ބައިނަލްއަގުވާމީ ކޮފީ ދުވަސް ފާހަގަކުރުމުގެ ގޮތުން ސިމްޑީ ރެސޫ އާއި މާގިރި ހޮޓެލް ގުޅިގެން، ކޮފީ މެޝިނެއް ދޭ ގިވްއަވޭ ޕްރޮމޯޝަނެއްގައި ފަށައިފި އެވެ.
16 ސެޕްޓެމްބަރ 2025
ބައިނަލްއަގުވާމީ ކޮފީ ދުވަސް ފާހަގަކުރުމުގެ ގޮތުން ސިމްޑީ ރެސޫ އާއި މާގިރި ހޮޓެލް ގުޅިގެން، ކޮފީ މެޝިނެއް ދޭ ގިވްއަވޭ ޕްރޮމޯޝަނެއްގައި ފަށައިފި އެވެ.
މި ޕްރޮމޯޝަނުގައި ބައިވެރިވެވޭނީ މާގިރި ހޮޓެލްގެ ރެސްޓޯރަންޓުން އިލީ ކޮފީއެއް އޯޑަރު ކުރުމަށް ފަހު، އެ ކޮފީ ތަށީގެ ފޮޓޯ އިންސްޓަގްރާމުގައި ޕޯސްޓުކޮސްގެންނެވެ. ފޮޓޯ ޕޯސްޓުކުރަން ޖެހޭނީ އިލީ މޯލްޑިވްސް، މާގިރި ހޮޓެލް އަދި ސިމްޑީ ގްރޫޕުގެ އިންސްޓަގްރާމް އެކައުންޓު ޓެގް ކުރުމަށް ފަހު އެވެ. މި ޕްރޮމޯޝަނުން ގުރުއަތުން ހޮވޭ ފަރާތަކަށް އިލީ އެކްސް9 ކްރޯމް ކޮފީ މެޝިނެއް ލިބޭނެ އެވެ.
މި ކޮފީ މެޝިން ލިބޭ ފަރާތެއް ހޮވާނީ ބައިނަލްއަގުވާމީ ކޮފީ ދުވަސް ފާހަގަކުރާ އޮކްޓޯބަރު 1 ގަ އެވެ. މި ގިވްއަވޭގައި މި މަސް ނިމެންދެން ބައިވެރިވެވޭނެ އެވެ.
ސިމްޑީން މާގިރިއާ ގުޅިގެން މި ޕްރޮމޯޝަން ފަށާފައިވާއިރު، އިލީ ކޮފީގެ އާ މެނޫ އެއް ވެސް އެ ހޮޓެލްއިން ވަނީ ލޯންޗުކޮށްފަ އެވެ.
ސިމްޑީން އިލީ ކޮފީގެ އާ ރަހަތައް މާކެޓަށް ތައާރަފްކުރީ މިދިޔަ އަހަރު އެވެ. އޭގެ ތެރޭގައި ކެރަމެލް މަކިއާޓޯ، އެސްޕްރެސޯ މާޓިނީ، ޗޮކްލެޓް ކުކީ ފްރެޕް، ހޭޒަލްނަޓް ކަޕަޗީނޯ، ވެނީލާ ލާޓޭ، ޑޭޓް އެންޑް ޕޮޕްކޯން ފްރީކް ޝޭކް، ވެނީލާ ލާޓޭ އަދި ކޮފީ މެންހެޓަން ހިމެނެ އެވެ.
އިލީގެ އުފެއްދުންތައް ރާއްޖޭގައި ވިއްކާ އޮތަރައިޒްޑް ޑިސްޓްރިބިއުޓަރަކީ ސިމްޑީ ގްރޫޕެވެ.
ދިލްމާ ސައިގެ ޗެލެންޖަށް ބޮޑު ކާމިޔާބެއް
އެފްއެޗްއޭއެމްގެ ކޯ ސްޕޮންސަރަކީ ސިމްޑީ ގްރޫޕް
އެފްއެޗްއޭއެމްގައި ދިލްމާ ސައިގެ ޗެލެންޖެއް
އިލެކްޓްރޮލަކްސް ޕްރޮފެޝަނަލްއާ ގުޅިގެން ވޯކްޝޮޕެއް
"ރިޕްކާލް"ގެ ރީޓެއިލް ފިހާރައެއް ހުޅުމާލެއަށް
ސިމްޑީގެ "މޮނިން ޑޭ"އަށް ހޫނު ތަރުހީބެއް!
ސިމްޑީގެ "މޮނިން ޑޭ" ހަރަކާތް މާދަމާ ކުރުނބާގައި
ނަފްސާނީ ބަލިތަކަށް ފަރުވާދޭން މަސައްކަތްކުރަން ޖެހޭ
އައިސީޕީއަށް 10 އަހަރުފުރުން ފާހަގަކޮށްފި
ސިމްޑީން ދޭ ކެމެރާ ލިބުނު ނަސީބުވެރިޔާ ހޮވައިފި