12 މެއި 2024
ބިޔަ މަޝްރޫއުތައް ހިންގުމަށް ބޭނުންވާ ފައިނޭންސިން ފަހިކޮށްދިނުމަށްޓަކައި ޑިވެލޮޕްމެންޓް ބޭންކެއްގެ ހިދުމަތް ޖުލައި މަހު ދޭން ފަށާނެ ކަމަށް އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު ވިދާޅުވެއްޖެ އެވެ.
ބިޔަ މަޝްރޫއުތައް ހިންގުމަށް ބޭނުންވާ ފައިނޭންސިން ފަހިކޮށްދިނުމަށްޓަކައި ޑިވެލޮޕްމެންޓް ބޭންކެއްގެ ހިދުމަތް ޖުލައި މަހު ދޭން ފަށާނެ ކަމަށް އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު ވިދާޅުވެއްޖެ އެވެ.
މީރުމާ ހޮޓެލްގައި މިއަދު ބޭއްވި ރަސްމިއްޔާތުގައި ސައީދު ވިދާޅުވީ، ޑިވެލޮޕްމެންޓް ބޭންކާ އެކު ރާއްޖޭގެ މާލީ ދާއިރާގެ ތާރީހު ބަދަލުކޮށްލެވޭނެ ކަމަށެވެ.
އެ ބޭންކުގައި ސަރުކާރުގެ އިތުރުން އަމިއްލަ ބައެއް ފަރާތްތަކުގެ ހިއްސާ ވެސް އޮންނާނެ ކަމަށް އޭނާ ވިދާޅުވި އެވެ. އޭގެ ޝައުގުވެރިކަން މިހާރު ވެސް ބޭރުގެ ބައެއް އިންވެސްޓަރުން ފާޅުކޮށްފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ.
"ޖުލައި މަސް ތެރޭގައި އަޅުގަނޑުމެން މިބަލަނީ ބޭންކް އޮޕަރޭޝަން ފެށޭނެ ކަމަށް،" އޭނާ ވިދާޅުވި އެވެ.
ޑިވެލޮޕްމެންޓް ބޭންކުން، ސަރުކާރާއި ޕްރައިވެޓް ސެކްޓަރުގެ ޕްރޮޖެކްޓްތަކަށް ބޭނުންވާ ފައިސާ ފޯރުކޮށްދޭނެ އެވެ.
އިކޮނޮމިކް މިނިސްޓަރު ސައީދާއި އިފްޒާގެ ޗެއާމަން މާޓިން އެމްއޯޔޫގައި ސޮއިކުރަނީ -- ފޮޓޯ: ނިޝާން އަލީ / މިހާރު
ރާއްޖޭގެ މާލީ ދާއިރާ އިތުރަށް ފުޅާ ކުރުމަށްޓަކައި ސަރުކާރުން ވަރަށް ހާއްސަ އިސްކަމެއް ދޭ ކަމަށް ސައީދު ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ، އިންޓަނޭޝަނަލް ފްރީ ޒޯން އޮތޯރިޓީ (އިފްޒާ) އާ އެކު މިއަދު ވި އެއްބަސްވުމުގެ ތެރެއިން އުތުރާއި ފުނަދޫގައި ހަދާ ފައިނޭންޝަލް ސެންޓަރު ހެދުމުގެ މަސައްކަތް ފެށޭނެ ކަމަށެވެ.
ޑިވަލޮޕްމެންޓް ބޭންކެއް ހުޅުވާ އިރު ރާއްޖޭގެ މާލީ ދާއިރާ ފުޅާކޮށް، އެ ދާއިރާއިން ފުރުސަތުތައް އިތުރު ކުރުމަށްޓަކައި އިންޓަނޭޝަނަލް ފައިނޭންޝަލް ސެންޓަރުތައް ގާއިމް ކުރުމާ ބެހޭ ގާނޫނެއް ހަދަން ސަރުކާރުން އަންނަނީ މަސައްކަތް ކުރަމުންނެވެ.
އިންޑިއާގެ ޔޫޕީއައި ރާއްޖެއަށް ތައާރަފުކުރަނީ
އެސްއީޒެޑްގެ ބިޔަ ދެ މަޝްރޫއެއް ދުބާއީ ކުންފުންޏަކަށް
ރީއެކްސްޕޯޓަށް 100 ހެކްޓަރުގެ އެސްއީޒެޑެއް ދެނީ
އެތެރޭން ދަރަންޏަށް ނަގަންޏާ ބޭންކުތަކަށް އަސަރު ކުރާނެ
ކުރިއަށް އޮތީ އިގްތިސާދުގައި ހަކަތަ އުފެދޭނެ އަހަރެއް
އިކޮނޮމިކްގޭޓްވޭގެ ފްރޭމްވޯކް އެއްބަސްވުމުގައި ސޮއިކޮށްފި
"ޑިޖިޓަލް އިގުތިސާދެއް އުފެއްދުމަކީ މުހިއްމު ވައުދެއް"
ރާއްޖެ-ސައުދީން ވިޔަފާރި އާއި އިގްތިސާދު ކުރިއަރުވަނީ
އަވަސް ފިޔަވަޅުތަކަކުން ހައްލު ހޯދަންޖެހޭ މައްސަލައެއް!
"ބަންކަރިންއަށް 20 މިލިއަން ޑޮލަރު އިންވެސްޓްކުރި"