22 ޖުލައި 2021
މުދާ އިމްޕޯޓް/އެކްސްޕޯޓް ކުރުމުގައި އިތުރު ލުއި ފަސޭހަތަކެއް ދިނުމާ ގުޅޭ އެމްއޯޔޫއެއްގައި ރާއްޖެ އާއި އިންޑިއާ އިން މިއަދު ސޮއިކޮށްފި އެވެ.
މުދާ އިމްޕޯޓް/އެކްސްޕޯޓް ކުރުމުގައި އިތުރު ލުއި ފަސޭހަތަކެއް ދިނުމާ ގުޅޭ އެމްއޯޔޫއެއްގައި ރާއްޖެ އާއި އިންޑިއާ އިން މިއަދު ސޮއިކޮށްފި އެވެ.
"އެކްސްޗޭންޖް އޮފް ޕްރީ އެރައިވަލް އިިންފޮމޭޝަން ފޯ ފެސިލިޓޭޝަން އޮފް ޓްރޭޑް އެންޑް ކަސްޓަމްސް ކޮންޓްރޯލް އޮން ގުޑްސް" ގެ އެމްއޯޔޫގައި ރާއްޖޭގެ ފަރާތުން ސޮއިކުރެއްވީ ކޮމިޝަނާ ޖެނެރަލް އޮފް ކަސްޓަމްސް އަބްދުﷲ ޝަރީފެވެ. އިންޑިއާގެ ފަރާތުން އެ އެމްއޯޔޫގައި ސޮއިކުރެއްވީ އިއްޔެ ރާއްޖެ ވަޑައިގެން އުޅުއްވާ، ސެންޓްރަލް ބޯޑް އޮފް އިންޑައިރެކްޓް ޓެކްސަސް އެންޑް ކަސްޓަމްސްގެ ޗެއާމަން އަޖިތު ކުމާރެވެ.
ކަސްޓަމްސުން ބުނީ އެ އެމްއޯޔޫގެ ދަށުން މުދާ އެކްސްޕޯޓް ކުރާއިރު، ބަނދަރާ ހަމައަށް މުދާ ގެންދިއުމުގެ ކުރިން ލިޔުންތައް ބަދަލު ކުރެވޭނެ ނިޒާމެއް ގާއިމުކުރާނެ ކަމަށެވެ. އޭގެ ސަބަބުން ކަސްޓަމްސްގެ އިޖުރައާތުތައް ފުރިހަމަ ކުރަން ހޭދަވާ ވަގުތު ކުޑަވެ، ދެ ގައުމުގެ ކަސްޓަމްސްގެ މަރުހަލާތައް ހަލުވިވާނެ ކަމަށް ކަސްޓަމްސުން ބުންޏެވެ. އަދި ވިޔަފާރި އާއި ސަޕްލައި ޗެއިންގެ ސެކިއުރިޓީ އިތުރަށް ވަރުގަދަ ވާނެ ކަމަށް ވެސް ކަސްޓަމްސުން ބުންޏެވެ.
މި އެއްބަސްވުމުގެ ދަށުން ހިއްސާކުރާ މަޢުލޫމާތުގެ ޒަރިއްޔާ އިން، ކަސްޓަމްސްގެ އާންމު ގަވާއިދުގައި ބަޔާންކޮށްފައިވާ "މުއާމަލާތުގެ އަގު ނުވަތަ ޓްރާންސެކްޝަނަލް ވެލިއު" ކަނޑައެޅުމަށް ބޭނުންވާ ފުރިހަމަ މައުލޫމާތު ވަގުތުން ވަގުތަށް ލިބޭނެ އެވެ. އަދި މުދަލުގެ ބާވަތާއި ސައްހަ އަގު އެނގި، ކަސްޓަމްސް އަށް ދައްކަންޖެހޭ ޑިއުޓީ ކަށަވަރު ކުރުމުގައި ފަސޭހަވެ، އެކްސްޕޯޓް މަރުހަލާގައި ހަދާ "ކޮމާޝަލް ފުރޯޑް" ދެނެވޭނެ ކަމަށް ކަސްޓަމްސްއިން ބުނެ އެވެ.
އެ އިދާރާ އިން ބުނިގޮތުގައި ރާއްޖެ އާއި އިންޑިއާއާ ދެމެދު މުދާ އެކްސްޕޯޓްކުރާ މިންވަރު އިތުރުވަމުންދާއިރު، މިއަދު ސޮއިކުރި އެމްއޯޔޫގެ ދަށުން ދެ ގައުމުގެ ދެމެދުގައި އިތުރަށް ގުޅުން ބަދަހިވެ، ވިޔަފާރިިތަކަށް ފަސޭހަވާނެ އެވެ.
މި ސަރުކާރު އައި ފަހުން އިންޑިއާ އާއި ރާއްޖެއާ ދެމެދު ގިނަ ދާއިރާތަކަކުން ވަނީ އެއްބަސްވުންތަކުގައި ސޮއިކޮށްފަ އެވެ.
ރާއްޖެއަށް އަސާސީ މުދާ ގެންނަން އިތުރު ދެ ޕޯޓެއް
ޑިކްލެއާ ނުކޮށް ގެނައި 1.1 މިލިއަންގެ ރަން ނެގޭނެ
އިންޑިއާއިން ކޯޓާ އިތުރުކުރުން ދޭހަކޮށްދެނީ ގާތް ގުޅުން
އިންޑިއާގެ މުދާ އިތުރު ކުރަން ރާއްޖޭގައި ފެއާއެއް
މަދުވީ އެސްޓީއޯގެ ހަކުރު ކޯޓާއިން ބައެެއް
އިންޑިއާއަށް އަޒީމާ، ސައުދީ އަށް ސަރީރު އައްޔަންކޮށްފި
ސަފީރުކަމަށް އަޒީމާ އައްޔަނުކުރަން މަޖިލީހުން ފާސްކޮށްފި
އިންޑިއާގެ އާ ސަފީރަކަށް އަޒީމާ އައްޔަން ކުރަނީ
ވިސްނުން ހުރީ އިތުރު ގައުމުތަކުގެ ފައިސާ ބޭނުންކުރަން
އިންޑިއާ ދަތުރު ވަރަށް ކާމިޔާބު: ރައީސް