16 ނޮވެމްބަރ 2024
ދައުލަތުގެ ހަރަދު ކުޑަކުރުމަށް އަންނަ އަހަރަށް ލަފާކުރާ ދައުލަތުގެ ބަޖެޓުގައި ހިމަނާފައިވާ ފިޔަވަޅުތައް ނާޅައިފި ނަމަ ބަޖެޓަށް ތިން ބިލިއަން ރުފިޔާ އިތުރުވާނެ ކަމަށް ފިނޭންސް މިނިސްޓްރީން ބުނެފި އެވެ.
ދައުލަތުގެ ހަރަދު ކުޑަކުރުމަށް އަންނަ އަހަރަށް ލަފާކުރާ ދައުލަތުގެ ބަޖެޓުގައި ހިމަނާފައިވާ ފިޔަވަޅުތައް ނާޅައިފި ނަމަ ބަޖެޓަށް ތިން ބިލިއަން ރުފިޔާ އިތުރުވާނެ ކަމަށް ފިނޭންސް މިނިސްޓްރީން ބުނެފި އެވެ.
އެ މިނިސްޓްރީން އާންމުކޮށްފައިވާ ބަޖެޓުގެ ތަފްސީލީ ރިޕޯޓުގައިވާ ގޮތުން، އެންމެ ބޭނުން ޖެހިފައިވާ މީހުންނަށް ސަބްސިޑީ ދިނުމުގެ އުސޫލަށް އަމަލު ނުކޮށްފި ނަމަ ސަބްސިޑީގެ ހޭދައަށް އަންނަ އަހަރު 2.1 ބިލިއަން ރުފިޔާ އިތުރުވާނެ އެވެ.
ބަޖެޓް ދިރާސާ ކުރުމުގެ މަސައްކަތްތައް ރައްޔިތުންގެ މަޖިލިހުން މިހާރު ކުރަމުން އަންނައިރު، އަންނަ އަހަރު ހަ ސަބްސިޑީއަކަށް 1.9 ބިލިއަން ރުފިޔާ ކަނޑައަޅާފައި ވެ އެވެ. އެހެންވެ، ރިފޯމު ފިޔަވަޅުތައް ނާޅާއިފި ނަމަ ސަބްސިޑީގެ ޖުމްލަ ހަރަދު ހަތަރު ބިލިއަން ރުފިޔާ އަށް އިތުރުވާނެ އެވެ.
އަންނަ އަހަރަށް ލަފާކޮށް ސަރުކާރުން ރައްޔިތުންގެ މަޖިލިހަށް ފޮނުވީ 56 ބިލިއަން ރުފިޔާގެ ބަޖެޓެކެވެ.
ފިނޭންސް މިނިސްޓްރީން ވަނީ މިހާރު އެއްހަމައަކުން ދޭ ހަތަރު ސަބްސިޑީއެއް ޓާގެޓުކޮށް އެންމެ ބޭނުން ޖެހިފައިވާ މީހުންނަށް ދޭން ބަޖެޓުގައި ކަނޑައަޅައިފަ އެވެ. އަންނަ އަހަރުގެ އޭޕްރީލް މަހުން ފެށިގެން ތެލާއި ކާޑާއި ކަރަންޓާއި ނަރުދަމާގެ ސަބްސިޑީ ދޭނީ ގޭބީސީތަކުގެ އާމްދަނީ އަށް ބަލައިގެންނެވެ. އެކަމަށް ބަޖެޓުގައި 900 މިލިއަން ރުފިޔާ ކަނޑައަޅާފައި ވެ އެވެ.
ސަބްސިޑީގެ އިތުރުން އާސަންދަ އަށް ގެންނަ ބަދަލުތަކަށް އަމަލުކޮށް، ހަރަދުތައް ކުޑަ ނުކޮށްފި ނަމަވެސް އާސަންދައިގެ ހަރަދަށް 700 މިލިއަން ރުފިޔާ އިތުރުވާނެ އެވެ. އެއާ އެކު، އާސަންދައަށް ކުރާ ހޭދަވެސް 2.5 ބިލިއަން ރުފިޔާ އަށް އިތުރުވުމުގެ ފުރުސަތު އޮންނާނެ އެވެ. ސަރުކާރުން ވަނީ އާސަންދަ އަށް އެންމެ މުއްސަދިންގެ އަތުން ކޮންޓްރިބިއުޝަނެއް ނަގައި ޕްރައިވެޓް ހޮސްޕިޓަލްތަކުން ހޯދާ ހިދުމަތްތަކަށް އެއް މިންގަނޑެއްގައި ޕެކޭޖުތަކެއް ހަދަން ނިންމައިފަ އެވެ.
ރިފޯމު ފިޔަވަޅުތައް ނާޅައިފި ނަމަ އެންސްޕާ މެދުވެރިކޮށް ދޭ ވެލްފެއާ އެހެން ހިދުމަތްތަކަށް ވެސް އިތުރު 240 މިލިއަން ރުފިޔާ އިތުރުވެ، ޖުމަލަ އެކަމަށް ކުރާ ހޭދަ 900 މިލިއަން ރުފިޔާއަށް އަރައިފާނެ ކަމަށް ވެސް ފިނޭންސް މިނިސްޓްރީން ލަފާކުރެ އެވެ.
އެ މިނިސްޓްރީން ބުނީ، އެ ފިޔަވަޅުތައް ނާޅައިފި ނަމަ ބަޖެޓު ޑެފިސިޓަށް އެބައި އިތުރުވެ، ބަޖެޓު ފައިނޭންސިން އަށް އިތުރަށް ބުރަ ބޮޑުވާނެ ކަމަށެވެ.
"އިގުތިސާދީ އިސްލާހީ ފިޔަވަޅުތައް ތަންފީޒު ކުރާނެ"
ބަޖެޓް 2025: ގޮންޖެހުން ބޮޑު އަހަރަކަށް ވެދާނެ!
ބަޖެޓުގައި ޖެހި މަޝްރޫއުތަކުގެ ތަފްސީލު ނުދޭތީ ނުރުހުން
1.5ބިލިއަން ޑޮލަރުގެ ދަރަނި ލުއިކުރަން މަޝްވަރާކުރަނީ
ސަބްސިޑީ ތިން ގުނަ ކުޑަކޮށް، ސީދާ މީހާއަށް
"އަމާޒަކީ ޖީޑީޕީ 10 ބިލިއަން ޑޮލަރަށް ގެންދިއުން"
އިސްލާހީ އެޖެންޑާއިން ރޭޓިން މަތިވުމުގެ ފުރުސަތު ބޮޑު
މޫޑީސް އިން ރާއްޖޭގެ ރޭޓިން ދަމަހައްޓައިފި
ރިފޯމާ އެކު އިންފްލޭޝަން 3.9 ޕަސެންޓަށް އަރާނެ
ކުރިއަށް އޮތީ އިގްތިސާދުގައި ހަކަތަ އުފެދޭނެ އަހަރެއް