Roadha Mihaaru

އެސްސީއޯ ސަމިޓުގެ ހަވާސާގައި ރައީސް މުއިއްޒާއި މޯދީގެ ބައްދަލުވުމެއް!

ޝަންހާއީ ކޯޕަރޭޝަން އޯގަނައިޒޭޝަން (އެސްސީއޯ) ސަމިޓުގައި ބައިވެރިވެވަޑައިގަތުމަށް ޗައިނާއަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ކުރައްވާ ދަތުރުފުޅުގެ ތެރެއިން އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީއާ ބައްދަލު ކުރައްވައިފި އެވެ.

ޗައިނާއިން ރައީސް މުއިއްޒު އާއި މޯދީގެ ބައްދަލުވުމެއް!
ފާތިމަތު އަޖްފާން
ފާތިމަތު އަޖްފާން

31 އޯގަސްޓް 2025

ޝަންހާއީ ކޯޕަރޭޝަން އޯގަނައިޒޭޝަން (އެސްސީއޯ) ސަމިޓުގައި ބައިވެރިވެވަޑައިގަތުމަށް ޗައިނާއަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ކުރައްވާ ދަތުރުފުޅުގެ ތެރެއިން އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީއާ ބައްދަލު ކުރައްވައިފި އެވެ.

މޯދީ، އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ އެސްސީއޯ ސަމިޓްގެ ހަވާސާގައި ރައީސް މުއިއްޒާ ބައްދަލުކުރައްވާފައިވާ ކަމަށެވެ.

ރާއްޖެއާ އިންޑިއާ ދެމެދު އޮތް ގުޅުމުގެ ތެރެއިން ރައްޔިތުންނަށް ވަރަށް ބޮޑަށް ފައިދާކުރާނެ ކަމަށް މޯދީ ވިދާޅުވި އެވެ.

ރާއްޖޭގެ 60 ވަނަ މިނިވަން ދުވަސް ފާހަގަކުރަން މިދިޔަ މަހުގެ 25 ވަނަ ދުވަހު މޯދީ ވަނީ ރާއްޖެއަށް ފުރަމާނަ ދަތުރުފުޅެއް ކުރައްވައިފަ އެވެ. އެ ދަތުރުފުޅާއެކު ދެ ގައުމުގެ ޒަމާންވީ ގުޅުން ވަނީ އިތުރަށް ބަދަހިވެފަ އެވެ.

ރާއްޖެ ވަޑައިގެން މޯދީ ވަނީ މުހިއްމު ހަތަރު އެމްއޯޔޫއަކާއި ތިން އެއްބަސްވުމެއްގައި ސޮއިކުރެއްވުމުގެ އިތުރުން ރާއްޖެއާ އެކު ފްރީ ޓްރޭޑް އެގްރީމެންޓެއްގެ މަޝްވަރާ ފެށިކަން ވެސް އިއުލާނު ކުރައްވައިފަ އެވެ.

ރާއްޖެއާ އެކު ސޮއިކުރި އެ އެއްބަސްވުންތަކުގެ ތެރޭގައި 565 މިލިއަން ޑޮލަރުގެ (8.7 ބިލިއަން ރުފިޔާ) ގެ ލައިން އޮފް ކްރެޑިޓް (އެލްއޯސީ) ވެސް ހިމެނެ އެވެ. އަދި ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ސަރުކާރުގައި އިންޑިއާ އިން ހަދާފައިވާ އެލްއޯސީ އެއްބަސްވުމުގެ ފައިސާ އަނބުރާ ދެއްކުމުގައި ވެސް ލުއިތަކެއް ދީފައިވެ އެވެ.