17 ޖުލައި 2022
ރާއްޖެ އަށް އިންޑިއާ އިން އެތެރެކުރި މޭބިސްކަދުރުތަކެއްގައި ހުންނަން ޖެހޭ ވަރަށް ވުރެ އިތުރަށް ޕެސްޓިސައިޑް ހުރުމުން، އެ ނުވިއްކަން މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީ (އެމްއެފްޑީއޭ) އިން މިއަދު އަންގައިފި އެވެ.
ރާއްޖެ އަށް އިންޑިއާ އިން އެތެރެކުރި މޭބިސްކަދުރުތަކެއްގައި ހުންނަން ޖެހޭ ވަރަށް ވުރެ އިތުރަށް ޕެސްޓިސައިޑް ހުރުމުން، އެ ނުވިއްކަން މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީ (އެމްއެފްޑީއޭ) އިން މިއަދު އަންގައިފި އެވެ.
އެ އިދާރާ އިން ނެރުނު ބަޔާނެއްގައި ބުނީ، ގިނަ އަދަދަކަށް ޕެސްޓިސައިޑް ހުރި އިންޑިއާގެ "ޔޫރޯ ފްރުޓްސް" ބްރޭންޑްގެ "ތޮމްސަންސް ސީޑްލެސް ގްރޭޕްސް" ރާއްޖެ އެތެރެވި ކަމުގެ މައުލޫމާތު ޔޫރަޕްގެ ރެޕިޑް އެލާޓް ސިސްޓަމް ފޯ ފުޑް އެންޑް ފީޑް (އާރްއޭއެސްއެފްއެފް) އިން އަންގާފައިވާ ކަމަށެވެ.
އިންޑިއާގެ "ޔޫރޯ ފްރުޓްސް ޕްރައިވެޓް ލިމިޓެޑް" އިން އެކްސްޕޯޓް ކޮށްފައިވާ އެ ބްރޭންޑްގެ މޭބިސްކަދުރު ހޯލްސޭލް ކޮށްފައި ވަނީ ނެދަލެންޑްސްގެ "ގްލޯބަލް ގްރީން ޓީމް" ކުންފުނިންނެވެ.
އާރްއޭއެސްއެފްއެފް ގެ އެ އިންޒާރާ ގުޅިގެން، ރާއްޖޭގެ އެމްއެފްޑީއޭ އިން އަންނަނީ އެ ބާވަތުގެ މޭބިސްކަދުރުގެ ސަބަބުން ކާބޯތަކެތީގެ ރައްކާތެރިކަމަށް އޮތް ގޮންޖެހުންތަކުގެ މިންވަރު ދެނެގަތުމަށް މަސައްކަތް ކުރަމުން ކަމަށް އެ އޮތޯރިޓީން ބުންޏެވެ.
ރާއްޖެ އެތެރެކުރި "ތޮމްސަންސް ސީޑްލެސް ގްރޭޕްސް" ގެ ލޮޓް ނަންބަރާއި އެހެނިހެން ތަފްސީލް ---ފޮޓޯ: އެމްއެފްޑީއޭ
އެ މައްސަލައިގައި އެމްއެފްޑީއޭ އިން ކުރަންޖެހޭ ކަންކަން ނިމެންދެން، ރައްކާތެރިކަމުގެ ފިޔަވަޅެއްގެ ގޮތުގައި ޔޫރޯ ފްރުޓްސްގެ "ތޮމްސަންސް ސީޑްލެސް ގްރޭޕްސް" ގެ ލޮޓް ނަންބަރު: 0001 05, L-21.099 ބޭނުން ނުކުރުމަށާއި ނުވިއްކުމަށް އެމްއެފްޑީއޭ އެދެ އެވެ.
ރާއްޖެއަށް އަސާސީ މުދާ ގެންނަން އިތުރު ދެ ޕޯޓެއް
ކެމިކަލްއާ ހެދި ރާއްޖެއިން ހަވާދު ޓެސްޓުކުރަނީ
އިންޑިއާ ހަވާދުގެ ދެ ބްރޭންޑެއް ރާއްޖޭގައި މަނާކޮށްފި
އިންޑިއާއިން ކޯޓާ އިތުރުކުރުން ދޭހަކޮށްދެނީ ގާތް ގުޅުން
ޑިކްލެއާ ނުކޮށް ގެނައި 1.1 މިލިއަންގެ ރަން ނެގޭނެ
އިންޑިއާއާ އެކު ކަސްޓަމްސް އިން އެމްއޯޔޫގައި ސޮއިކޮށްފިި
އިންޑިއާގެ މުދާ އިތުރު ކުރަން ރާއްޖޭގައި ފެއާއެއް
އިންޑިއާގެ ސަފީރު، ރައީސަށް ވަދާއީ ޒިޔާރަތްކުރައްވައިފި
ޑޮލަރު ފޮނުވުމުގައި ހައްލަކަށް އިންޑިއާއިން އެދިއްޖެ
މަދުވީ އެސްޓީއޯގެ ހަކުރު ކޯޓާއިން ބައެެއް