށް ގެންނަ ބަދަލާ ގުޅިގެން ތަކެތީގެ އަގު އުފުލޭނެ ކަމަށް ފިނޭންސް މިނިސްޓްރީން ލަފާކޮށްފި އެވެ.
އަންނަ އަހަރުގެ އޭޕްރީލް މަހު ސަބްސިޑީތަކަށް ގެންނަ ބަދަލާ ގުޅިގެން ތަކެތީގެ އަގު އުފުލޭނެ ކަމަށް ފިނޭންސް މިނިސްޓްރީން ލަފާކޮށްފި އެވެ.
އަންނަ އަހަރަށް ލަފާކޮށް ރައްޔިތުންގެ މަޖިލިހަށް ހުށަހަޅާފައިވާ ބަޖެޓުގައިވާ ގޮތުން އެ އަހަރު އިންފްލެޝަން ހުންނާނީ 3.9 ޕަސެންޓުގަ އެވެ. ފިނޭންސް މިނިސްޓްރީން ބުނީ، އެއީ ސިޔާސަތުތަކަށް ގެންނަ ބަދަލުތަކާ ގުޅިގެން އަންނަ ބަދަލެއް ކަމަށާއި އޭގެ ސަބަބުން އިންފްލޭޝަނަށް ކުރާ އަސަރު އަހަރަށް ދެމިގެންދާނެ ކަމަށް ލަފާކުރެވޭ ކަމަށެވެ.
މެދުރާސްތާގައި ތަކެތީގެ އަގުތައް ދުނިޔޭގެ ބާޒާރުގައި ދަށަށް ދާނެ ކަމަށް އައިއެމްއެފުން ލަފާކުރެ އެވެ. އެހެންވެ، ފިނޭންސް މިނިސްޓްރީން ވެސް ލަފާކުރަނީ މެދުރާސްތާގައި ރާއްޖޭގެ މުދަލާއި ހިދުމަތުގެ އަގުތައް ވެސް އުފުލޭ މިންވަރު މަޑު ޖެހޭނެ ކަމަށެވެ.
މި އަހަރު ރާއްޖޭގެ އިންފްލޭޝަން ހުރީ 0.8 ޕަސެންޓުގަ އެވެ. މިދިޔަ އަހަރު އިންފްލެޝަން ހުރީ 2.9 ޕަސެންޓުގަ އެވެ.
ރާއްޖޭގެ އިންފްލޭޝަން އާންމުކޮށް އެހާ ދަށްވެފައި ހުންނަނީ، ސަބްސިޑީ އާއި އެކި ހިދުމަތްތަކާއި މުދަލުގެ އަގު ކޮންޓްރޯލް ކޮށްފައި ހުންނާތީ އެވެ. ވަކިން ހާއްސަކޮށް ކަރަންޓުގެ އަގު ސަބްސިޑައިޒްކޮށް ވަކި އަގެއްގައި ފޯރުކޮށްދޭތީ، ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގަށް އަންނަ ބަދަލު ކަރަންޓުގެ އަގުން ނުފެެނެ އެވެ.
ސަބްސިޑީ ރިފޯމާ އެކު، ތަކެތީގެ އަގު އުފުލޭނެ ކަމަށް ލަފާކުރާ އިރު އަންނަ އަހަރުގެ އޭޕްރީލް މަހު ހަތަރު ސަބްސިޑީއެއް ޓާގެޓު ކުރުމަށް ވަނީ ނިންމައިފަ އެވެ. އެއާ އެކު ތެލާއި ކާޑާއި ކަރަންޓާއި ނަރުދަމާއަށް ދޭ ސަބްސިޑީ ދެން ލިބޭނީ އެންމެ ބޭނުން ޖެހިފައިވާ މީހުންނަށެވެ. އެ ސަބްސިޑީތައް ކޮންމެހެން ލިބެންޖެހޭ މީހުންނަށް ދިނުމަށްޓަކައި ބަޖެޓުގައި ވަނީ 900 މިލިއަން ރުފިޔާ ހިމަނައިފަ އެވެ.
ބަޖެޓް 2025: ގޮންޖެހުން ބޮޑު އަހަރަކަށް ވެދާނެ!
އިސްލާހީ ފިޔަވަޅުތައް ނާޅައިފިނަމަ ތިން ބިލިއަން އިތުރު
ބަޖެޓުގައި ޖެހި މަޝްރޫއުތަކުގެ ތަފްސީލު ނުދޭތީ ނުރުހުން
1.5ބިލިއަން ޑޮލަރުގެ ދަރަނި ލުއިކުރަން މަޝްވަރާކުރަނީ
ކުރިއަށް އޮތީ އިގްތިސާދުގައި ހަކަތަ އުފެދޭނެ އަހަރެއް
ސަބްސިޑީ ތިން ގުނަ ކުޑަކޮށް، ސީދާ މީހާއަށް
"އަމާޒަކީ ޖީޑީޕީ 10 ބިލިއަން ޑޮލަރަށް ގެންދިއުން"
ތަކެތީގެ އަގު އަނެއްކާ ވެސް ދަށަށް!
އަންނަ އަހަރު އިގްތިސާދު 4.4 ޕަސެންޓުގައި ކުރިއަރާނެ
"އިގުތިސާދީ އިސްލާހީ ފިޔަވަޅުތައް ތަންފީޒު ކުރާނެ"