13 މާޗް 2023
އަންނަ ރޯދަ މަހު ކޮންމެ ދުވަހެއްގެ ވެސް ހަވީރު 4:30 އިން ރޭގަނޑު 8:00 އާ ދެމެދު، އެއްވެސް ބާވަތެއްގެ މުދާ ގަނޑުކޮށް އެއްވެސް އުޅަނދެއްގައި ވިޔަފާރި އުސޫލުން އުފުލުން ޓްރާންސްޕޯޓު މިނިސްޓްރީން މަނާކޮށްފި އެވެ.
އަންނަ ރޯދަ މަހު ކޮންމެ ދުވަހެއްގެ ވެސް ހަވީރު 4:30 އިން ރޭގަނޑު 8:00 އާ ދެމެދު، އެއްވެސް ބާވަތެއްގެ މުދާ ގަނޑުކޮށް އެއްވެސް އުޅަނދެއްގައި ވިޔަފާރި އުސޫލުން އުފުލުން ޓްރާންސްޕޯޓު މިނިސްޓްރީން މަނާކޮށްފި އެވެ.
ޓްރާންސްޕޯޓް މިނިސްޓްރީން ވަނީ ރޯދަ މަހު މާލެ ސަރަހައްދުގައި ވިޔަފާރި އުސޫލުން އެއްގަމު އުޅަނދުގައި ގަނޑުކޮށް މުދާ އުފުލަން ގަޑިތައް ކަނޑައަޅައި އެއާ ހިލާފްވާ ނަމަ 750ރ. އިން ޖޫރިމަނާ ކުރާނެ ކަމަށް ބުނެފަ އެވެ.
މުދާ އުފުލަން ހާއްސަ ވަގުތުތަކަކީ ހެނދުނު 9:00 އިން ފެށިގެން ހަވީރު 4:30 އަށް އަދި ރޭގަނޑު 8:00 އިން ހެނދުނު 6:00 އަށެވެ. އެވަގުތުގައި ހުރިހާ ބާވަތެއްގެ މުދަލެއް ވެސް އުފުލޭނެ ކަމަށް ޓްރާންސްޕޯޓުން ބުންޏެވެ.
ޓްރާންސްޕޯޓުން ބުނީ ހެނދުނު 9:00 އިން ފެށިގެން ހަވީރު 4:00 އަށް އަދި ދަންވަރު 1:00 އިން ފެށިގެން ހެނދުނު 6:00 އަށް ބްރިޖުން، މުދާ އުފުލާ ހުރިހާ ގިންތިއެއްގެ އުޅަނދުތަކުގައި ވެސް ތަކެތި ގެންދެވޭނެ ކަމަށެވެ. އެނޫން ވަގުތުތަކުގައި ބްރިޖުން މުދާ އުފުލުމަކީ މަނާ ކަމެކެވެ. އޭގެ އިތުރުން ބްރިޖުން ފެނާއި ކައްކާ ގޭސް އުފުލޭނީ ހެނދުނު 9:00 އިން ހަވީރު 4:00 އަށެވެ. އަދި ރޭގަނޑު 8:00 އިން ފެށިގެން ހެނދުނު 6:00 އަށް ވެސް ކައްކާ ގޭހާއި ފެން އުފުލޭނެ އެވެ. އެނޫން ވަގުތުތަކުގައި އެތަކެތި ވެސް ބްރިޖުގައި ނުއުފުލޭނެ ކަމަށް ޓްރާންސްޕޯޓުން ވަނީ ކަނޑައަޅައިފަ އެވެ.
ކޮންމެ ރޯދަ މަހެއްގައި ވެސް މުދާ އުފުލާ ވަގުތުތައް ކަނޑައަޅަނީ، ރޯދަ މަހު، މާލެ ސަރަހައްދުގެ މަގުތަކުގެ ޓްރެކްފިކް ކޮންޓްރޯލް ކުރުމުގެ ބޭނުމުގަ އެވެ.
ސިޓީ ކައުންސިލުން 364،000ރ. ދޭން ހުކުމެއް
ބާޒާރުގައި ކުރުނބައެއް 70ރ. އިން މައްޗަށް
ރޯދަ އަށް ލޯކަލް މާރުކޭޓު ތިޔާގިވެއްޖެ
ތަކެތީގެ އަގު އަނެއްކާ ވެސް ދަށަށް!
ބިދޭސީން އުޅޭތީ މާރުކޭޓުގެ 30 ގޮޅިއެއް ޖޫރިމަނާކޮށްފި
މާރުކޭޓުތައް ގިނަވެ ދަތުރުވެރިންގެ މާރުކޭޓަށް ފަޅުކަން
މާރުކޭޓުން ފެންނަނީ މުޅިން ވެސް ބޭރުގެ އުފެއްދުންތައް
ވިލިމާލޭ މާރުކޭޓްގެ ކުލި މައާފް، މާލޭގައި ކުލި ކުޑަ
އޮރެންޖާއި އާފަލުގެ އަގު އިންތިހާ އަށް އުފުލިއްޖެ!
ޑިމާންޑް ދަށްވެ މާރުކޭޓުގައި ތަކެތީގެ އަގު ދަށަށް