26 ފެބުރުއަރީ 2017
ދެކުނު އިންޑިއާ އިން ރާއްޖެ އަށް އެތެރެކުރާ މުދަލުގެ މިންވަރު އިތުރު ކުރުމަށް ރާއްޖޭގައި ފެއާއެއް ބާއްވަން ނިންމައިފި އެވެ.
ދެކުނު އިންޑިއާ އިން ރާއްޖެ އަށް އެތެރެކުރާ މުދަލުގެ މިންވަރު އިތުރު ކުރުމަށް ރާއްޖޭގައި ފެއާއެއް ބާއްވަން ނިންމައިފި އެވެ.
މި ފެއާ އިންތިޒާމު ކުރާ ފެޑެރޭޝަން އޮފް އިންޑިއަން އެކްސްޕޯޓް އޮގަނައިޒޭޝަންސް (އެފްއައިއީއޯ) އިން މިދިޔަ ހަފުތާގައި ނެރުނު ބަޔާނެއްގައި ބުނި ގޮތުގައި، އަންނަ އޭޕްރީލް މަހުގެ 17 އިން 19 އަށް ބާއްވާ ފެއާގައި ކެރެލާ ސްޓޭޓުގެ ވިޔަފާރިވެރިން ބައިވެރިވާނެ އެވެ. އެ ފަރާތްތަކުން ވިއްކާ ތަކެތި ދިވެހި ވިޔަފާރިވެރިންގެ އިތުރުން، އާއްމުންނަށް ވެސް އިޝްތިހާރު ކުރާނެ ކަމަށް އެ ޖަމިއްޔާ އިން ބުންޏެވެ.
"އެކި ދާއިރާތަކުގައި އިންވެސްޓު ކުރަން ރާއްޖެ އަކީ އެންމެ ކަމުދާ އެއް ގައުމަށް އަންނަނީ ވަމުންނެވެ. އެހެންވެ، ކެރެލާ އިން ރާއްޖެ އަށް އެކްސްޕޯޓު ކުރާ މުދަލުގެ މިންވަރު އިތުރު ކުރުމުގެ ފުރުސަތު ވަރަށް ބޮޑެވެ،" ބަޔާނުގައިވެ އެވެ.
އިންޑިއާގެ އުފެއްދުންތައް ދުނިޔޭގެ ބާޒާރުގައި ވިއްކާ ކުންފުނިތަކުގެ ޖަމިއްޔާ ކަމަށް ވާ އެފްއައިއީއޯ އާއި އިންޑިއާގެ މައި ސަރުކާރުގެ ކޮމާސް މިނިސްޓްރީ އާއި ރާއްޖޭގައި ހުންނަ އެ ގައުމުގެ އެމްބަސީއާ ގުޅިގެން ބާއްވާ މި ފެއާގައި ބައިވެރިވާން މިހާރު ވަނީ ފުރުސަތު ހުޅުވާލައިފަ އެވެ. އެފްއައިއީއޯ އިން ބުނީ މި ފެއާގައި ވިޔަފާރިވެރިންނަށް ވަރަށް ހެޔޮ އަގެއްގައި ބައިވެރިވެވޭނެ ކަމަށެވެ.
އިންޑިއާ އިން އާއްމުކޮށް ރާއްޖެ އެތެރެ ކުރަނީ ކާބޯތަކެތީގެ ބާވަތްތަކުގެ އިތުރަށް، ފޭރާން އަދި އަންނައުނާއި ބޭސް އަދި ސިއްހީ ހިދުމަތްތަކަށް ބޭނުންވާ އާލާތްތަކާއި އިމާރާތްކުރުމުގެ ދާއިރާގައި ބޭނުންވާ ހިލަ އާއި ހިލަވެލި ފަދަ ތަކެއްޗެވެ.
އިންޑިއާ އިން މިދިޔަ އަހަރު ރާއްޖެ އަށް 178 މިލިއަން ޑޮލަރު (2.7 ބިލިއަން ރުފިޔާ)ގެ މުދާ ވަނީ އެތެރެކޮށްފަ އެވެ. އެއީ އޭގެ ކުރީ އަހަރު އެތެރެ ކުރި 152 މިލިއަން ޑޮލަރު (2.3 ބިލިއަން ރުފިޔާ)ގެ މުދަލަށް ވުރެ 17 ޕަސެންޓް އިތުރު އަދަދެކެވެ.
ރާއްޖެއަށް އަސާސީ މުދާ ގެންނަން އިތުރު ދެ ޕޯޓެއް
ޑިކްލެއާ ނުކޮށް ގެނައި 1.1 މިލިއަންގެ ރަން ނެގޭނެ
އިންޑިއާއާ އެކު ކަސްޓަމްސް އިން އެމްއޯޔޫގައި ސޮއިކޮށްފިި
މަދުވީ އެސްޓީއޯގެ ހަކުރު ކޯޓާއިން ބައެެއް
އިންޑިއާއިން ކޯޓާ އިތުރުކުރުން ދޭހަކޮށްދެނީ ގާތް ގުޅުން
އިންޑިއާއިން ފިޔާ އެތެރެ ކުރަނީ ވަކި އެއްބަސްވުމަކުން
އިންޑިއާގެ ފިޔާ އެކްސްޕޯޓު ލިސްޓުގައި ރާއްޖެ ނުހިމެނޭ
ރާއްޖެއެތެރެކުރި މޭބިސްކަދުރުތަކެއް ނުވިއްކަން އަންގައިފި
އެކި ގައުމުތަކުގެ ކުންފުނިތައް ގެނެސް ފޯރަމް ބާއްވަނީ
އިންޑިއާގެ ސަފީރު، ރައީސަށް ވަދާއީ ޒިޔާރަތްކުރައްވައިފި