03 ނޮވެމްބަރ 2024
ރާއްޖެ މެދުވެރިކޮށް ބަންގްލަދޭޝް އިން ގާމެންޓު އެކްސްޕޯޓު ކުރަން ފެށުމުން ކޮންމެ މަހަކު އެތެރެކުރާ ކޮންޓެއިނަރުގެ އަދަދު ދެގުނަ ވެފައިވާ ކަމަށް އެމްޕީއެލްގެ ސީއީއޯ މުހައްމަދު ވަޖީހު އިބްރާހިމް މިއަދު ވިދާޅުވެއްޖެ އެވެ.
ރާއްޖެ މެދުވެރިކޮށް ބަންގްލަދޭޝް އިން ގާމެންޓު އެކްސްޕޯޓު ކުރަން ފެށުމުން ކޮންމެ މަހަކު އެތެރެކުރާ ކޮންޓެއިނަރުގެ އަދަދު ދެގުނަ ވެފައިވާ ކަމަށް އެމްޕީއެލްގެ ސީއީއޯ މުހައްމަދު ވަޖީހު އިބްރާހިމް މިއަދު ވިދާޅުވެއްޖެ އެވެ.
ވަޖީހު ވިދާޅުވީ އެވްރެޖުކޮށް ކޮންމެ މަހަކު 50 ކޮންޓެއިނަރު ކުރިން ރާއްޖެ ގެނައި ނަމަވެސް މިހާރު އެ އަދަދު 90 އިން މައްޗަށް އަރާފައިވާ ކަމަށެވެ. އެއާ އެކު، ލިބޭ އާމްދަނީ ވެސް ވަރަށް ބޮޑަށް އިތުރުވާނެ ކަމަށް ބެލެވޭ ކަމަށް އޭނާ ވިދާޅުވި އެވެ.
ވަޖީހު ވިދާޅުވިގޮތުގައި، މިހާ ބޮޑު ބަދަލެއް އައީ "ސީ ޓު އެއާ ކާގޯ" ގެ ނަމުގައި ފެށި މަސައްކަތުގެ ސަަބބުންނެވެ.
ސީ ޓު އެއާ ކާގޯގެ ހިދުމަތަކީ، ކަނޑުމަގުން ގެންނަ މުދާ، ޓްރާންސިޓުކޮށް ވައިގެ މަގުން އެހެން ގައުމުތަކަށް ފޮނުވުމެވެ. މިއީ، ވަރަށް ގިނަ ގައުމުތަކުން ކުރަމުން އަންނަ އަދި މި މަސައްކަތުން އެ ގައުމުތަކުގެ އިގުތިސާދަށް ބޮޑެތި މަންފާތަކެއް ހޯދަމުން އަންނަ ކަމެކެވެ.
ވަޖީހު ވިދާޅުވީ ބަންގްލަދޭޝްގެ ގާމަންޓު އިންޑަސްޓްރީގެ ބޮޑު ޕަސެންޓޭޖެއް ވައިގެ މަގުން ފޮނުވަނީ ޔޫރަޕުގެ ގައުމުތަކަށް ކަމަށެވެ. މިހާތަނަށް އެ މުދަލުގެ ބޮޑު ބައެއް އެކި ގައުމުތަކަށް ގެންގޮސްފައި ވަނީ އިންޑިއާ އާއި ސްރީ ލަންކާ މެދުވެރި ކޮށެވެ.
ރާއްޖޭގައި މި މަސައްކަތް ފެށުމުގެ ގޮތުން އެމްޕީއެލް އިން ފުރަތަމަ ފަހަރަށް އެއްބަސްވުމެއްގައި ސޮއިކުރީ މިދިޔަ މާޗް މަހު ޓާކިޝް އެއާލައިނާ އެކު އެވެ. ފުރަތަމަ ކާގޯ ޝިޕުމެންޓު ފޮނުވީ މި އަހަރުގެ މެއި މަހު އެވެ.
ވަޖީހު ވިދާޅުވީ، އެ ހިދުމަތާ އެކު، މިދިޔަ އޮކްޓޫބަރު މަހު 96 ކޮންޓެއިނަރު ވަނީ ވައިގެ މަގުން ރާއްޖެއިން ބޭރަށް ފޮނުވާފައި ކަމަށެވެ. އެއީ ގާތްގަނޑަކަށް 418 ޓަނުގެ މުދަލެވެ.
އެ މަސައްކަތުގައި މިވަގުތު ރާއްޖެ އަށް ދަތުރުކުރާ ހަތް އެއާލައިނާކުން ބައިވެރިވެ އެވެ.
ރާއްޖެ މެދުވެރިކޮށް ގާމެންޓު އެކްސްޕޯޓު ކުރަން ފަށައިފި
އުތުރު ގޭޓްވޭއިން އެމްޕީއެލް މުއްސަނދި ކުންފުންޏަކަށް
އިގުތިސާދީ ހެޔޮބަދަލު ވަޖީހު ދެއްކެވީ ގްރާފުން
މަހަކު ގެންނަ ކޮންޓެއިނާ 6،000 އަށް އިތުރުވާނެ
ދުނިޔޭގެ އެންމެ ބޮޑު ޝިޕިން ކުންފުނީގެ ބޯޓު ރާއްޖެއަށް
މުޅި ރާއްޖެއަށް މެރިޓައިމް ދާއިރާ ފުޅާކުރާނަން: ވަޖީހު
އެމްޕީއެލްގެ ވެރިން މުދާ އުފުލުމުގެ މަސައްކަތަށް
ގާދޫގައި ބަންކަރިންއާ އެކު ގިނަ މަޝްރޫއުތަކެއް
އެމްޕީއެލް އިން ބޯޓު ފަހަރުން ޑޮލަރުން ފީ ނަގަނީ
ލ. ގައި ބަންކަރިން ހިދުމަތް ދޭން އެމްޕީއެލް ބޭނުންވޭ