31 އޮކްޓޯބަރ 2024
އިގުތިސާދީ ހާލަތު ހަމައަކަށް އެޅުވުމަށްޓަކައި އިކޮނޮމިކް ރިފޯމް އެޖެންޑާ ތަންފީޒު ކޮށްގެން ރާއްޖޭގެ އުފެއްދުންތެރިކަން 2028 ވަނަ އަހަރު 10 ބިލިއަން ޑޮލަރާ ހަމައަށް އެރުވުމަކީ އަމާޒެއް ކަމަށް އިކޮނޮމިކް މިނިސްޓަރު މޫސާ ޒަމީރު މިއަދު ވިދާޅުވެއްޖެ އެވެ.
އިގުތިސާދީ ހާލަތު ހަމައަކަށް އެޅުވުމަށްޓަކައި އިކޮނޮމިކް ރިފޯމް އެޖެންޑާ ތަންފީޒު ކޮށްގެން ރާއްޖޭގެ އުފެއްދުންތެރިކަން 2028 ވަނަ އަހަރު 10 ބިލިއަން ޑޮލަރާ ހަމައަށް އެރުވުމަކީ އަމާޒެއް ކަމަށް އިކޮނޮމިކް މިނިސްޓަރު މޫސާ ޒަމީރު މިއަދު ވިދާޅުވެއްޖެ އެވެ.
އަންނަ އަހަރަށް ލަފާކުރާ ދައުލަތުގެ ބަޖެޓު ހުށަހަޅުއްވައި ދެއްވަމުން މިނިސްޓަރު ވިދާޅުވީ، މި ރިޔާސީ ދައުރު ނިމޭއިރު އިގުތިސާދީ މައި މަރުކަޒުތައް ހެދުމަށް އަމާޒު ހިފާފައިވާ ކަމަށެވެ. އެކަން ކުރުމަށް ރާއްޖޭގެ އެކި ސަރަހައްދުތަކުގައި އާބަން ސެންޓަރުތައް ހަދައި، ސަރަހައްދީ ތަރައްގީ ގެންނާނެ ކަމަށް އޭނާ ވިދާޅުވި އެވެ.
މި އަހަރު ރާއްޖޭގެ ޖީޑީޕީ ހުރީ 6.9 ބިލިއަން ޑޮލަރުގަ އެވެ. އެހެންވެ، ސަރުކާރުގެ އަމާޒަށް ވާސިލުވާން ކުރިއަށް އޮތް ތިން އަހަރު އުފެއްދުންތެރިކަމަށް ހަތަރު ބިލިއަން ޑޮލަރު އިތުރު ކުރަން ޖެހޭނެ އެވެ. ޖީޑީޕީ އަކީ ގައުމުގައި ވަކި މުއްދަތެއްގެ ތެރޭގައި އުފައްދައި ފޯރުކޮށްދޭ ހުރިހާ މުދަލާއި ހިދުމަތެއްގެ ބާޒާރުގެ އަގު ވަޒަންކުރާ ފައިސާގެ މިންގަނޑެވެ. ޖީޑީޕީ ކުރިއެރުވުމަށް ރާއްޖޭގެ އިގްތިސާދުގެ ހުރިހާ ދާއިރާތަކެއް ކުރިއަރުވަން ޖެހޭނެ އެވެ.
މަޖިލީހުގެ މިއަދުގެ ޖަލްސާގައި އަންނަ އަހަރަށް ލަފާކުރާ ބަޖެޓު ފިނޭންސް މިނިސްޓަރު ޒަމީރު ހުށަހަޅައި ދެއްވަނީ. --ފޮޓޯ: މަޖިލީހުގެ އިދާރާ
"އިގުތިސާދީ ކުރިއެރުމަކީ އެންމެހައި ރައްޔިތުންނަށް އޭގެ މަންފާ ހަމަހަމަކަމާއެކު ލިބޭނެ ފަދަ ކުރިއެރުމަކަށް ހެދުމަށް ދިވެހިން ގެދޮރުވެރިވުން ކޮންމެހެން މުހިންމު. ފާއިތުވި ސަރުކާރުތަކުން ދިވެހިން ގެދޮރުވެރިކުރުވުމަށް މަސައްކަތްތަކެއް ކޮށްފައިވީ ނަމަވެސް އަދާ ހަމައަށް މި މައްސަލައަށް ވަނީ އެދެވޭ ހައްލެއް ނުލިބި،" ޒަމީރު ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ، މިވަގުތު ބަޖެޓު ތަންފީޒުކޮށް ރައީސް މުއިއްޒުގެ އަމާޒުތަކުގެ ތަސައްވުރު ތަންފީޒު ކުރުމަށް ބޭނުންވާ އެންމެ ބޮޑު ގޮންޖެހުމަކީ ފިސްކަލް ހާލަތު ކަމަށެވެ.
"ސަރުކާރުގެ ހަރަދު ކުޑަކުރަން ފިޔަވަޅު އެޅުން އަހަރުތަކެއް ވަންދެން ފަސްކޮށް، ބޮޑެތި އަދަދުތަކުން ޑެފިސިޓް ބަޖެޓުތައް ތަންފީޒު ކުރަމުން ގޮސްފައި ވުމުގެ ނަތީޖާއަކީ، ދައުލަތުގެ ދަރަނި އިތުރުވެ، ދައުލަތުގެ އާމްދަނީއާ ބައްދަލު މިންވަރަކަށް ހަރަދުތައް ކުޑަކުރުމަށް އެކީ އެއްފަހަރާ ގިނަ ނިޒާމީ ބަދަލުތަކެއް ގެންނަން މަޖުބޫރު ވުން،" މިނިސްޓަރު ވިދާޅުވި އެވެ.
އަންނަ އަހަރަށް ލަފާކޮށް ސަރުކާރުން މަޖިލިހަށް މިއަދު ހުށަހެޅީ 56.6 ބިލިއަން ރުފިޔާގެ ބަޖެޓެކެވެ.
ބަޖެޓުގައި ޖެހި މަޝްރޫއުތަކުގެ ތަފްސީލު ނުދޭތީ ނުރުހުން
1.5ބިލިއަން ޑޮލަރުގެ ދަރަނި ލުއިކުރަން މަޝްވަރާކުރަނީ
"އިގުތިސާދީ އިސްލާހީ ފިޔަވަޅުތައް ތަންފީޒު ކުރާނެ"
ބަޖެޓް 2025: ގޮންޖެހުން ބޮޑު އަހަރަކަށް ވެދާނެ!
އިސްލާހީ ފިޔަވަޅުތައް ނާޅައިފިނަމަ ތިން ބިލިއަން އިތުރު
ސަބްސިޑީ ތިން ގުނަ ކުޑަކޮށް، ސީދާ މީހާއަށް
ހިލޭ އެހީގެ ގޮތުގައި ލިބުނީ 23 މިލިއަން: ޒަމީރު
ރާއްޖެ ބަނގުރޫޓުވުމުގެ ވާހަކަ ހުއްޓިއްޖެ: ޒަމީރު
ރިފޯމާ އެކު އިންފްލޭޝަން 3.9 ޕަސެންޓަށް އަރާނެ
ތަފްސީލުނެތަސް، ހުރިހާ ރަށެއްގައި ޕްރޮޖެކްޓް ހިންގާނެ