Roadha Mihaaru
ގާދޫގައި ބަންކަރިންއާ އެކު ގިނަ މަޝްރޫއުތަކެއް

ގާދޫގައި ބަންކަރިން ހިދުމަތަކާ އެކު ލ. އަތޮޅުގެ މަލަމަތި ބަދަލުކޮށްލާނެ ބޮޑެތި މަޝްރޫއުތަކެއް

11 އެޕްރީލް 2024

ލ. ގާދޫގައި ފަށާ ބަންކަރިންގެ ހިދުމަތަކީ މުޅި އަތޮޅުގެ މަލަމަތި ބަދަލުކޮށްލާނެ މަޝްރޫއެއް ކަމަށް މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް) ގެ ސީއީއޯ މުހައްމަދު ވަޖީހު އިބްރާހިމް މިރޭ ވިދާޅުވެއްޖެ އެވެ.

މާއިދާ މުހައްމަދު ރަޝާދު މާއިދާ މުހައްމަދު ރަޝާދު

ލ. ގާދޫގައި ފަށާ ބަންކަރިންގެ ހިދުމަތަކީ މުޅި އަތޮޅުގެ މަލަމަތި ބަދަލުކޮށްލާނެ މަޝްރޫއެއް ކަމަށް މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް) ގެ ސީއީއޯ މުހައްމަދު ވަޖީހު އިބްރާހިމް މިރޭ ވިދާޅުވެއްޖެ އެވެ.

ލ. އަތޮޅަށް ރައީސް ޑރ. މުހައްމަދު މުއިއްޒު މިހާރު ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި ވަނީ އެ އަތޮޅު ގާދޫގައި ބަންކަރިންގެ ހިދުމަތް ފެށުމަށް ޗައިނާގެ ކުންފުންޏެއް ކަމަށްވާ ސީއޭއެމްސީއީއާ ހަވާލުކޮށްފަ އެވެ.

އެ ރަސްމިއްޔާތުގައި ވަޖީހު ވިދާޅުވީ ރައީސް މުއިއްޒުގެ އިގްތިސާދީ އެޖެންޑާގައި ގިނަ ކަންކަން ހިމެނޭއިރު، މިއީ މިއިން ޒަމާނަކު ރައީސަކު ގައުމުގެ އިގްތިސާދާ މެދު ވިސްނަވާފައި ނެތް ވަރަށް އެ މަނިކުފާނު ގައުމުގެ އިގްތިސާދާ މެދު ވިސްނަވާ ކަމުގެ ހެއްކެއް ކަމަށެވެ.

ވަޖީހު ވިދާޅުވި ގޮތުގައި ރާއްޖެއަކީ ދެ ނަސީބެއް ލިބިފައިވާ ގައުމެކެވެ. އެއީ ހުދު ދޮންވެލި ގޮނޑުދޮށްތަކަކާއި ރާއްޖެ އޮތް ސަރަހައްދުގެ ގޮތުން އެތައް ފައިދާއެއް ކުރާނެ ގައުމެއް ކަމަށް ވަޖީހު ވިދާޅުވި އެވެ. އެކަމަކު އެ ނަސީބު އޮތް ނަމަވެސް އޭގެ ބޭނުން އެންމެ ފުރިހަމަ ގޮތުގައި މިހާތަނަށް ހިފާފައި ނުވާ ކަމަށް ވިދާޅުވި އެވެ.

ގާދޫގައި ތަރައްގީކުރާ ތަނެއްގެ ކުރެހުމެއް.

ގާދޫގައި ތަރައްގީކުރާ ތަނެއްގެ ކުރެހުމެއް.

އެހެންވެ ރާއްޖޭގެ ތިން ސަރަހައްދެއްގައި ޕޯޓު ހެދުމުގެ މަސައްކަތް ސަރުކާރުން ކުރާއިރު، މި މަޝްރޫއުތައް އެމްޕީއެލުން ކުރިއަށް ގެންދާނީ ރައީސްގެ ސްޕީޑުގައި ކަމަށް އޭނާ ވިދާޅުވި އެވެ. އެހެންވެ، ދައުރު ނިމުމުގެ ކުރިން މަޝްރޫއު ނިންމައި ހިދުމަތް ފަށާނެ ކަމަށް ވެސް ވަޖީހު ވިދާޅުވި އެވެ.

"އަޅުގަނޑު ޔަގީން ކުރަނީ މިއިން ކޮންމެ މަސައްކަތެއް ނިމޭއިރު ކަސްޓަމަރުން އަންނާނެ ޔަގީންކަމާ އެކު،" ވަޖީހު ވިދާޅުވި އެވެ.

ގާދޫ މެރިޓައިމް ހަބްގެ ތަފްސީލު:

- އޮފްޝޯ ބަންކަރިން - ރާއްޖޭގެ ސަރަހައްދުން ދަތުރުކުރާ ހުރިހާ ބޯޓަކަށް ވެސް ހިދުމަތް ލިބޭ ގޮތަށް ބަންކަރިންގެ ހިދުމަތް ފަށާއިރު އޭގެ ސަބަބުން ޑޮލަރުން މަންފާ ކުރާނެ ކަމަށް ވަޖީހު ވިދާޅުވި.

- ކްރޫޒް ޓާމިނަލެއް - ރާއްޖެ އަންނަ ޕެސެންޖާ ލައިންތަކަށް ހިދުމަތް ދޭނެ ކްރޫޒް ޓާމިނަލެއް ނޯވޭ. އެހެންވެ އެތަން ތަރައްގީކުރާއިރު ކެފޭ އާއި ރެސްޓޯރަންޓުތަކާ އެކު ތަރައްގީކުރާނީ އިގްތިސޯދީ ގޮތުން ވެސް ފައިދާވާނެ ގޮތަށް ކަމަށް ވިދާޅުވި.

- ސުޕަ ޔޮޓް މެރީނާ - މިިވަގުތު ޔޮޓް ފަހަރަށް ހިދުމަތް ދެވޭނެ ގޮތެއް ނެތް. ބައެއް ފަހަރު ހަނގުރާމަތަކުން ވެސް ސަލާމަތްވާން ބައެއް މީހުން ރާއްޖެ އާދޭ، އެހެންވީމަ، އެމީހުންގެ ސަބަބުން ވެސް އެތައް މަންފާއެއް ކުރާނެ.

- އީކޯ ރިސޯޓު - ތިމާވެއްޓާ ރައްޓެހި ރިސޯޓެއް. މިތަނަކީ ވެލާއަށް މަޝްހޫރު ސަރަހައްދަކަށްވާތީ އެތަނުގައި ވެލާ އާލާކުރާނެ.

- ސްޓޯރޭޖް ފެސިލިޓީ - ކާބޯތަކެތި ސްޓޯރޭޖް ކުރެވޭނެ އިންތިޒާމު ހަމަޖައްސާނެ.

- ޓްރާންޝިޕްމަންޓް ޕޯޓެއް - ރާއްޖޭ ސަރަހައްދުން ވިޔަފާރީގެ އެތައް މުއާމަލާތެއް ކުރަމުންދާއިރު އޭގެ މަންފާ ރާއްޖެއަކަށް ނުކުރޭ. އެހެންވެ ސަރުކާރުން އަމާޒު ކުރަނީ އެތައް ބިލިއަން ޑޮލަރުގެ އެ ވިޔަފާރިން ރާއްޖެއަށް ފައިދާކުރާނެ ގޮތަކަށް ކަންކަން އިންތިޒާމުކުރުން.

ގާދޫގައި ތަރައްގީކުރާ އިކޯ ރިސޯޓުގެ ކުރެހުމެއް.

ގާދޫގައި ތަރައްގީކުރާ އިކޯ ރިސޯޓުގެ ކުރެހުމެއް.

އެ ރަސްމިއްޔާތުގައި ވަޖީހު ވިދާޅުވީ މި މަޝްރޫއު ނިމުމާ އެކު އެތަނުން ހިދުމަތް ފަށާނެ ކަމަށެވެ. އަދި މިވަގުތު ވެސް އެތަން މާކެޓް ކުރުމުގެ މަސައްކަތް އެމްޕީއެލްގެ މުވައްޒަފުން ކުރަމުންދާ ކަމަށް އޭނާ ވިދާޅުވި އެވެ.

އެ މަޝްރޫއާ އެކު މަދުވެގެން 2،000 އެއްހާ ވަޒީފާ ލ. އަތޮޅުގެ ޒުވާނުންނަށް އުފެދޭނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

ވަޖީހު ވިދާޅުވި ގޮތުގައި އެމްޕީއެލުން މަސައްކަ ތްކުރަނީ ހަމައެކަނި ކޮންޓެއިނަރު އުފުލައިގެން އާމްދަނީ ހޯދުމުގެ ބަދަލުގައި މިފަދަ މަޝްރޫއުތަކުން ވެސް އާންމުންނާއި ކުންފުންޏަށް ވެސް ފައިދާ ހޯދާށެވެ.