16 ސެޕްޓެމްބަރ 2020
މާލޭގެ ބާޒާރުގައި 25 ކިލޯގެ ފިޔާ ބަސްތާއެއްގެ އަގު މިއަދު 700ރ. އަށް އަރައިފި އެވެ.
މާލޭގެ ބާޒާރުގައި 25 ކިލޯގެ ފިޔާ ބަސްތާއެއްގެ އަގު މިއަދު 700ރ. އަށް އަރައިފި އެވެ.
އިއްޔެއާ ހަމައަށް ބާޒާރުގައި ބަސްތާއެއްގެ އަގު ހުރީ 350ރ. އަށެވެ. އޭގެ ކުރިން 25 ކިލޯގެ ފިޔާ ބަސްތާއެއް އާންމުކޮށް ވިއްކާ އަގަކީ އެންމެ ބޮޑުކޮށް ވެސް 200ރ. އެވެ.
ފިޔާގެ އަގު ބާޒާރުގައި އުފުލިފައިވަނީ ރާއްޖެ އަށް އެންމެ ގިނައިން ފިޔާ އިމްޕޯޓު ކުރާ، އިންޑިއާއިން ފިޔާ އެކްސްޕޯޓް ކުރުން މަނާ ކުރުމުންނެވެ. އިންޑިއާއިން ފިޔާ އެކްސްޕޯޓް ކުރުން މަނާކޮށްފައި ވަނީ އެ ގައުމަށް މިހާރު ކުރަމުން އަންނަ ވިއްސާރައިގައި ގިނަ އަދަދެއްގެ ފިޔާ ދަނޑުތައް ހަލާކުވުމާ ގުޅިގެން ފިޔާ ލިބުން ދަތިވުމުގެ ސަބަބުންނެވެ.
އިންޑިއާއިން ފިޔާ އެކްސްޕޯޓު ކުރުން މަނާ ކުރި ނަމަވެސް ރާއްޖެއާ އެ ގައުމާ ދެމެދު ވެފައިވާ ހާއްސަ އެއްބަސްވުމުގެ ދަށުން ރާއްޖެ އަށް ދަތިނުވެ ފިޔާ ލިބޭނެ ކަމަށް ރާއްޖޭގައި ހުންނަ އެ ގައުމުގެ އެމްބަސީންނާއި ރާއްޖެގެ ފޮރިން މިނިސްޓްރީން ވެސް ވަނީ ޔަގީންކަން ދީފަ އެވެ.
ފިޔާ އެކްސްޕޯޓް ކުރުން މަޑުޖައްސާލިކަން އިންޑިއާއިން އިއުލާން ކުރުމާއެކު އިއްޔެއިން ފެށިގެން މާލޭގެ ބާޒާރުގައި ފިޔާ ވިއްކުން ވަނީ ކޮންޓްރޯލް ކޮށްފަ އެވެ. ގިނަ ފިހާރަތަކުން ވަނީ ބަސްތާ ވިއްކުން ހުއްޓާލައި، ކިލޯ އިން ވިއްކަން ފަށައިފަ އެވެ. މާލޭގެ ބާޒާރުގައި ފިޔާ ކިލޯއެއްގެ އަގު މިއަދު ހުރީ 30ރ. އަށެވެ.
ފިޔާ ކިލޯއެއްގެ އަގު 50ރ. އިން މައްޗަށް
ފިޔާގެ އަގު ކޮންޓްރޯލް ވާނެކަމަށް ބެލެވެނީ އަންނަ މަހު
ރިފޯމާ އެކު އިންފްލޭޝަން 3.9 ޕަސެންޓަށް އަރާނެ
އިންޑިއާއިން ފިޔާ އެތެރެ ކުރަނީ ވަކި އެއްބަސްވުމަކުން
އިންޑިއާގެ ފިޔާ އެކްސްޕޯޓު ލިސްޓުގައި ރާއްޖެ ނުހިމެނޭ
އެސްޓީއޯއިން ކޮންޓްރޯލް އަގެއްގައި ފިޔާ ވިއްކަނީ
އަގު ބޮޑުކޮށް ފިޔާ ނުވިއްކަން މިނިސްޓްރީން އެދެފި
އަސާސީ ބާވަތެއް އެތެރެކުރާކަށް ހުރަހެއް ނެތް: ސައީދު
ފިޔާ އެކްސްޕޯޓުކުރުން އިންޑިއާ އިން މަނާކޮށްފި
ތަކެތީގެ އަގު އަނެއްކާ ވެސް ދަށަށް!