30 ނޮވެމްބަރ 2022
މާލޭގެ ބާޒާރުގައި އޮރެންޖުގެ އަގު ތިން ގުނަ އަށް އުފުލިއްޖެ އެވެ.
މާލޭގެ ބާޒާރުގައި އޮރެންޖުގެ އަގު ތިން ގުނަ އަށް އުފުލިއްޖެ އެވެ.
މާރުކޭޓުގައި މިހާރު އޮރެންޖު ވަރަށް ތަދު އެއްޗަކަށް ވެފައިވާއިރު އަގު އުޅެނީ 10ރ. އާއި 15ރ. އާ ދެމެދުގަ އެވެ. ބާޒާރުން އޮރެންޖެއް ކުރިން 3ރ. އާއި 4ރ. އާ ދެމެދުގެ އަގުތަކެއްގައި ލިބުނެވެ. އެހެންވެ، އޮރެންޖުގެ އަގު މިހާރު ވަނީ ގާތްގަނޑަކަށް ތިން ގުނަ އުފުލިފަ އެވެ.
އޮރެންޖުގެ އިތުރުން އާފަލުގެ އަގު ވެސް ވަނީ ބޮޑުވެފަ އެވެ. ލޯކަލް މާރުކޭޓުގައި ރަތް އާފަލު އުޅެނީ 6ރ. އާއި 10ރ. ދެމެދުގެ އަގުތަކެއްގަ އެވެ. ފެހި އާފަލެއް ވިއްކަނީ 8ރ. އާއި 10ރ. އާ ދެމެދުގެ އަގުތަކެއްގަ އެވެ.
މާރުކޭޓުގައި މީހަކު މޭވާ ގަންނަން މަޑުކޮށްލައިގެން. ބާޒާރުގައި އޮރެންޖާއި އާފަލުގެ އަގުވަނީ ވަރަށް ބޮޑަށް އުފުލިފައި--ފޮޓޯ:ނިޝާ އަލީ/މިހާރު
މާރުކޭޓުގައި ތަކެތި ވިއްކާ ވިޔަފާރިވެރިއަކު ބުނީ، ކުރިން އޮރެންޖު ކޭހެއް 400ރ. ލިބުނަސް މިހާރު ކޭހެއް ލިބެނީ 1،200ރ. އަށް ކަމަށެވެ.
"ހޯލްސޭލް ކުރާ ފަރާތްތަކުން އަގުބޮޑުކޮށް މި ވިއްކަނީ. އެ މީހުން ބުނަނީ މިހާރު އޮރެންޖު ނުލިބޭ ކަމަށް،" އޭނާ ބުންޏެވެ.
ބައެއް ވިޔަފާރިވެރިން ބުނީ، ބޭރުން އޮރެންޖު ހޯދުމަށް މިހާރު އުނދަގޫ ކަމަށެވެ. އެހެންވެ، ރާއްޖެއަށް އޮރެންޖު ގެންނަ ވަރު ވަރަށް ބޮޑަށް މަދުވީ ކަމަށް އެ މީހުން ބުނެ އެވެ.
ސިޓީ ކައުންސިލުން 364،000ރ. ދޭން ހުކުމެއް
ބާޒާރުގައި ކުރުނބައެއް 70ރ. އިން މައްޗަށް
ރޯދަ އަށް ލޯކަލް މާރުކޭޓު ތިޔާގިވެއްޖެ
ތަކެތީގެ އަގު އަނެއްކާ ވެސް ދަށަށް!
ބިދޭސީން އުޅޭތީ މާރުކޭޓުގެ 30 ގޮޅިއެއް ޖޫރިމަނާކޮށްފި
މާރުކޭޓުތައް ގިނަވެ ދަތުރުވެރިންގެ މާރުކޭޓަށް ފަޅުކަން
މާރުކޭޓުން ފެންނަނީ މުޅިން ވެސް ބޭރުގެ އުފެއްދުންތައް
ރޯދަމަހު މުދާ އުފުލާ ގަޑިތައް ކަނޑައަޅައިފި
ވިލިމާލޭ މާރުކޭޓްގެ ކުލި މައާފް، މާލޭގައި ކުލި ކުޑަ
ޑިމާންޑް ދަށްވެ މާރުކޭޓުގައި ތަކެތީގެ އަގު ދަށަށް