Roadha Mihaaru

އިންޑިއާގެ ބޮޑުވަޒީރު މޯދީ ރާއްޖެ ވަޑައިގެންފި

އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީ ފުރަމާނަ ދަތުރުފުޅެއްގައި މިއަދު ހެނދުނު ރާއްޖެ ވަޑައިގެންފި އެވެ.

އިންޑިއާގެ ބޮޑުވަޒީރު މޯދީ ރާއްޖެ ވަޑައިގެންފި

އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީ ފުރަމާނަ ދަތުރުފުޅެއްގައި މިއަދު ހެނދުނު ރާއްޖެ ވަޑައިގެންފި އެވެ.

ބޮޑުވަޒީރު މޯދީ ރާއްޖެ މި ވަޑައިގަތީ އިނގިރޭސި ވިލާތަށް ކުރެއްވި ރަސްމީ ދަތުރުފުޅު ނިންމަވައިލެއްވުމަށް ފަހު ސީދާ އެ ގައުމުންނެވެ. ގާތްގަނޑަކަށް 10 ގަޑިއިރުގެ ދަތުރުފުޅަކަށް ފަހު މޯދީ ރާއްޖެ ވަޑައިގަތުމުން ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުން ރަތްދޫލައިގެ މަރުހަބާ ދެންނެވީ ރައީސް ޑރ. މުހައްމަދު މުއިއްޒެވެ.

މޯދީ ވަނީ މަތިންދާބޯޓުން ފައިބައިވަޑައިގެން ރައީސް މުއިއްޒާ އެކު ބައްދާލައްވައި ދެ ގައުމުގެ ގާތްކަން ހާމަކޮށްދެއްވައިފަ އެވެ.

ރައީސް މުއިއްޒު މިއަދު ހެނދުނު ރާއްޖެ ވަޑައިގެން ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގައި ފޮރިން މިނިސްޓަރު ހަލީލްއާ ސަލާން ކުރައްވަނީ.---ފޮޓޯ: ރައީސް އޮފީސް

ރައީސް މުއިއްޒު މިއަދު ހެނދުނު ރާއްޖެ ވަޑައިގެން ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގައި ފޮރިން މިނިސްޓަރު ހަލީލްއާ ސަލާން ކުރައްވަނީ.---ފޮޓޯ: ރައީސް އޮފީސް

މިއީ ނޮވެމްބަރު 17، 2023 ގައި ރައީސް މުއިއްޒު ވެރިކަމާ ހަވާލުވެވަޑައިގެންނެވި ފަހުން ބޭރު ގައުމެއްގެ އިސްވެރިއަކު ރާއްޖެ އަށް ކުރައްވާ ފުރަތަމަ ދަތުރުފުޅެވެ.

މޯދީ ވަޑައިގަންނަވާތީ ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގައި ރައީސް މުއިއްޒާއި މޯދީގެ ފޮޓޯފުޅާއި އިންޑިއާގެ ދިދަ ޖަހައި ވަނީ ޒީނަތްތެރިކޮށްފަ އެވެ. އަދި މާލޭގެ ޖުމްހޫރީ މައިދާން ސަރަހައްދުގައި ވެސް ވަނީ މޯދީގެ ފޮޓޯފުޅާއި އެ ގައުމުގެ ދިދަ އާއި ގިޑިގެ ހަރުކޮށްފަ އެވެ.

އިންޑިއާގެ ބޮޑުވަޒީރު މޯދީ އަށް ރައީސް މުއިއްޒު ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުން މިއަދު ހެނދުނު މަރުހަބާ ދަންނަވަނީ.---ފޮޓޯ: ރައީސް އޮފީސް

އިންޑިއާގެ ބޮޑުވަޒީރު މޯދީ އަށް ރައީސް މުއިއްޒު ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުން މިއަދު ހެނދުނު މަރުހަބާ ދަންނަވަނީ.---ފޮޓޯ: ރައީސް އޮފީސް

މާދަމާގެ ނިޔަލަށް މޯދީ ރާއްޖެ އަށް ކުރައްވާ ދަތުރުފުޅުގައި މާލެ އިން ރަސްމީކޮށް އެ މަނިކުފާނަށް މަރުހަބާ ދެންނެވުން އޮންނާނީ މިއަދުގެ މެންދުރު އެވެ. އޭގެ ފަހުން ރައީސް އޮފީހަށް ވަޑައިގެން ދެ ގައުމުގެ ދެމެދުގައި ބައެއް އެއްބަސްވުންތަކުގައި ސޮއިކުރައްވައި ރަސްމީ ވާހަކަތައް ބާއްވަވާނެ އެވެ.

މޯދީގެ ދަތުރުފުޅުގައި ކުރައްވަން ނިންމަވާފައިވާ ކަންތައްތަކުގެ ތެރޭގައި އިންޑިއާގެ ސަރުކާރުގެ ހިލޭ އެހީގައި ރާއްޖޭގައި އިމާރާތް ކޮށްފައިވާ ޑިފެންސް މިނިސްޓްރީގެ އާ އިމާރާތް ހުޅުއްވައި ދެއްވުން ހިމެނެ އެވެ. އަދި ރާއްޖޭގެ މިނިވަންކަމަށް 60 އަހަރު ފުރުމާ ދިމާކޮށް މާދަމާ ހަވީރު ޖުމްހޫރީ މައިދާނުގައި ބާއްވާ ކުޅިވަރުގެ ހަރަކާތްތަކުގައި ޝަރަފުވެރިމެހުމާނެއްގެ ހައިސިއްޔަތުން މޯދީ ބައިވެރިވެވަޑައިގަންނަވާނެ އެވެ.

އިންޑިއާގެ ބޮޑުވަޒީރު މޯދީ މިއަދު ރާއްޖެ ވަޑައިގެން ރައީސް މުއިއްޒާ ބައްދާލައްވަނީ.

އިންޑިއާގެ ބޮޑުވަޒީރު މޯދީ މިއަދު ރާއްޖެ ވަޑައިގެން ރައީސް މުއިއްޒާ ބައްދާލައްވަނީ.

ރައީސް މުއިއްޒު ވެރިކަމަށް ވަޑައިގަތުމާ އެކު، ދެ ގައުމުގެ ގުޅުން ވަރަށް ބޮޑަށް ގޯސްވި ނަމަވެސް ވަކި ހިސާބަކުން އެ ގުޅުން ވަނީ ވަރަށް ބޮޑަށް ރަނގަޅުކޮށްފަ އެވެ. ދެ ގައުމުގެ އެކި ފެންވަރުގެ ބޭފުޅުންގެ މެދުގައި ކޮންމެވެސް ބަރަކަށް ބަހުގެ ހަމަލާތައް ވެސް ގުޅުން ގޯސްވި ދުވަސްވަރު ބަދަލުކޮށްފައި ވެ އެވެ.

އިންޑިއާގެ ބޮޑުވަޒީރު މޯދީ މިއަދު ހެނދުނު ރާއްޖެ ވަޑައިގެން ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގެ ވީވީއައިޕީ ލައުންޖުގައި މަޑުކޮށްލައްވައިގެން.---ފޮޓޯ: ރައީސް އޮފީސް

އިންޑިއާގެ ބޮޑުވަޒީރު މޯދީ މިއަދު ހެނދުނު ރާއްޖެ ވަޑައިގެން ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގެ ވީވީއައިޕީ ލައުންޖުގައި މަޑުކޮށްލައްވައިގެން.---ފޮޓޯ: ރައީސް އޮފީސް

ހާއްސަކޮށް އިންޑިއާ އިން ރާއްޖެ އަށް ހަދިޔާކޮށްފައިވާ ޑޯނިއާ މަތިންދާބޯޓާއި ހެލިކޮޕްޓަރުގެ އޮޕަރޭޝަނަށް ތިބި އިންޑިއާ ސިފައިން އަނބުރާ ފޮނުވައިލަން ރައީސް މުއިއްޒު ނިންމެވުމުން އެ ގުޅުން ގޯސްވި އެވެ. ރައީސް މުއިއްޒު ވެރިކަމަށް ވަޑައިގަތީ އެ ވައުދާ އެކު ކަމަށް ވާއިރު، އެ މަނިކުފާނުގެ އެ ނިންމުން ފަހުން އިންޑިއާ ސަރުކާރުން ބަލައިގަނެ ވަނީ ހެލިކޮޕްޓަރުގ އޮޕަރޭޝަނަށް މަދަނީ މީހުން ގެނެސްފައި ކަމަށް ދެ ސަރުކާރުން ބުނެފައި ވެ އެވެ.

އިންޑިއާގެ ބޮޑުވަޒީރު މޯދީ މިއަދު ހެނދުނު ރާއްޖެ ވަޑައިގަތުމުން ވެލާނާ އިންޓަނޭޝަަނަލް އެއާޕޯޓުން އެ މަނިކުފާނަށް ކުޑަކުއްޖަކު މާބޮނޑިއެއް އެރުވުމުން އެ ކުއްޖާއާ ސަލާން ކުރައްވަނީ.---ފޮޓޯ: ރައީސް އޮފީސް

ރައީސް މުއިއްޒު ވަނީ ބޮޑުވަޒީރު މޯދީ ތިންވަނަ ދައުރަކަށް މަގާމުގެ ހުވާކުރެއްވި ރަސްމިއްޔާތަށް މިދިޔަ އަހަރުގެ ޖޫން މަހު އަދި މިދިޔަ އަހަރުގެ އޮކްޓޫބަރު މަހު ފުރަމާނަދަތުރުފުޅެއްގައި އިންޑިއާ އަށް ވަޑައިގެންފަ އެވެ.