Roadha Mihaaru

ސިމްޑީ ރޯދަ ޕްރޮމޯޝަންގެ ކެމެރާ ލިބުނު ނަސީބުވެރިޔާ ހޮވައިފި

ސިމްޑީން މި އަހަރުގެ ރޯދަ މަހު ކުރިއަށް ގެންދިޔަ ޕްރޮމޯޝަނުގެ ބޮޑު އިނާމަކަށް ހުށަހެޅި ކެނޮން ބްރޭންޑުގެ ޕަވަޝޮޓް ޖީ7 އެކްސް މާކް 3 ކެމެރާގެ ނަސީބުވެރިޔާ ހޮވައި، އިނާމު ހަވާލުކޮށްފި އެވެ.

ސިމްޑީން ދޭ ކެމެރާ ލިބުނު ނަސީބުވެރިޔާ ހޮވައިފި
އައިޝަތު ޖަޒްލީ
އައިޝަތު ޖަޒްލީ

06 އެޕްރީލް 2025

ސިމްޑީން މި އަހަރުގެ ރޯދަ މަހު ކުރިއަށް ގެންދިޔަ ޕްރޮމޯޝަނުގެ ބޮޑު އިނާމަކަށް ހުށަހެޅި ކެނޮން ބްރޭންޑުގެ ޕަވަޝޮޓް ޖީ7 އެކްސް މާކް 3 ކެމެރާގެ ނަސީބުވެރިޔާ ހޮވައި، އިނާމު ހަވާލުކޮށްފި އެވެ.

ސިމްޑީ ސީޕީޑީގައި އޮތް ހާއްސަ ރަސްމިއްޔާތެއްގައި، ކެމެރާ ލިބުނު ފަރާތާ އެ އިނާމު ހަވާލުކޮށްދެއްވީ އެ ކުންފުނީގެ ފައިނޭންޝަލް ކޮންޓްރޯލާ، ޗަމިންދާ ހެގޯޑާ އެވެ.

ސިމްޑީން ދިން ކެނޮން ޕަވަޝޮޓް ޖީ7 އެކްސް މާކް 3 ކެމެރާ އަކީ މި ދުވަސްވަރު ދުނިޔޭގެ ކޮންޓެންޓް ކްރިއޭޓަރުންގެ މެދުގައި އެންމެ މަގުބޫލު އެއް ކެމެރާ އެވެ. އަދި އެއީ 4ކޭ ކޮލިޓީގެ ވީޑިއޯ ނެގުމުގެ ގާބިލުކަން ހުންނަ ފަސޭހައިން ލައިވް ސްޓްރީމް ކުރުވޭނެ ފީޗާތައް ހިމެނޭ ކެމެރާއެކެވެ.

ސިމްޑީން ރޯދަ މަހަށް ހާއްސަކޮށް ޕްރޮމޯޝަން ކުރިއަށް ގެންދިޔައީ ފެބްރުއަރީ މަހުގެ 17 ވަނަ ދުވަހުން މާޗު މަހުގެ ނިޔަލަށެވެ. އެ ޕްރޮމޯޝަނުގައި ކޮންމެ ހަފްތާއަކު ވެސް ނަސީބުވެރި އެއް ފަރާތަކަށް ހާއްސަ އިނާމުތަކެއް ވަނީ ދީފަ އެވެ. އޭގެ ތެރޭގައި އެ ކުންފުނިން ވިއްކާ އެކި ބްރޭންޑުގެ އުފެއްދުންތައް ހިމެނޭ ދެ ގިފްޓު ހެމްޕާއަކާއި އިލޮކްޓްރަލަކްސް ޓޭބަލް ޓޮޕް އަވަނެކާއި އިލޮކްޓްރަލަކްސް އިސްތިރިއަކާއި ވެޓް/ޑްރައި ވެކިއުމް ކްލީނާއެއް ހިމެނެ އެވެ.

ސިމްޑީން ކޮންމެ އަހަރަކު ވެސް ރޯދަ މަހަށް ހާއްސަކޮށް ބޮޑު ޕްރޮމޯޝަނެއް ކުރިއަށް ގެންދެ އެވެ. އެ ކުންފުންޏަކީ ދިވެހިންގެ މެދުގައި މަގުބޫލު މޮނިން ސިރަޕާއި، ދިލްމާ ސައިފަތް އަދި ދުނާރު ބާސްމަތީ ރައިސް، ފަޔާބުލް ރާމަން، ގަރަފަލޯ ޕާސްތާ ފަދަ އެކި އުފެއްދުންތައް ވިއްކާ ކުންފުންޏެކެވެ.