Roadha Mihaaru
ސާފް ޗެމްޕިއަންޝިޕަށް ހާއްސަ ޕްރޮމޯޝަނެއް ސިމްޑީން

ސާފް ޗެމްޕިއަންޝިޕާ ގުޅުވައިގެން ސިމްޑީން އިލީގެ ޕްރޮމޯޝަނެއް

06 އޮކްޓޯބަރ 2021

މިހާރު ކުރިއަށްދާ ސާފް ޗެމްޕިއަންޝިޕާ ގުޅުވައިގެން ސިމްޑީން އިލީ ކޮފީގެ ހާއްސަ ޕްރޮމޯޝަނެއް ފަށައިފި އެވެ.

އިދުހާމް ނައީމް އިދުހާމް ނައީމް

މިހާރު ކުރިއަށްދާ ސާފް ޗެމްޕިއަންޝިޕާ ގުޅުވައިގެން ސިމްޑީން އިލީ ކޮފީގެ ހާއްސަ ޕްރޮމޯޝަނެއް ފަށައިފި އެވެ.

މި ޕްރޮމޯޝަންގައި، ސިމްޑީ މޯބައިލް އެޕްލިކޭޝަނާއި "ސިމްޑީ ރެސޫ" ޝޯރޫމުން ގަންނަ އިލީ ބްރޭންޑޫގެ އިންސްޓެންޓް ކޮފީގެ ކޮންމެ ދަޅަކާ އެކު އިތުރު ދަޅެއް ހިލޭ ލިބޭނެ އެވެ. މި ޕްރޮމޯޝަން ކުރިއަށްދާނީ މި މަހުގެ 16ގެ ނިޔަލަށެވެ.

ސިމްޑީން ބުނި ގޮތުގައި މިއީ ސާފް ޗެމްޕިއަންޝިޕްގެ މެޗުތައް ބަލާއިރު ސަޕޯޓަރުންގެ މެދުގައި ފުޓުބޯޅައިގެ ފޯރި އާއި އުފާވެރި މާހައުލެއް ހޯދައިދިނުމަށް ފެށި ޕްރޮމޯޝަނެއް ކަމަށެވެ.

ސިމްޑީން ސާފް ޗެމްޕިއަންޝިޕާ ގުޅުވައިގެން ފެށި ޕްރޮމޯޝަން--

ސިމްޑީން ސާފް ޗެމްޕިއަންޝިޕާ ގުޅުވައިގެން ފެށި ޕްރޮމޯޝަން--

މި ޕްރޮމޯޝަނުގެ ދަށުން އިލީ ކޮފީ ގަންނަން ބޭނުންވާ ކަސްޓަމަރުންނަށް ސިމްޑީގެ އެޕް މެދުވެރިކޮށް ގޭގައި ތިބެގެން ވެސް ވިޔަފާރި ކުރެވޭނެ އެވެ.

ސިމްޑީ އަކީ އިލީ ބްރޭންޑުގެ ރާއްޖޭގެ އޮތޮރައިޒްޑް ޑިސްޓްރިބިއުޓާ އެވެ. އެ ކުންފުނިން އިލީގެ އިތުރުން ދުނިޔޭގެ ނަން މަޝްހޫރު ގިނަ ބްރޭންޑުތަކެއް ރާއްޖެއަށް އެތެރެ ކުރެ އެވެ.