01 އޯގަސްޓް 2024
ރާއްޖެ އާއި އިންޑިއާއާ ދެމެދު ހަދާފައި އޮންނަ އެއްބަސްވުމެއްގެ ދަށުން، ކާޑުގެ ބާވަތްތަކާއި އަސާސީ މުދާ ރާއްޖެއަށް ގެނައުމަށް ބޭނުން ކުރެވޭ ބަނދަރުތަކުގެ ލިސްޓަށް އިތުރު ދެ ޕޯޓެއް އިންޑިއާ ސަރުކާރުން އިތުރުކޮށްފި އެވެ.
ރާއްޖެ އާއި އިންޑިއާއާ ދެމެދު ހަދާފައި އޮންނަ އެއްބަސްވުމެއްގެ ދަށުން، ކާޑުގެ ބާވަތްތަކާއި އަސާސީ މުދާ ރާއްޖެއަށް ގެނައުމަށް ބޭނުން ކުރެވޭ ބަނދަރުތަކުގެ ލިސްޓަށް އިތުރު ދެ ޕޯޓެއް އިންޑިއާ ސަރުކާރުން އިތުރުކޮށްފި އެވެ.
މިދިޔަ އޭޕްރީލް މަހު އިންޑިއާގެ ޑިރެކްޓާ ޖެނެރަލް އޮފް ފޮރިން ޓްރޭޑުން ނެރުނު ލިސްޓުގައި، ރާއްޖެއަށް އަސާސީ މުދާ ބޭރުކުރަން ހަތަރު ޕޯޓެއް ވަނީ ކަނޑައަޅައިފަ އެވެ. އެއީ ޓުޓިކޯރިން ޕޯޓާއި މުންދްރާ ޕޯޓާއި ނަވަ ޝޭވާ ޕޯޓުގެ އިތުރުން ތަގްލުކަބާދު ޕޯޓެވެ.
އެކަމަކު މިއަދު ނެރުނު އިއުލާނެއްގައިވަނީ އެ ލިސްޓަށް ކަންޑްލާ އާއި ވިޝާކަޕަޓްނަމް ޕޯޓު އިތުރުކޮށްފަ އެވެ.
އިންޑިއާ ސަރުކާރުން ވަކި ޕޯޓުތަކެއް މިކަމަށް ކަނޑައަޅައި، މި ހުއްދަ ދޫކުރަނީ އަސާސީ މުދާ އެކްސްޕޯޓް ކުރުން މަނާކޮށްފައި އޮންނާތީ އެވެ. ނަމަވެސް ރާއްޖެ ފަދަ ބައެއް އަވަށްޓެރި ގައުމުތަކަށް އަސާސީ މުދާ ބޭރުކުރަން ހުއްދަ ދެނީ އިންޑިއާގެ ނެއިބަހުޑް ފަސްޓް ޕޮލިސީގެ ދަށުންނެވެ.
އަސާސީ މުދާ ރާއްޖެއަށް ގެނައުމަށް ދީފައިވާ މުއްދަތު ރާއްޖެއިން އެދިގެން އިތުރުކޮށްދިނީ މިދިޔަ އޭޕްރީލް މަހު އެވެ.
އަލަށް ދިން މުއްދަތުގައި ރާއްޖެ އެތެރެ ކުރުމަށް ހުއްދަ ދިން އަދަދު ވެސް ވަނީ ކުރީގެ އެއްބަސްވުމުގެ އަދަދަށް ވުރެ ފަސް ޕަސެންޓް އިތުރުކޮށްފަ އެވެ.
އިންޑިއާއިން ހުއްދަދީފައިވާ ބާވަތްތަކުގެ ތަފްސީލު:
ބިސް: 428 މިލިއަން
އަލުވި: 21،000 މެޓްރިކް ޓަނު
ފިޔާ: 36،000 މެޓްރިކް ޓަނު
ހަނޑޫ: 124،000 މެޓްރިކް ޓަނު
ފުށް: 109،000 މެޓްރިކް ޓަނު
ހަކުރު: 64،000 މެޓްރިކް ޓަނު
މުގު: 224 މެޓްރިކް ޓަނު
ހިލަ: އެއް މިލިއަން މެޓްރިކް ޓަނު
ހިލަވެލި: އެއް މިލިއަން މެޓްރިކް ޓަނު
ކުރީގެ ސަރުކާރުން 2021 ވަނަ އަހަރު މި ބާވަތްތަކަށް އެތެރެ ކުރުމުގެ ހުއްދައަށް އެދި ހުށަހެޅުމުން އިންޑިއާއިން އޭރު ހުއްދަ ދީފައި އޮތީ ތިން އަހަރުގެ މުއްދަތަށެވެ. އެ ހުއްދަ ވަނީ މިއަހަރުގެ މާޗް މަހު ހަމަވިއިރު، މިފަހަރު ހުއްދަ އިތުރުކޮށް ދިނީ އެއް އަހަރަށެވެ.
އިންޑިއާއިން ބައެއް ބާވަތްތައް އެކްސްޕޯޓްކުރުން މަނާކުރާ ހާލަތުގައި ވެސް، މި އެއްބަސްވުމުގެ ދަށުން ރާއްޖެއަށް އެއްވެސް ދަތިކަމެއް ނެތި ހާއްސަ އަގުތަކުގައި މި ބާވަތްތައް އަބަދުވެސް ލިބެ އެވެ.
އިންޑިއާއާ އެކު ކަސްޓަމްސް އިން އެމްއޯޔޫގައި ސޮއިކޮށްފިި
އިންޑިއާއިން ކޯޓާ އިތުރުކުރުން ދޭހަކޮށްދެނީ ގާތް ގުޅުން
ޑިކްލެއާ ނުކޮށް ގެނައި 1.1 މިލިއަންގެ ރަން ނެގޭނެ
އިންޑިއާގެ މުދާ އިތުރު ކުރަން ރާއްޖޭގައި ފެއާއެއް
މަދުވީ އެސްޓީއޯގެ ހަކުރު ކޯޓާއިން ބައެެއް
އިންޑިއާއަށް އަޒީމާ، ސައުދީ އަށް ސަރީރު އައްޔަންކޮށްފި
ސަފީރުކަމަށް އަޒީމާ އައްޔަނުކުރަން މަޖިލީހުން ފާސްކޮށްފި
އިންޑިއާގެ އާ ސަފީރަކަށް އަޒީމާ އައްޔަން ކުރަނީ
ވިސްނުން ހުރީ އިތުރު ގައުމުތަކުގެ ފައިސާ ބޭނުންކުރަން
އިންޑިއާ ދަތުރު ވަރަށް ކާމިޔާބު: ރައީސް