މޫސުން ވަރަށް ބޮޑަށް ގޯސްވުމުން، މުދާ ކްލިއާ ކުރުމުގައި ދަތިތައް ދިމާވުމުގެ ސަބަބުން އެމްޕީއެލް އިން މުދާ ކްލިއާ ކުރުން ލަސްވެ، މާލޭގެ ބާޒާރުން ފިޔާ ހުސްވެއްޖެ އެވެ.
މޫސުން ވަރަށް ބޮޑަށް ގޯސްވުމުން، މުދާ ކްލިއާ ކުރުމުގައި ދަތިތައް ދިމާވުމުގެ ސަބަބުން އެމްޕީއެލް އިން މުދާ ކްލިއާ ކުރުން ލަސްވެ، މާލޭގެ ބާޒާރުން ފިޔާ ހުސްވެއްޖެ އެވެ.
ރާއްޖެ އަށް ފިޔާ އެތެރެކުރާ ފަރާތަކުން ބުނީ، ފިޔާގެ ޝޯޓޭޖެއް އައީ، މޫސުން ގޯސްވެ، ކޮންމެ ހަފުތާއަކު ގެންނަމުން އައި ފިޔާ ސަޕްލައި ހުއްޓުމުން ކަމަށެވެ.
އޭނާ ވިދާޅުވީ، ބޯޓު މިހާރު ބަނދަރު ކުރި ނަމަވެސް، މޫސުން ގޯސްވެ، އެ މުދާ ބޭލޭ ގޮތް ނުވާތީ ދެ ޓަނުގެ ފިޔާ ނުނެރެވި މިހާރު ވެސް އެބަހުރި ކަމަށެވެ.
ރާއްޖެ އަށް އެންމެ ގިނަ އަދަދަކަށް ފިޔާ އެތެެރެ ކުރާ، މުޑުވާލިން ވެސް ފިޔާ ހުސްވެ މިހާރު ސަޕްލަޔަރުންނަށް ފިޔާ ދޫކުރުން ވަނީ ހުއްޓިފަ އެވެ. އެކަމަކު، އެނގިފައިވާ ގޮތުގައި މާދަމާ އިން ފެށިގެން އެ ފިހާރައިގެ ފިޔާ ސްޓޮކް ބާޒާރަށް ނެރެވޭ ވަރުވާނެ އެވެ.
ރާއްޖެ އަށް އެންމެ ގިނަ އަދަދަކަށް ފިޔާ އެތެރެކުރާ ވިޔަފާރިވެރިންގެ އަތުން ފިޔާ ހުސްވި ނަމަވެސް ކުދިކުދި ފިހާރަތަކުގައި ފިޔާ އަދިވެސް ކޮންމެވެސް ވަރަކަށް އެބަހުއްޓެވެ.
އެމްޕީއެލް އިން ބުނީ، ޕެރިޝަބަލް މުދާ ހިފައިގެން އައި ހަތަރު ބޯޓެއް މާލޭ ވިޔަފާރި ބަނދަރުގައި މިހާރު ވެސް އެބައޮތް ކަމަށެވެ. އޭގެ ތެރެއިން އެއް ބޯޓު އައީ މިއަދު ކަމަށް އެ ކުންފުނިން ބުންޏެވެ.
"މި ކުންފުނީގެ ކާގޯ އޮޕަރޭޝަންސް އިން ދަނީ އިއްޔެ އިން ފެށިގެން ތިން ބޯޓަށް ހިދުމަތް ދެމުން. އެހެން ނަމަވެސް، ވިއްސާރައިގެ ސަބަބުން މުދާ ބޭލުމުގެ މަސައްކަތަށް ވަނީ ބުރޫއަރާފައި. މޫސުން ތަންދޭ މިންވަރަކުން، މި ކުންފުނީގެ ކާގޯ އޮޕަރޭޝަންސް އިން ދަނީ މުދާ ބޭލުމުގެ މަސައްކަތްތައް ވީހާ ވެސް އަވަހަކަށް ކުރިއަށް ގެންދިއުމަށް މަސައްކަތް ކުރަމުން،" އެމްޕީއެލްގެ މީޑިއާ އޮފިޝަލް ވިދާޅުވި އެވެ.
އޭނާ ވިދާޅުވިގޮތުގައި، މުދާ ކްލިއާ ކުރުމުގެ ކަންކަން ވީހާ ވެސް އަވަސް ކޮށްދިނުމަށް ކާގޯ ކްލިއަރަންސް އިން އަންނަނީ މަސއްކަތް ކުރަމުންނެވެ.
މާލޭގެ ބާޒާރުން ފިޔާ ހުސްވުމުގެ ކުރިން އަގުތައް އުޅުނީ ބަސްތާއެއް 350ރ.- 400ރ. އާ ދެމެދުގެ އަގެއްގަ އެވެ. އަދި ފިޔާ ކިލޯއެއް ބާޒާރުން ލިބެން ހުރީ 18ރ.-25ރ. އާ ދެމެދުގެ އަގެއްގަ އެވެ.
ރާއްޖެއަށް ފިޔާ ގެންނަނީ އިންޑިއާ އިން ހާއްސަ ރޭޓުތަކެއްގަ އެވެ. މި އަހަރަށް ކަނޑައަޅާފައިވާ ކޯޓާގެ އަދަދު އެ ގައުމުން މިހާރު ވަނީ 56 ޕަސެންޓަށް އިތުރު ކޮށްފަ އެވެ.
ބޯޓުތަކުން 4،720 ފިޔާ ބަސްތާ ބާލައިފި
އެސްޓީއޯއިން ފިޔާ ކިލޯއެއް 15ރ. އަށް ވިއްކަނީ
އާފަލެއްގެ އަގު 10ރ. އިން މައްޗަށް
ޝޯޓޭޖަށް ހައްލެއް ގެނައުމަށް އެސްޓީއޯއިން ފިޔާ ގެންނަނީ
ޕޯޓު ތިލަފުއްޓަށް ބަދަލުކުރުމުން އަގުތައް ހެޔޮވާނެ؟
"އަހަރު ނިމޭއިރު ފައިދާ ނެރޭ ކުންފުންޏަކަށް ހަދާނަން"
ރިޝްވާނަށް އޮތީ 3.5 ބިލިއަންގެ އާ ބަނދަރު ނިންމުން
ރޯދަ މަހު ކްލިއާ ކުރާނީ ދުވާލަކު 150 ކޮންޓެއިނަރު
ގާމެންޓްއެކްސްޕޯޓުކުރުމުން ކޮންޓެއިނަރުގެ އަދަދު މައްޗަށް
މަހަކު ގެންނަ ކޮންޓެއިނާ 6،000 އަށް އިތުރުވާނެ