16 މެއި 2024
ރާއްޖޭގެ ދަރަނި އިތުރަށް ބޮޑުވިޔަ ނުދިނުމަކީ އެދިވަޑައިގަންނަވާ ކަމެއް ކަމަށާއި އެހެންވެ މި ވަގުތު ބޮޑަށް އިސްކަން ދެއްވަނީ ރާއްޖެއަށް ހިލޭ އެހީ ފޯރުކޮށްދިނުން ކަމަށް ރާއްޖޭގައި ހުންނަވާ ޗައިނާގެ ސަފީރު ވޭންގް ލިޒިން މިއަދު ވިދާޅުވެއްޖެ އެވެ.
ރާއްޖޭގެ ދަރަނި އިތުރަށް ބޮޑުވިޔަ ނުދިނުމަކީ އެދިވަޑައިގަންނަވާ ކަމެއް ކަމަށާއި އެހެންވެ މި ވަގުތު ބޮޑަށް އިސްކަން ދެއްވަނީ ރާއްޖެއަށް ހިލޭ އެހީ ފޯރުކޮށްދިނުން ކަމަށް ރާއްޖޭގައި ހުންނަވާ ޗައިނާގެ ސަފީރު ވޭންގް ލިޒިން މިއަދު ވިދާޅުވެއްޖެ އެވެ.
މީޑިއާއާ އެކު ސަފީރު ބޭއްވެވި ބައްދަލުވުމެއްގައި ނޫސްވެރިންގެ ސުވާލުތަކަށް ޖަވާބު ދެއްވަމުން ސަފީރު ވިދާޅުވީ، ރާއްޖެ އަށް މިހާރު ޗައިނާ އިން ނަގާފައިވާ ލޯނުތައް އަނބުރާ ދެއްކުން ފަސޭހަ ކުރުމަށް މަޝްވަރާތައް ކުރައްވަމުން ގެންދަވާ ކަމަށެވެ. ނަމަވެސް ލޯނުތައް ރީސްޓްރަކްޗާ ކުރުމަކީ އޮތް ހައްލެއް ނޫން ކަމަށާއި އެކަން ކޮށްފި ނަމަ ދެން އިތުރަށް ޗައިނާ އިން ފައިނޭންސް ހޯދުމަށް ރާއްޖެ އަށް އުނދަގޫވާނެ ކަމަށް ސަފީރު ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ، ރާއްޖޭގެ ދަރަނި ބޮޑުވުމަކީ ޗައިނާ އިން ވެސް ކަންބޮޑުވާ ކަމެއް ކަމަށާއި އެހެންވެ، ރާއްޖޭގެ ދަރަނި އިތުރަށް ބޮޑު ނުވާނެ ގޮތަކަށް އަމަލު ކުރުމަކީ ޗައިނާގެ ސިޔާސަތު ކަމަށެވެ.
"ތިޔަބޭފުޅުން ވެސް ފާހަގަކުރެވޭނެ މިހާރު ޗައިނާ އިން ރާއްޖެ އަށް ދޫކުރަނީ ގްރާންޓްސް. ސަމާލުކަން ދެނީ ހިލޭ އެހީ ރާއްޖެއަށް ފޯރުކޮށްދޭން، ރާއްޖޭގެ ދަރަނި ބޮޑު ކުރާކަށް ނޫން،" ސަފީރު ވިދާޅުވި އެވެ.
ސަފީރު ވަނީ މިހާރު ރާއްޖޭގައި ޗައިނާގެ ހިލޭ އެހީގެ ދަށުން ހިންގަން ނިންމާފައިވާ ބައެއް ކަންކަން ފާހަގަ ކުރައްވައިފަ އެވެ. އެއީ:
- ސިނަމާލެ ބްރިޖު މަރާމާތު ކުރުމުގެ މަސައްކަތް.
- ހޮސްޕިޓަލްތަކުގެ ލެބޯޓްރީގެ ވަސީލަތްތައް އިތުރު ކުރުމުގެ މަޝްރޫއު.
- ދިވެހި ރުއްތަކަށް ޖެހިފައިވާ މައްސަލަތައް ދެނެގަތުމަށް ފަންނީ އެހީތެރިކަން ފޯރުކޮށްދިނުން.
- ވިލިމާލޭގައި ހަދާ 100 އެނދުގެ ހޮސްޕިޓަލްގެ މަޝްރޫއު.
- މާލޭގެ ހުރިހާ މަގެއް ހެދުމުގެ މަޝްރޫއު
ސަފީރު ވިދާޅުވީ ޗައިނާ އިން ހިލޭ އެހީގެ ދަށުން ގިނަ ކަންކަން ކޮށްދިން ނަމަވެސް، މިއީ ރާއްޖޭގެ އިގުތިސޯދު ފުޅާކޮށް، އެހެން ގޮތްގޮތުން އާމްދަނީ އިތުރު ކޮށްގެން ތަރައްގީގެ މަޝްރޫއުތައް ހިންގަން ޖެހޭ ވަގުތު ކަމަށެވެ. ރާއްޖެ އަކީ އިގުތިސޯދީ ގޮތުން އަމިއްލަ ފައިމައްޗަށް ތެދުވެ އޮތް ގައުމަކަށް ވާންޖެހޭ ކަމަށާއި އެކަން ކުރެވޭނީ އާމްދަނީ އިތުރު ކުރެވޭނެ އެހެން ސިނާއަތްތައް ފުޅާކޮށްގެން ކަމަށް ސަފީރު ވިދާޅުވި އެވެ.
ހުރިހާ ކަމެއް ލޯނުގެ އެހީގައި ކުރުމުގެ ވިސްނުމަކީ ވެސް ގޯސްކަމެއް ކަން ފާހަގަ ކުރައްވާ ސަފީރު ވިދާޅުވީ އަންނަން އޮތް ޖީލުތަކުގެ މައްޗަށް ބޮޑެތި ދަރަނިތައް ދޫކޮށްލައިގެން ނުވާނެ ކަމަށެވެ.
ޗައިނާގެ ސަފީރު މިއަދު މީޑިއާއާ އެކު ބޭއްވި ބައްދަލުކުރެއްވުމުގެ ތެރެއިން
ޗައިނާ އިން ރާއްޖެ އަށް ދޭ ލޯނުތަކާއި ހިލޭ އެހީއަކީ "ދަރަނީގެ ދަންތުރައެއް" ކަމަށް ބުނާ ވާހަކައާ ގުޅޭ ގޮތުން "މިހާރު" އިން ސުވާލު ކުރުމުން ސަފީރު ވިދާޅުވި ގޮތުގައި ޗައިނާ އަކީ އަބަދުވެސް ރާއްޖެއަށް އިހްތިރާމް ކުރާ ގައުމެކެވެ. ޗައިނާ އިން ރާއްޖޭގައި މަޝްރޫއުތައް ހިންގަނީ އެ ގައުމުގެ އަމިއްލަ މަންފާއެއް ނުވަތަ ބޭނުމެއް އޮވެގެން ނޫން ކަމަށް ވިދާޅުވި އެވެ.
ސަފީރު ވިދާޅުވީ ދަރަނީގެ ދަންތުރަކީ ޗައިނާއާ ދެކޮޅަށް ގެންގުޅޭ އެޖެންޑާއެއް ކަމަށާއި އެކަން ދިވެހިން ގަބޫލު ކުރާނެ ކަމަށް ގަބޫލު ނުކުރައްވާ ކަމަށެވެ. ޗައިނާ އޮންނާނީ ރާއްޖޭގެ ތަރައްގީ އަށް އަބަދުވެސް އެހީތެރިކަން ފޯރުކޮށްދޭން ކަމަށާއި އޭގެ ބަދަލުގައި އެދޭ ކަމަކީ ރާއްޖެއަކީ ކުރިއަރާފައިވާ ތަރައްގީ ގައުމަކަށްވުން އެކަނި ކަމަށް ސަފީރު ވިދާޅުވި އެވެ.
"ކޮމާޝަލް މަޝްރޫއުތައް އަދި އެ ނޫން މަޝްރޫއުތައް ވެސް ޗައިނާ އިން ރާއްޖޭގައި ހިންގަނީ ގިނަ މަޝްވަރާތަކެއް ދެ ގައުމުގެ މެދުގައި ކުރުމަށް ފަހު. ޗައިނާ އިން ރާއްޖޭގައި ހިންގާ ހުރިހާ މަޝްރޫއުއަކީ ވެސް ދިވެހި ސަރުކާރުން އެދިގެން ކޮށްދޭ ކަންކަން. ޗައިނާ އިން އަމިއްލައަށް އެދިގެން ނޫނީ އަންގައިގެން ރާއްޖޭގައި ހިންގާ އެއްވެސް ކަމެއް ނޯންނާނެ،" ސަފީރު ވިދާޅުވި އެވެ.
"މަޝްރޫއުތަކުގެ ހުރިހާ ޝަރުތެއް ވެސް ކަނޑައަޅަނީ ދިވެހި ސަރުކާރުން. ދިވެހި ސަރުކާރުން ފައިނޭންޝަލް ސަޕޯޓަށް ޗައިނާގައި އެދޭ ނަމަ އެކަމެއް ކޮށްދޭން މަސައްކަތް ކުރާނެ އެކަމަކު އެއީ އަމިއްލަ މަންފާއެއް ބޭނުމަކު ނޫން."
ސަފީރު ވިދާޅުވީ ޗައިނާގެ އުއްމީދަކީ ރާއްޖެއަކީ އެހެން ގައުމުތަކުގެ މާލީ އެހީތެރިކަން އެދެން ނުޖެހޭ ފަދަ ގައުމަކަށް ވުން ކަމަށެވެ.
ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ސަރުކާރުން ރައްޔިތުންނަށް ބޮޑެތި ވައުދުތަކެއްވެފައިވާ ކަމަށާއި ކުރިއެރުމާއި ތަރައްގީ އަށް ރައްޔިތުން ވެސް ވަރަށް ގިނަ ކަންކަން ބޭނުންވާ ކަން ސަފީރު ފާހަގަ ކުރެއްވި އެވެ. ނަމަވެސް، ހުރިހާ ކަމަކީ ޗައިނާ އަށް ފަންޑުކޮށް ދެވޭނެ ކަންކަން ނޫން ކަމަށާއި އެހެންކަމުން ޗައިނާ އިން މިހާރު އިސްކަން ދެނީ އެންމެ މުހިންމު ކަންކަމަށް ބަލައިގެން، މުއްދަތުތަކަށް ބަހާލައިގެން ކަމަށް ސަފީރު ވިދާޅުވި އެވެ. ރާއްޖެ އަށް މި ވަގުތު މުހިންމީ ދެމެހެއްޓެނެވި ތަރައްގީއެއް ގެނައުން ކަން ވެސް ސަފީރު ފާހަގަކުރެއްވި އެވެ.
"ރާއްޖެއަށް ޗައިނާއިން އަބަދުވެސް އެއްބާރުލުން ދޭނެ"
ބޭރުގެ އެހީ ލިބޭނެކަމުގެ ފެހި ސިގްނަލް ވަނީ ލިބިފައި
ރާއްޖެއަށް އެންމެ ބޭނުންވާ ކަންކަމަށް އެހީވާނަން:ޗައިނާ
"ޗައިނާ-ރާއްޖޭގެ ގުޅުމަށް އޮތީ އުޖާލާ އަހަރުތަކެއް"
ޗައިނާގެ ސަފީރު، އިންތިހާބީ ރައީސް މުއިއްޒުގެ އަރިހަށް
ޗައިނާއަށް އެންމެބޮޑަށް ދަރާފައިވާ އެއް ގައުމަކީ ރާއްޖެ
ޗައިނާއިން ރާއްޖެއަށް އަބަދުވެސް އެހީވާނެ: އާ ސަފީރު
ރާއްޖޭގެ ދަރަނީގެ 45 ޕަސެންޓް ދައްކަނީ ޗައިނާއަށް
އިންޑިއާއަށް އަޒީމާ، ސައުދީ އަށް ސަރީރު އައްޔަންކޮށްފި
ޗައިނާއާއެކު އޮތް ގުޅުން ވާނީ ވަރުގަދަ: ރައީސް