01 އޮކްޓޯބަރ 2024
ރާއްޖެ އާއި ސައުދީ އަރަބިއްޔާއާ ދެމެދު ވިޔަފާރި އާއި އިގްތިސާދީ ދާއިރާ އިން އެއްބާރުލުން އިތުރުކޮށް، ދެ ގައުމުގެ ގުޅުން ބަދަހިކުރުމަށް އެމްއޯޔޫއެއްގައި އިއްޔެ ސޮއިކޮށްފި އެވެ.
ރާއްޖެ އާއި ސައުދީ އަރަބިއްޔާއާ ދެމެދު ވިޔަފާރި އާއި އިގްތިސާދީ ދާއިރާ އިން އެއްބާރުލުން އިތުރުކޮށް، ދެ ގައުމުގެ ގުޅުން ބަދަހިކުރުމަށް އެމްއޯޔޫއެއްގައި އިއްޔެ ސޮއިކޮށްފި އެވެ.
އިކޮނޮމިކް މިނިސްޓްރީން ނެރުނު ނޫސްބަޔާނެއްގައި ބުނީ އެ އެމްއޯޔޫގައި ސޮއިކުރެއްވީ އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު ރިޔާދަށް ކުރެއްވި ރަސްމީ ދަތުރުގައި ކަމަށެވެ. ސައުދީ ސަރުކާރުގެ ފަރާތުން އެމްއޯޔޫގައި ސޮއިކުރެއްވީ އެ ގައުމުގެ ކޮމާސް މިނިސްޓަރު ޑރ. މާޖިދު ބިން އަބްދުﷲ އަލްގަސަބީ އެވެ. އޭނާއަކީ އެ ގައުމުގެ ފޮރިން ޓްރޭޑް ބޯޑުގެ ޗެއާމަން ވެސް މެ އެވެ.
މިނިސްޓްރީން ބުނީ، އެމްއޯޔޫގެ ސަބަބުން ދެ ގައުމުގެ ދެމެދުގައި ވިޔަފާރީގެ ގުޅުން ހަރުދަނާ ކުުރެވޭނެ ކަމަށެވެ. އަދި ބޯޑަރު ހުރަސްކޮށް ކުރާ ފޮރިން އިންވެސްޓްމަންތައް އިތުރަށް ފުޅާކުރުމަށް މަގުފަހިވާނެ ކަމަަށް ވެސް އިކޮނޮމިކް މިނިސްޓްރީން ބުންޏެވެ.
އެ މިނިސްޓްރީން ބުނިގޮތުގައި، އެ އެއްބަސްވުމުގެ ސަބަބުން ވިޔަފާރި އާއި ޓޫރިޒަމާއި އިމާރާތްކުރުން ފަދަ މުހިއްމު ދާއިރާތަކުން ދެ ގައުމުގެ މެދުގައި ގުޅުން އިތުރުވާނެ އެވެ.
އެ އެއްބަސްވުމުގައި ސޮއިކުރުމަށް ބޭއްވި ރަސްމިއްޔާތުގައި މިނިސްޓަރު ސައީދު ވަނީ ސައުދީ ސަރުކާރުން ރާއްޖޭގެ ތަރައްގީ އާއި ކުރިއެރުމަށް ދޭ އަހަމިއްޔަތާއި ބާއްވާ ގާތް ގުޅުން ފާހަގަކުރައްވައި އެކަމަށް ޝުކުރު އަދާކުރައްވާފައި ކަމަށް އިކޮނޮމިކް މިނިސްޓްރީން ބުންޏެވެ. އަދި މި އެމްއޯޔޫއަކީ ދެ ގައުމުގެ ދެމެދުގައި ޒަމާންވީ ގާތް ގުޅުމެއް އޮތް ކަމެއް ކަން ރަމްޒު ކޮށްދޭ ކަމެއް ކަމަށާއި މި އެއްބަސްވުމަކީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ދުރުރާސްތާ އިގްތިސާދީ ވިސްނުންފުޅު ހާސިލުކުރުމަށް އިތުރު ބާރަކަށް ވާނެ ކަމަށް ސައީދު ވިދާޅުވި އެވެެ.
އެހެންވެ، ދެ ގައުމުގެ ގުޅުން އިތުރަށް ހަރުދަނާކޮށް، ކުރިމަގުގައި ވިޔަފާރި އާއި އިގްތިސާދީ ދާއިރާއިން އިތުރު މަސައްކަތްތައް ކުރުމަށް މަގުފަހިވާނެ ކަމަށާއި ވިޔަފާރިތަކަށް ވެސް އިތުރު ފުރުސަތުތަކެއް ހުޅުވޭނެ ކަމަށް ދިވެހި ސަރުކާރުން ބުންޏެވެ.
"އިންވެސްޓްކުރަން ފަސޭހަ ތަނަކަށް ރާއްޖެ ހަދާނަން"
ފޮރިން އިންވެސްޓްމެންޓްގެ އާ ބިލެއް މަޖިލީހަށް
އިންޑިއާގެ ޔޫޕީއައި ރާއްޖެއަށް ތައާރަފުކުރަނީ
ޑިވެލޮޕްމެންޓް ބޭންކް ޖުލައި މަހު ހުޅުވަނީ
އެސްއީޒެޑްގެ ބިޔަ ދެ މަޝްރޫއެއް ދުބާއީ ކުންފުންޏަކަށް
ރާއްޖޭގެ ހަތަރު މިނިސްޓަރަކު ސައޫދީގައި
ރީއެކްސްޕޯޓަށް 100 ހެކްޓަރުގެ އެސްއީޒެޑެއް ދެނީ
ސައުދީއާ އެކު 40 މިލިއަން ޑޮލަރުގެ އެއްބަސްވުމެއް
މަންދޫބުންނަށް ގައުމުތަކުން ދިނީ ފުރަގަސް: އިދިކޮޅު
ހާޖީންނަށް މަބްރޫރު ހައްޖަކަށް ރައީސް އެދިވަޑައިގެންފި