14 ޖުލައި 2024
އިންޑިއާއިން ރާއްޖެއަށް ކަނޑައަޅާފައި ހުންނަވާ ސަފީރު މުނޫ މަހާވަރު ރައީސް ޑރ. މުހައްމަދު މުއިއްޒުއާ މިއަދު ބައްދަލުކުރައްވައިފި އެވެ.
އިންޑިއާއިން ރާއްޖެއަށް ކަނޑައަޅާފައި ހުންނަވާ ސަފީރު މުނޫ މަހާވަރު ރައީސް ޑރ. މުހައްމަދު މުއިއްޒުއާ މިއަދު ބައްދަލުކުރައްވައިފި އެވެ.
ރައީސް އޮފީހުގައި މިއަދު މެންދުރު އޮތް އެ ބައްދަލުވުމުގައި ރައީސް އާއި އިންޑިއާ ސަފީރު ވަނީ ދެ ގައުމުގެ ގުޅުން އިތުރަށް ބަދަހިކުރެވޭނެ ގޮތްތަކާ ބެހޭގޮތުން މަޝްވަރާކުރައްވައިފަ އެވެ.
އިންޑިއާއިން ރާއްޖޭގައި ހިންގަމުންދާ މަޝްރޫއުތަކާ ގުޅޭގޮތުން ވެސް ދެ ބޭފުޅުން މަޝްވަރާކުރެއްވި ކަމަށް ރައީސް އޮފީހުން ބުންޏެވެ.
އިންޑިއާ ސަފީރު، ރައީސްއާ ބައްދަލު ކުރެއްވުމަށް މިއަދު ރައީސް އޮފީހުގައި ބެއްވި މަޝްވަރާ ބައްދަލުވުން.-- ފޮޓޯ: ރައީސް އޮފީސް
އެ ބައްދަލުކުރެއްވުމުގައި އިންޑިއާގެ ސަފީރު ދެއްކެވި ވާހަކައިގައި، އެ ގައުމުގެ ބޮޑުވަޒީރު ނަރެންދުރަ މޯދީ ބޮޑުވަޒީރުކަމުގެ އާ ދައުރަކަށް ހުވައިކުރެއްވުމުގެ ރަސްމިއްޔާތުގައި ބައިވެރިވެވަޑައިގަތުމުގެ ދައުވަތު ގަބޫލުފުޅުކުރައްވައި އިންޑިއާއަށް ވަޑައިގެންނެވީތީ ރައީސަށް ވަނީ ޝުކުރު އަދާކުރައްވައިފަ އެވެ.
އަދި ދެ ގައުމުން އެއްބާރުލައިގެން ފައިދާހުރި އަދި ކާމިޔާބު ގިނަ މަސައްކަތްތަކެއް ކުރެވެމުންދާކަން ފާހަގަކުރައްވައި ސަފީރު ވަނީ ރާއްޖެއަށާއި ރާއްޖޭގެ ރައްޔިތުންނަށް އެހީތެރިކަން ބޭނުންވާ ދާއިރާތަކުން އެހީތެރިވުމުގައި އިންޑިއާ ދެމިއޮންނާނެ ކަމަށް ވެސް ވިދާޅުވެފަ އެވެ.
އިންޑިއާ ސަފީރާއި ރައީސް މިއަދު ބައްދަލު ކުރައްވަނީ-- ފޮޓޯ: ރައީސް އޮފީސް
ރައީސް ވަނީ އިންޑިއާގެ ބޮޑުވަޒީރު ހުވައި ކުރެއްވުމުގެ ރަސްމިއްޔާތަށް ލިބިވަޑައިގަތް ދައުވަތަށް އެ ގައުމަށް ކުރެއްވި ޒިޔާރަތުގައި އިންޑިއާއިން އަދާކުރެއްވި މެހެމާންދާރީ އާއި ބެހެއްޓެވި ގާތްކަމަށް ޝުކުރު އަދާކުރައްވާފައި އެވެ.
އިންޑިއާއަށް އަޒީމާ، ސައުދީ އަށް ސަރީރު އައްޔަންކޮށްފި
ރާއްޖެއަކީ އިންޑިއާގެ އަސާސީ ބައިވެރިއެއް: އިންޑިއާގެ ރައީސް
އިންޑިއާ ކޮންސިއުލޭޓެއް އައްޑޫގައި ހަދަން މަޝްވަރާކޮށްފި
އިންޑިއާގެ ސަލާމަތަށް ނުރައްކާވާ ކަމެއް ނުކުރާނެ:ރައީސް
ރައީސާއި ޖައިޝަންކަރު ބައްދަލުކުރައްވައިފި
ރައީސް މުއިއްޒު އާދިއްތަ ދުވަހު އިންޑިއާ އަށް
"އިންޑިއާއާ މައްސަލައެއް ނެތް، ސިފައިން ތިބެން ނޭދޭ"
ބާކީ 50 މިލިއަން ޑޮލަރު ދެއްކުން ވެސް ފަސްކޮށްދީފި
ރައީސް އިންޑިއާއަށް ވަޑައިގަންނަވަނީ
އެއްވެސް އިރަކު އިންޑިއާ ބާކީއެއް ނުކުރަން: ރައީސް