އިންޑިއާގެ ޓޫރިސްޓުންގެ މާކެޓު އަނބުރާ ހޯދަން ރާއްޖޭން ކުރާ މަސައްކަތްތަކުން ކުރިއެރުންތަކެއް ލިބެމުން އަންނަ ކަމަށް ޓޫރިޒަމްގެ ތަފާސްހިސާބުތަކުން ދައްކައިފި އެވެ.
އިންޑިއާގެ ޓޫރިސްޓުންގެ މާކެޓު އަނބުރާ ހޯދަން ރާއްޖޭން ކުރާ މަސައްކަތްތަކުން ކުރިއެރުންތަކެއް ލިބެމުން އަންނަ ކަމަށް ޓޫރިޒަމްގެ ތަފާސްހިސާބުތަކުން ދައްކައިފި އެވެ.
މަރުކަޒީ ބޭންކު އެމްއެމްއޭ އިން ކޮންމެ މަހަކު ނެރޭ ރާއްޖޭގެ އިގްތިސާދީ އަދި މާލީ ހިސާބުތަކުގެ ރިޕޯޓުން ދައްކާ ގޮތުން، މިދިޔަ އަހަރުގެ ފުރަތަމަ ހަތް މަހާ އަޅާބަލާއިރު، މި އަހަރުގެ އެ މުއްދަތުގައި އިންޑިއާއިން އައި ޓޫރިސްޓުންގެ އަދަދަށް ވަނީ ރަނގަޅު ކުރިއެރުމެއް ލިބިފަ އެވެ.
މިދިޔަ އަހަރު ޖުލައި މަހާ ހަމައަށް އިންޑިއާއިން 71,600 އައިސްފައިވާއިރު، މި އަހަރުގެ އެ މުއްދަތުގައި އެ އަދަދު ވަނީ 75,637 އަށް އިތުރުވެފަ އެވެ.
އެއީ އޭގެ ކުރީގެ ހަ މަހާ އަޅާބަލާއިރު، މިދިޔަ ޖުލައި މަހު އައި ކުޑަ ދަށްވުން ވެސް ހިމަނައިގެންނެވެ. ޖުލައި މަހު އިންޑިއާއިން އައި ޖުމްލަ 9,136 އަކީ، މި އަހަރު އެންމެ މަދުން އިންޑިއާ މީހުން ރާއްޖޭގައި ޗުއްޓީ ހޭދަކުރި މަހެވެ.
މި ސަރުކާރުގައި އިންޑިއާ އާއި ރާއްޖޭގެ ގުޅުން ގޯސްވުމުގެ ކުރިން އިންޑިއާއަކީ ރާއްޖެއަށް އެންމެ ގިނައިން ޓޫރިސްޓުން އައި ގައުމެވެ. ސިޔާސީ ގޮތުން އެ ގުޅުން މިހާރު އަލުން އިޔާދަކޮށްފައިވާއިރު، ވިޒިޓް މޯލްޑިވްސް ކޯޕަރޭޝަނުން އިސްވެ އަންނަނީ، އޭރު ހުރި އަދަދުތަކަށް އިންޑިއާ ޓޫރިސްޓު މާކެޓު އަނބުރާ ހޯދަން ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ.
މިގޮތުން، ޓޫރިޒަމް ޕްރޮމޯޓު ކުރުމަށް އިންޑިއާ އެކި ސިޓީތަކުގައި ރޯޑް ޝޯތަކާއި، އިންޑިއާގެ މަޝްހޫރު ތަރިން ބައިވެރިކޮށްގެން އެކި ހަރަކާތްތައް ވެސް މި އަހަރު ތެރޭގައި ވަނީ ހިންގައިފަ އެވެ.
މީގެއިތުރުން، ވިޒިޓް މޯލްޑިވްސްގެ ސަނީ ސައިޑް އޮފް ލައިފްގެ ގްލޯބަލް ބްރޭންޑް އެމްބެސެޑަރަކަށް ބޮލީވުޑްގެ ތަރި ކެޓްރީނާ ކައިފް ވަނީ މިދިޔަ ޖޫން މަހު ވަނީ ހަމަޖައްސައިފަ އެވެ.
މިދިޔަ އަހަރު އިންޑިއާއިން ރާއްޖެއަށް 130،000 އަށް ވުރެ ގިނަ ޓޫރިސްޓުން އައިސްފައިވާއިރު، ވިޒިޓް މޯލްޑިވްސްގެ މި އަހަރުގެ އަމާޒަކީ އިންޑިއާއިން ރާއްޖެއަށް 300،000 ޓޫރިސްޓުން ގެނައުމެވެ.
ޓޫރިޒަމްގެ ޖުމްލަ ތަފާސްހިސާބުތަކަށް ބަލާއިރު، މި އަހަރުގެ މިހާތަނަށް ރާއްޖޭން އަންނަނީ ރަނގަޅު ކުރިއެރުމެއް ދަމަހައްޓަމުންނެވެ. މިދިޔަ މަހުގެ 28 ވަނަ ދުވަހާ ހަމައަށް 1،468،740 ރާއްޖެއަށް އައިސްފައިވާ ޓޫރިސްޓުންގެ އަދަދު މިދިޔަ އަހަރުގެ އެ މުއްދަތާ އަޅާބަލާއިރު 9.3 ޕަސެންޓު އިތުރެވެ.
ސަރުކާރުގެ މި އަހަރުގެ އަމާޒަކީ، މިދިޔަ އަހަރު ގާއިމުކުރި ދެ މިލިއަން ޓޫރިސްޓުންގެ ރެކޯޑު މުގުރާލައި، މި އަހަރުގެ ނިޔަލަށް 2.3 މިލިއަން ޓޫރިސްޓުން ރާއްޖެއަށް ގެނައުމެވެ.
އަހަރުގެ މިލިއަން ވަނަ ޓޫރިސްޓަށް އިންޑިއާ ރައްޔިތެއް
އިންޑިއާ މާކެޓު މުހިއްމު، ރާއްޖެއަށް އާދޭ: ފައިސަލް
ޒުވާން ދެމަފިރިންގެ ހަނީމޫން ވީ ސަޕްރައިޒަކަށް
ކޮންމެ 4 ޓޫރިސްޓުންގެ ތެރެއިން އެކަކީ އިންޑިއާ މީހެއް
ބޮލީވުޑްގެ ފަންނާނުންނާ އެކު ރާއްޖެ ޕްރޮމޯޓްކޮށްފި
"އަހަރު ނިމޭ އިރު އިންޑިއާ ޓޮޕް ތިނަކަށް ގެންނާނަން"
ޓޫރިޒަމަށްވުރެ ލަކްޝަދީބަށް ފެރީ ވެސް މުހިންމު!
އިންޑިއާގެ ޓޫރިސްޓުން ރާއްޖޭގެ ދަތުރުތައް ފަސްކުރަނީ
އިންޑިއާގައި ރާއްޖޭގެ ގެސްޓްހައުސްތައް އިޝްތިހާރު ކުރަނީ
ރަޝިއާ ވައްޓާލައި އަނެއްކާވެސް އިންޑިއާ ކުރި ހޯދައިފި