Roadha Mihaaru

ސިމްޑީގެ "މޮނިން ޑޭ"އަށް ހޫނު ތަރުހީބެއް!

ސިމްޑީއިން ކުރުނބާ މޯލްޑިވްސްގައި ބޭއްވި "މޮނިން ޑޭ" ހަރަކާތް ކާމިޔާބުކަމާ އެކު ނިންމާލައިފި އެވެ.

ސިމްޑީގެ "މޮނިން ޑޭ"އަށް ހޫނު ތަރުހީބެއް!
އައިޝަތު ޖަޒްލީ
އައިޝަތު ޖަޒްލީ

25 އެޕްރީލް 2025

ސިމްޑީއިން ކުރުނބާ މޯލްޑިވްސްގައި ބޭއްވި "މޮނިން ޑޭ" ހަރަކާތް ކާމިޔާބުކަމާ އެކު ނިންމާލައިފި އެވެ.

ރާއްޖޭގައި މަސައްކަތް ކުރާ ބަރިސްތާއިންނާއި މިކްސޮލިޖިސްޓުން އަދި ރިސޯޓުތަކުގެ ބެވަރެޖް ޓީމުތަކާއި ކެފޭ އޯނަރުން ބައިވެރިވި އެ ހަރަކާތް ބޭއްވީ މިދިޔަ ބުދަ ދުވަހު އެވެ. އެ ހަރަކާތުގައި މެދުއިރުމައްޗަށް "މޮނިން" އިން ކަނޑާއަޅާފައިވާ އެކްސްޕާޓް ނާނާ ސެޗޭ ވަނީ "މޮނިން" ބްރޭންޑުގެ ހާއްސަ ވޯކްޝޮޕަކާއި މާސްޓާ ކްލާހެއް ކުރިއަށް ގެންގޮސްފަ އެވެ.

އެ ސެޝަންތަކުގައި "މޮނިން"ގެ އާ ފްލޭވާތަކާއި އެ ބްރޭންޑުގެ އެކި އުފެއްދުންތަކާ ގުޅޭ މައުލޫމާތު ވެސް ބައިވެރިންނާ ހިއްސާކުރި އެވެ.

"މޮނިން ޑޭ" ހަރަކާތުގައި ސިމްޑީގެ އިސްވެރިން.

"މޮނިން ޑޭ" ހަރަކާތުގައި ސިމްޑީގެ އިސްވެރިން.

ސިމްޑީން ބުނީ އެ ހަރަކާތުގެ ބައިވެރިންނަށް މާސްޓާ ކްލާސްތަކުގެ އެހީގައި ކޮންޓެމްޕަރަރީ ބުއިންތައް ތައްޔާރުކޮށް މިހާރުގެ ޓްރެންޑުތަކާ ގުޅޭގޮތަށް މެނޫތައް ބަދަލުކުރުމަށް ބޭނުންވާ މައުލޫމާތާއި "މޮނިން"ގެ އާ ރަހަތަކާ ގުޅޭ ގިނަ މައުލޫމާތުތަކެއް ލިބި އެ ރަހަތައް ތަޖުރިބާކުރުމުގެ ފުރުސަތު ލިބުނު ކަމަށެވެ.

ސިމްޑީއިން ބޭއްވި "މޮނިން" ހަރަކާތުގައި ބައިވެރިއަކު ބުއިމެއް ތައްޔާރު ކުރަނީ.

ސިމްޑީއިން ބޭއްވި "މޮނިން" ހަރަކާތުގައި ބައިވެރިއަކު ބުއިމެއް ތައްޔާރު ކުރަނީ.

އެ ހަރަކާތުގައި "މޮނިން"ގެ އެންމެ ފަހުގެ އުފެއްދުން ކަމަށްވާ ޕެރޮގޮން ކޯޑިއަލްސް ތައާރަފްކޮށް އޭގެ އެހީގައި ތަފާތު ބުއިންތައް ތައްޔާރުކުރާނެ ގޮތުގެ މައުލޫމާތު ދިނެވެ.

"މޮނިން ޑޭ" ހަރަކާތާ ގުޅޭ ގޮތުން ސިމްޑީ ގްރޫޕުުގެ މެނޭޖިން ޑިރެކްޓަރު މިޝަލް އިބްރާހިމް މުހައްމަދު ދީދީ ވަނީ "މޮނިން" އެކު ސިމްޑީއިން ބާއްވާ ގާތް ގުޅުމަކީ މުޅި އިންޑަސްޓްރީއަށް އެކަމުގެ ސަބަބުން ގިނަ ކުރިއެރުންތަކެއް ލިބޭ ކަމެއްގެ ގޮތުގައި ސިފަކުރައްވާފަ އެވެ.

އޭނާ ވިދާޅުވީ އެ ގުޅުމުގެ ސަބަބުން ރާއްޖޭގެ އެފްއެންޑްބީ ދާއިރާ ކުރިއެރުވުމުގައި "މޮނިން ޑޭ" ފަދަ އެކި ހަރަކާތްތަކުގެ ޒަރީއާއިން އެކި ތަމްރީނުތައް އެ ދާއިރާގައި މަސައްކަތް ކުރާ ފަރާތްތަކަށް ލިބެމުންދާ ކަމަށެވެ.

"މޮނިިން ޑޭ" އަކީ ސިމްޑީއިން ކޮންމެ އަހަރަކު ވެސް އެ ބްރޭންޑާ ގުޅިގެން ބާއްވާ ހަރަކާތެކެވެ. ސިމްޑީ އަކީ ރާއްޖޭގެ "މޮނިން" ބްރޭންޑުގެ އެކްސްކްލޫސިވް ޑިސްޓްރިބިއުޓަރެވެ. ސިމްޑީން އެ ބްރޭންޑުގެ 20 ވައްތަރެއްގެ ޕިއުރީ އާއި 50 އަށް ވުރެ ގިނަ ވައްތަރުގެ ފްލޭވާ ވިއްކަ އެވެ. "މޮނިން"ގެ އުފެއްދުންތައް ދުނިޔޭގެ 150 އަށް ވުރެ ގިނަ ގައުމުގައި ވިއްކަ އެވެ.