Roadha Mihaaru

ރަށްފުށުގެ އުފެއްދުންތައް ދުނިޔޭގެ ބާޒާރަށް ނެރުމުގެ ހުވަފެން ހަގީގަތަކަށް ވެއްޖެ: މިނިސްޓަރު

ދިވެހިންނަށް "އަލީބާބާ ޑޮޓް ކޮމް"ގައި މުދާ ވިއްކޭ ގޮތް ވުމާ އެކު، ރަށްފުށު އުފެއްދުންތައް ބައިނަލް އަގުވާމީ ބާޒާރަށް ވިއްކުމުގެ ހުވަފެން މިހާރު ހަގީގަތަކަށް ވެއްޖެ ކަމަށް އިކޮނޮމިކް މިނިސްޓަރު މުހައްމަަދު ސަައީދު މިއަދު ވިދާޅުވެއްޖެ އެވެ.

"މި އުފައްދަނީ ފުރިހަމަ ވިޔަފާރީގެ އީކޯސިސްޓަމެއް"
މުހައްމަދު ނަސީމް
މުހައްމަދު ނަސީމް

16 ސެޕްޓެމްބަރ 2025

ދިވެހިންނަށް "އަލީބާބާ ޑޮޓް ކޮމް"ގައި މުދާ ވިއްކޭ ގޮތް ވުމާ އެކު، ރަށްފުށު އުފެއްދުންތައް ބައިނަލް އަގުވާމީ ބާޒާރަށް ވިއްކުމުގެ ހުވަފެން މިހާރު ހަގީގަތަކަށް ވެއްޖެ ކަމަށް އިކޮނޮމިކް މިނިސްޓަރު މުހައްމަަދު ސަައީދު މިއަދު ވިދާޅުވެއްޖެ އެވެ.

އޮންލައިން ވިޔަފާރިއަށް ޝައުގުވެރިވާ މީހުންނަށް އެކަމުގެ ފަންނީ މައުލޫމާތުދޭން އަލީބާބާއާ ގުޅިގެން ފެށި ވެބިނާރުގައި މިނިސްޓަރު ވިދާޅުވީ މިއަދު ފެށި މަަސައްކަތަކީ ރާއްޖެއަށް ތާރީހީ މަސަައްކަތެއް ކަމަށާއި މިއީ ބައިނަލް އަގުވާމީ ބާޒާރުތަކާ ރާއްޖެއާ ދެމެދު އަޅާ "ޑިޖިޓަލް ބްރިޖެއް" ކަމަށެވެ. އެ މަސައްކަތުގެ ސަބަބުން ރާއްޖޭގެ އުފެއްދުންތެރިންނަށް އޮތް ފުރުސަތު އެންމެ ބޮޑަށް ހުޅުވޭނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

"ހިޔާލަށް ގެންނަވާ އައްޑޫގައި ހުރި ދިވެހި އުފެއްދުންތެރިއަކު އަތުން ވިޔެފައި އުފައްދަނީ، ޝަންހާއީގައި ހުރި ގަންނަ މީހަކާ ހަަމައަށް މަދު ދުވަސްކޮޅެއްގައި ގެންދެވޭ އުފެއްދުމެއް ކަމަށް. ތަސައްވުރުކޮށްލައްވާ ރާއްޖޭގައި ކާބޯތަކެތީގެ ވިޔަފާރި ކުރާ މީހަކު ލަންޑަނުގައި ހުރި ރެސްޓޯރެންޓް ތަަކަށް ރާއްޖޭގެ ހަވާދު ފޮނުވަނީ ކަމަށް، މިއީ [މިހާރު] ހުވަފެނެއް ނޫން. މިއީ އަޅުގަނޑުމެން ގުޅިގެން މިއަދު މިއުފައްދާ ހަގީގަތަކީ،" ސައީދު ވިދާޅުވި އެވެ.

އޭނާ ވިދާޅުވި ގޮތުގައި އަލީބާބާ ޑޮޓްކޮމްއާ އެކު ރާއްޖޭގެ އޮންލައިން ވިޔަފާރިވެރިން މަސައްކަތްކުރަން ފެށުމުން ޗައިނާ-މޯލްޑިވްސް ފްރީ ޓްރޭޑް އެއްބަސްވުމުގެ ފައިދާ ވެސް ދިވެހިންނަށް ހޯދޭނެ އެވެ. އެ މަސައްކަތްކުރާނީ އިކޮނޮމިކް މިނިސްޓްރީން އިސްނަގައިގެން، ޗައިނާ ސަރުކާރުގެ ފުރިހަމަ އެއްބާރުލުމާ އެކުގައި ކަމަށް ވެސް ވިދާޅުވި އެވެ.

"އަޅުގަނޑުމެން މި އުފައްދަނީ ފުރިހަމަ އީކޯސިސްޓަމެއް. މިއީ އަޅުގަނޑުމެންގެ ކްރިއޭޓިވް އިންޑަސްޓްރީ ސީދާ ފޮތެއްގައި އިންޓަނޭޝަނަލް ބަޔާސް އާ ގުޅުވައިލަދޭނެ އީކޯ ސިސްޓަމެއް،" މިނިސްޓަރު ވިދާޅުވި އެވެ.

އެ ނިޒާމުގައި މުދާ އެއްތަނުން އަނެއް ތަނަށް ފޮނުވުމުގެ މަސައްކަތް ހިނގާނީ އެއްވެސް ބުރުލެއް އެރުމެއް ނެތި ކަމަށާއި އެ ވިޔަފާރިން ލިބޭ ފައިސާ އެއްވެސް ލަސްވުމެއް ނެތި ރާއްޖެއަށް ގެނެވެމުންދާނެ ކަމަށް ވެސް ސައީދު ވިދާޅުވި އެވެ.

މިއަދު ފެށި ވެބިނާ އަކީ ޗައިނާގެ އަލީބާބާ ގްރޫޕުން ހިންގާ މަޝްހޫރު އޮންލައިން ވިޔަފާރި ޕްލެޓްފޯމް ކަމަށްވާ "އަލީބާބާ ޑޮޓް ކޮމް" ގައި ދިވެހިންނަށް ސެލާ އެކައުންޓް ހުޅުވޭނެ ގޮތް ހަމަޖެހިފައިވާތީ އެކަމާ ގުޅިގެން ބާއްވާ ހާއްސަ ވެބިނާ އެކެވެ. އިކޮނޮމިކް މިނިސްޓްރީއިން އަލިބާބާ އާއި ބިޒްނަސް ސެންޓާ ކޯޕަރޭޝަނާއި ގުޅިގެން ބާއްވާ އެއް ދުވަހުގެ މި ވެބިނާ އަކީ އޯޕަން ސެލާ އެކައުންޓާއި ގުޅޭ ގޮތުން މައުލޫމާތު ފޯރުކޮށްދިނުމުގެ ގޮތުން ބާއްވާ ފޯރަމެކެވެ.