Roadha Mihaaru
ފިޔާ އެކްސްޕޯޓުކުރުން އިންޑިއާ އިން މަނާކޮށްފި

ފިޔާ އެކްސްޕޯޓުކުރުން އިންޑިއާ އިން ވަގުތީ ގޮތުން މަނާކޮށްފި

08 ޑިސެމްބަރ 2023

ރާއްޖެ އަށް އެންމެ ގިނައިން ފިޔާ ގެންނަ އިންޑިއާ އިން ވަގުތީ ގޮތުން ފިޔާ ބޭރުކުރުން މަނާކޮށްފި އެވެ.

ރާއްޖެ އަށް އެންމެ ގިނައިން ފިޔާ ގެންނަ އިންޑިއާ އިން ވަގުތީ ގޮތުން ފިޔާ ބޭރުކުރުން މަނާކޮށްފި އެވެ.

"ރޮއިޓާސް" އިން ރިޕޯޓު ކޮށްފައިވާ ގޮތުގައި ފިޔާ ބޭރުކުރުން ހުއްޓުވަން އިންޑިއާގެ ސަރުކާރުން އެންގީ އިއްޔެ އެވެ.

އިންޑިއާގެ ބައެއް ނޫސްތަކުން ބުނީ، އެއީ އަންނަ އަހަރު ބާއްވާ އެ ގައުމުގެ ލޮކް ސަބާ އިންތިހާބާ ގުޅިގެން އިންފްލޭޝަން ދަށްކުރުމަށް އެޅި ފިޔަވަޅެއް ކަމަށެވެ.

އެކަމަކު، މިހާތަނަށް ޝިޕް ކޮށްފައިވާ އަދި ފައިސާ ދައްކައި ނިންމާފައިވާ ޝިޕްމަންޓުތަކުގެ އިތުރުން ފިޔާ ގަންނަން ސިސްޓަމްގައި ރަޖިސްޓަރީ ކޮށްފައިވާ ނަމަ އަންނަ ޖެނުއަރީ ފަސް ވަނަ ދުވަހުގެ ކުރިން ފިޔާ ބޭރު ކުރެވޭނެ ކަމަށް އިންޑިއާގެ ފޮރިން ޓްރޭޑް މިނިސްޓްރީއާ ހަވާލާދީ ރިޕޯޓުތަކުގައި ވެ އެވެ.

އިންޑިއާ އިން ފިޔާ އެކްސްޕޯޓުކުރުން މަނާކުރިޔަސް، އެހެން ގައުމެއްގެ ސަރުކާރަކުން އެކަމަށް އެދޭ ހާލަތުގައި އިންޑިއާ ސަރުކާރުން ހުއްދަ ދޫކޮށްފި ނަމަ އެކަން ކޮށްދޭނެ ކަމަށް އިންޑިއާގެ މީޑިއާތަކުން ބުންޏެވެ.