ރާއްޖޭގެ 60 ވަނަ މިނިވަން ދުވަހުގެ އުފަލުގައި ބައިވެރިވެވަޑައިގަތުމަކީ ލިބޭ ފަހުރެއް ކަމަށް އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީ މިއަދު ވިދާޅުވެއްޖެ އެވެ.
23 ޖުލައި 2025
ރާއްޖޭގެ 60 ވަނަ މިނިވަން ދުވަހުގެ އުފަލުގައި ބައިވެރިވެވަޑައިގަތުމަކީ ލިބޭ ފަހުރެއް ކަމަށް އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީ މިއަދު ވިދާޅުވެއްޖެ އެވެ.
"ރާއްޖޭގެ 60 ވަނަ މިނިވަން ދުވަހުގެ އުފަލުގައި ބައިވެރިވުމުކީ އަޅުގަނޑަށް ލިބޭ ވަރަށް ބޮޑު ފަހުރެއް،" ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ދައުވަތަކަށް އަންނަ ހުކުރު ދުވަހު ރާއްޖެއަށް ކުރައްވާ ދަތުރާ ބެހޭ ގޮތުން މޯދީ މިއަދު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ލިޔުއްވާފައިވެ އެވެ.
އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީ ފުރަމާނަ ދަތުރުފުޅެއްގައި ރާއްޖެ ވަޑައިގަންނަވާތީ ޖުމްހޫރީ މައިދާނުގައި ދިވެހި ދިދަ އާއި އިންޑިއާގެ ދިދަ ބަހައްޓައިފައި.-- ފޮޓޯ: ނިޝާން އަލީ | މިހާރު
ރާއްޖެ އާއި އިންޑިއާގެ ޚާރިޖީ ގުޅުމަށް މި އަހަރު 60 އަހަރު ފުރޭތީ މޯދީގެ ޕޯސްޓުގައި ވަނީ އެކަން ވެސް ފާހަގަކުރައްވައިފަ އެވެ. ދެ ގައުމުގެ މެދުގައި ޚާރިޖީ ގުޅުން ގާއިމްކުރީ ނޮވެމްބަރު 1، 1965 ގަ އެވެ.
މޯދީ ވިދާޅުވީ މި ދަތުރުގައި ރައީސް މުއިއްޒުއާ އެކި ދާއިރާތަކުން ކުރައްވަން ހަމަޖެހިފައިވާ މަޝްވަރާތަކާ އެކު ދެ ގައުމު ގާތް ގުޅުން އަދި އިތުރަށް ހަރުދަނާ ވާނެ ކަމަށެވެ.
މޯދީގެ މި ދަތުރަކީ ދެ ދުވަހުގެ ދަތުރެކެވެ.
މި ދަތުރުގައި ރައީސް މުއިއްޒު އާއި މޯދީ، ދެ ގައުމާ ގުޅޭ އަދި ސަރަހައްދީ އެކި މައްސަލަތުގައި މަތީ ފެންވަރުގެ މަޝްވަރާތަކެއް ކުރައްވާނެ ކަމަށް ރައީސް އޮފީހުން ކުރިން ބުނެފައިވެ އެވެ.
އޭގެ އިތުރުން، އިންޑިއާގެ އެހީގައި ރާއްޖޭގައި ހިންގައި ނިންމާފައިވާ ބައެއް ޕްރޮޖެކްޓްތައް އިފްތިތާހުކުރުމާއި އިތުރު ކަންކަމާ ގުޅޭ ގޮތުން މެމޮރަމްޑަމް އޮފް އަންޑަސްޓޭންޑިން (އެމްއޯޔޫ)ތަކުގައި ސޮއިކުރެއްވުން ވެސް އޮންނާނެ ކަމަށް ރައީސް އޮފީހުން ބުންޏެވެ.
މިއީ މޯދީ ތިންވަނަ ދައުރަކަށް ބޮޑުވަޒީރުކަމާ ހަވާލުވެވަޑައިގަތް ފަހުން ރާއްޖެއަށް ކުރައްވާ ފުރަތަމަ ދަތުރެވެ. އަދި ރައީސް މުއިއްޒު ވެރިކަމާ ހަވާލުވެޑައިގެންނެވި ފަހުން ގައުމެއްގެ ވެރިއަކު ރާއްޖެއަށް ކުރައްވާ ފުރަތަމަ ފުރަމާނަ ދަތުރެވެ.
ރާއްޖެއަށް ކުރެއްވި ދަތުރަށް ފަހު މޯދީ ފުރާވަޑައިގެންފި
ރާއްޖެ-އިންޑިއާ 8 އެއްބަސްވުމެއްގައި ސޮއިކޮށްފި
މޯދީއަށް ރަސްމީ އިއްޒަތުގައި މަރުހަބާ ދަންނަވައިފި
މަރުހަބާ ވިދާޅުވާން ވަޑައިގަތުމުން އުފާކުރަން: މޯދީ
އިންޑިއާގެ ބޮޑުވަޒީރު މޯދީ ރާއްޖެ ވަޑައިގެންފި
އިންޑިއާ ކޮންސިއުލޭޓެއް އައްޑޫގައި ހަދަން މަޝްވަރާކޮށްފި
ރާއްޖެ ވަޑައިގަތުމަށް މޯދީއަށް ދައުވަތު ދެއްވައިފި
އިންޑިއާގެ ސަލާމަތަށް ނުރައްކާވާ ކަމެއް ނުކުރާނެ:ރައީސް
ރައީސް މުއިއްޒު އާދިއްތަ ދުވަހު އިންޑިއާ އަށް
ބާކީ 50 މިލިއަން ޑޮލަރު ދެއްކުން ވެސް ފަސްކޮށްދީފި