Roadha Mihaaru
އިންޑިއާއިން ފިޔާ އެތެރެ ކުރަނީ ވަކި އެއްބަސްވުމަކުން

އިންޑިއާއިން ރާއްޖެ އަށް ފިޔާ އެތެރެކުރަނީ ވަކި އެއްބަސްވުމަކުން، އެކަން ކުރިއަށްދާނެ: ހައި ކޮމިޝަން

21 ފެބުރުއަރީ 2024

ރާއްޖެ އަށް އިންޑިއާއިން އަބަދުވެސް ފިޔާ އެތެރެ ކުރަނީ ވަކި ދެ ސަރުކާރުގެ ދެމެދުގައި ވެފައި އޮތް ހާއްސަ އެއްބަސްވުމެއްގެ ދަށުން ކަމަށާއި އެ އެއްބަސްވުން މިހާރު ވެސްއަ ދި ކުރިމަގުގައި ވެސް ކުރިއަށް ގެންދާނެ ކަމަށް ރާއްޖޭގައި ހުންނަ އިންޑިއާގެ ހައި ކޮމިޝަނުން މިއަދު ބުނެފި އެވެ.

ރާއްޖެ އަށް އިންޑިއާއިން އަބަދުވެސް ފިޔާ އެތެރެ ކުރަނީ ވަކި ދެ ސަރުކާރުގެ ދެމެދުގައި ވެފައި އޮތް ހާއްސަ އެއްބަސްވުމެއްގެ ދަށުން ކަމަށާއި އެ އެއްބަސްވުން މިހާރު ވެސްއަ ދި ކުރިމަގުގައި ވެސް ކުރިއަށް ގެންދާނެ ކަމަށް ރާއްޖޭގައި ހުންނަ އިންޑިއާގެ ހައި ކޮމިޝަނުން މިއަދު ބުނެފި އެވެ.

ހައި ކޮމިޝަނުގެ އިސް އޮފިޝަލަކު ވިދާޅުވީ، ރާއްޖެ އާއި އިންޑިއާއާ ދެމެދު ހަދާފައިވާ ވިޔަފާރީގެ އެއްބަސްވުމުގެ ދަށުން، ރާއްޖެ އަށް ބޭނުންވާ ޒަރޫރީ ނުވަ ބާވަތެއް ފަސޭހަ ކަމާ އެކު، އެތެރެ ކުރުމަށް ތިން އަހަރުގެ އެއްބަސްވުމެއް އެބައޮތް ކަމަށެވެ. އޭގެ ތެރޭގައި ފިޔާ ވެސް ހިމެނެ އެވެ. ދެން ހިމެނެނީ ހަނޑުލާއި ހަކުރާއި ފުށާއި، އަލުވި، ބިސް، މުގު އަދި ހިލަ އާއި ހިލަވެއްޔެވެ.

އިންޑިއާ އިން އެންމެ ފަހުން އެ އެއްބަސްވުން ހަދާފައިވަނީ ޖުލައި 2021 ގަ އެވެ. އެ އެއްބަސްވުން ހެދީ ތިން އަހަރު ދުވަހާ ހަމައަށެވެ. އެއްބަސްވުމުގެ މުއްދަތު ހަމަވާނީ މި އަހަރުގެ މާޗުގެ ނިޔަލަށެވެ.

"ދެން އަނެއްކާ ވެސް އެ އެގްރިމެންޓް ރިވިއު ކުރާނީ. އެއީ މީގެ ކުރިން ވެސް އެކަން ހިނގަމުން ދިޔަ ގޮތް،" އޮފިޝަލް ވިދާޅުވި އެވެ.

އިންޑިއާ އިން ފިޔާ އެކްސްޕޯޓް ކުރަން ރިލީޒް ކުރި ލިސްޓްގައި ރާއްޖެ ނެތުމުން، އޭގެ ކަންބޮޑުވުން ވަރަށް ބޮޑުވެފައި ވަނިކޮށް އިންޑިއާ ހައި ކޮމިޝަންގެ އޮފިޝަލް ވިދާޅުވީ އެކަމާ މެދު ހާސްވުމުގެ ބޭނުމެއް ނެތް ކަމަށެވެ.

އެކަމަކު ފިޔާގެ ބޮޑު ޝޯޓޭޖެއް އިންޑިއާގައި ކުރިމަތިވުމާ އެކު، އެ ގައުމުން ގައުމުތަކަށް ފިޔާ އެކްސްޕޯޓް ކުރާ ވަރު ވަނީ ވަރަށް ބޮޑަށް މަދުކޮށްފަ އެވެ. އެހެންވެ، އިންޑިއާ ފިޔާގެ އަގު ރާއްޖޭގައި ވަރަށް މައްޗަށް ގޮސް، ބައެއް އެހެން ގައުމުތަކުން ވެސް ފިޔާ އެތެރެކުރަން ވަނީ ފަށައިފަ އެވެ.

އިންޑިއާ އަކީ ދުނިޔޭގައި އެންމެ ގިނައިން ފިޔާ އުފައްދާ ގައުމެވެ.