Roadha Mihaaru

އެންމެ ބޮޑު ހޮސްޕިޓަލިޓީ އެސްކްޕޯގެ ކޯ ސްޕޮންސަރަކީ ސިމްޑީ ގްރޫޕް

ރާއްޖޭގައި ބާއްވާ އެންމެ ބޮޑު ހޮސްޕިޓަލިޓީ އެސްކްޕޯ، ފުޑް އެންޑް ހޮސްޕިޓަލިޓީ އޭޝިއާ މޯލްޑިވްސް (އެފްއެޗްއޭއެމް) ގައި ސިމްޑީ އިން ކޯ ސްޕޮންސަރެއްގެ ގޮތުގައި ބައިވެރިވެއްޖެ އެވެ.

އެފްއެޗްއޭއެމްގެ ކޯ ސްޕޮންސަރަކީ ސިމްޑީ ގްރޫޕް
އައިޝަތު ޖަޒްލީ
އައިޝަތު ޖަޒްލީ

09 ސެޕްޓެމްބަރ 2025

ރާއްޖޭގައި ބާއްވާ އެންމެ ބޮޑު ހޮސްޕިޓަލިޓީ އެސްކްޕޯ، ފުޑް އެންޑް ހޮސްޕިޓަލިޓީ އޭޝިއާ މޯލްޑިވްސް (އެފްއެޗްއޭއެމް) ގައި ސިމްޑީ އިން ކޯ ސްޕޮންސަރެއްގެ ގޮތުގައި ބައިވެރިވެއްޖެ އެވެ.

ހުޅުމާލެ ސެންޓްރަލް ޕާކުގައި މިހާރު ކުރިއަށްދާ އެފްއެޗްއޭއެމް އެގްޒިބިޝަންގައި ބޮޑު ދެ ސްޓޯލްގައި ސިމްޑީ ސީޕީޑީން ވިއްކާ ގިނަ ބްރޭންޑުތަކެއްގެ އުފެއްދުންތައް ވަނީ ޝޯކޭސްކޮށްފަ އެވެ. އޭގެ ތެރެއިން އެއް ސްޓޯލް ސިމްޑީން ހާއްސަކޮށްފައިވަނީ އެ ކުންފުނިން ވިއްކާ މަގުބޫލު ދިލްމާ ސައިފަތުގެ ބާވަތްތަކަށެވެ. އެ ސްޓޯލުގެ ހަރުތަކުގައި ދިލްމާގެ އެކި ވައްތަރުގެ, އެކި ފްލޭވާތަކުގެ ސައިފަތް ބަހައްޓާފައިވެ އެވެ. އޭގެ ތެރޭގައި ދިލްމާގެ ލޫޒް ޓީ އާއި ޓީ ބޭގްސް އަދި އެލިކްސާ ވަނީ ދައްކާލައިފަ އެވެ. އެ ސްޓޯލަށް ޒިޔާރަތްކުރާ ކަސްޓަމަރުންނަށް ދިލްމާ އައިސްޓީގެ އެކި ފްލޭވާތަކުގެ ރަހަތައް ބަލާލެވޭނެ އެވެ.

ސިމްޑީގެ ދެ ވަނަ ސްޓޯލްގައި ސިމްޑީ ސީޕީޑީއިން ވިއްކާ ގިނަ ބްރޭންޑުތަކެއްގެ ޕްރޮޑަކްޓުތައް ޝޯކޭސް ކޮށްފައިވެ އެވެ. އެ ތަނުގައި ފަޔަބުލް ރާމެން، ބިޔަރެމްބާގް, ޖޭމްސް, މަސްޓާޑް އިން ފެށިގެން ގަރަފަލޯގެ ޕާސްތާ, ސްޕެގެޓީ, އައިކެފޭގެ އެކި ރަހަތައް އަދި ނޫރު ބްރޭންޑުގެ ސަންފްލާވާ އޮއިލް އާއި މަޔޮނައިޒް އާއި ދިލްމާ ބާސްމަތީ ރައިސްގެ އިތުރުން ޓާޓާ ސޯލްޓްގެ ޕްރޮޑަކްޓް ލައިން ވަނީ ދައްކާލައިފަ އެވެ.

ސިމްޑީގެ މެނޭޖިން ޑިރެކްޓަރު މިޝަލް އިބްރާހިމް މުހައްމަދު ދީދީ ވިދާޅުވީ އެކުންފުނިން އަބަދުވެސް މަސައްކަތް ކުރަމުން އަންނަނީ ތަފާތު ގްލޯބަލް ބްރޭންޑުތައް ރާއްޖެއަށް ތައާރަފްކުރުމަށް ކަމަށެވެ. އަދި އެކުންފުނިން ރާއްޖެއަށް އެކި ފުރުސަތުތައް ފަހިކޮށްދިނުމުގެ ގޮތުން އެކި ފަރާތްތަކާއި އެކު އަބަދުވެސް މަސައްކަތްތައް ކުރަމުންދާ ކަމަށް ވިދާޅުވި އެވެ. އެފްއެޗްއޭއެމްގެ ބައިވެރިވުމަކީ އެފަދަަ މަސައްކަތެއްގެ ގޮތުގައި އޭނާ ސިފަކުރެއްވި އެވެ.

އެފްއެޗްއޭއެމްގައި މިއަހަރު ސިމްޑީ ގްރޫޕާއި ދިލްމާ ގުޅިގެން "ދިލްމާ ނެޗުރަލް ލަގްޒަރީ ސޮމެލިއާ ޗެލެންޖެއް" ވަނީ ބާއްވާފަ އެވެ. މިއީ ރާއްޖޭގައި ބޭއްވި ފުރަތަމަ ސޮމެލިއާ ޗެލެންޖެވެ. އޭގެ އިތުރުން އެކުންފުންޏާއި ގުޅިގެން މިއަދު އެ އެގްޒިބިޝަނުގައި ދުނާރު ކްރިއޭޓިވް ރައިސް ޑިޝް މުބާރާތެއް ވެސް ވަނީ ފަށާފަ އެވެ.

އެފްއެޗްއޭއެމް ކުރިއަށް ދާނީ މިރޭ ހަތެއް ޖަހަންދެނެވެ.