02 މާޗް 2023
ކާބޯތަކެތީގެ އަގު ނުވަތަ އިންފްލޭޝަން މިދިޔަ ޖެނުއަރީ މަހު ހަތް ޕަސެންޓަށް އިތުރުވެއްޖެ އެވެ.
ކާބޯތަކެތީގެ އަގު ނުވަތަ އިންފްލޭޝަން މިދިޔަ ޖެނުއަރީ މަހު ހަތް ޕަސެންޓަށް އިތުރުވެއްޖެ އެވެ.
ނެޝަނަލް ބިއުރޯ އޮފް ސްޓެޓިސްޓިކްސް އިން އާންމު ކުރި ތަފާސްހިސާބުތަކުން އެނގޭ ގޮތުގައި މިދިޔަ އެއް އަހަރުގެ ތެރޭގައި ރާއްޖޭގެ ކާބޯތަކެތީގެ އަގު ވަނީ 7.82 ޕަސެންޓަށް އިތުރުވެފަ އެވެ.
މިދިޔަ އަހަރު ފެށުނު އިރު ކާބޯތަކެތީގެ އިފްލޭޝަން ހުރީ 1.9 ޕަސެންޓްގަ އެވެ. އެހެންވެ މިއީ ގާތްގަނޑަކަށް 75 ޕަސެންޓުގެ އިތުރުވުމެކެވެ.
ކާބޯތަކެތީގެ އަގު ބޮޑުވި އިރު މަހުން މަހަށް ވެސް ތަކެތީގެ އަގަށް ބޮޑު ބަދަލެއް އައިސްފައި ވެ އެވެ. މިދިޔަ އަހަރުގެ ޑިސެމްބަރު މަހާ އަޅާ ބަލާ އިރު މި ޖެނުއަރީ މަހު ވަނީ ތަކެތީގެ އަގު 0.96 ޕަސެންޓަށް އިތުރުވެފަ އެވެ. މިއީ މިދިޔަ އަހަރު އެއް މަހުން އިންފްލޭޝަން އެންމެ ބޮޑަށް އިތުރުވި މަހެވެ.
އަހަރުން އަހަރަށް ބަލާއިރު ރާއްޖޭގެ އިންފްލޭޝަން ވަނީ 3.99 ޕަސެންޓަށް އަރައިފަ އެވެ. މިއީ މިދިޔަ ހަތަރު އަހަރުގެ ތެރޭގައި ވެސް ތަކެތީގެ އަގު އެހާ ބޮޑަށް އުފުލުނު ފުރަތަމަ ފަހަރެވެ.
މަހެއްގެ ތެރޭގައި އެންމެ ބޮޑަށް އުފުލިފައި ވަނީ ކެފޭ އާއި ރެސްޓޯރެންޓްތަކުގެ އަގުތަކެވެ. މިދިޔަ އަހަރުގެ ޑިސެމްބަރު މަހަށް ވުރެ ޖެނުއަރީ މަހު ކެފޭ/ރެސްޓޯރެންޓްތަކުން ވިއްކާ ތަކެތީގެ އަގު ވަނީ 4.3 ޕަސެންޓަށް މައްޗަށް ގޮސްފަ އެވެ.
ތަކެތީގެ އަގު އުފުލުނު އިރު މިދިޔަ ޖެނުއަރީ މަހުން ފެށިގެން އާންމު މުދަލާއި ހިދުމަތުގެ އަގުން ނަގާ ޓެކްސް، ޖީއެސްޓީގެ އަގު ވަނީ ހަ ޕަސެންޓުން 8 ޕަސެންޓަށް ބޮޑުވެފަ އެވެ.
ވޯލްޑް ބޭންކްގެ ތަފާސްހިސާބުތަކުން ދައްކާ ގޮތުން ދެކުނު އޭޝިއާގެ ކާބޯތަކެތީގެ އިންފްލޭޝަން ރޭޓް މި ވަގުތު ހުރީ 23 ޕަސެންޓަށް ވުރެ މަތީގަ އެވެ. މި އަހަރު އިތުރަށް ކާބޯތަކެތީގެ އަގު އުފުލޭނެ ކަމަށް ވޯލްޑް ބޭންކުން ލަފާކުރެ އެވެ.
ތަކެތީގެ އަގު އަނެއްކާ ވެސް ދަށަށް!
ކާބޯތަކެތީގެ އަގު އިތުރަށް އުފުލިއްޖެ
ކާބޯތަކެތީގެ އިންޕްލޭޝަން 6 ޕަސެންޓަށް އަރައިފި
ކާބޯތަކެތީގެ އަގު އިތުރަށް އުފުލޭނެ: ވޯލްޑް ބޭންކް
ފިޔާ ބަސްތާއެއްގެ އަގު 700ރ. އަށް އަރައިފި
ރާއްޖޭގެ އިންފްލޭޝަން 2.81 ޕަސެންޓަށް އުފުލިއްޖެ
ރާއްޖޭގެ އިންޕްލޭޝަން ރޭޓް 3.6 ޕަސެންޓަށް ދަށަށް
ކުލީގެ އިންފްލޭޝަން 4.7 ޕަސެންޓު މައްޗަށް
އިންފްލޭޝަން ރޭޓް އެއް ޕަސެންޓުން މަތިވެއްޖެ
ފިޔާ ކިލޯއެއްގެ އަގު 50ރ. އިން މައްޗަށް