Roadha Mihaaru

އިލެކްޓްރޮލަކްސް ޕްރޮފެޝަނަލްއާ ގުޅިގެން ސިމްޑީއިން ހާއްސަ ވޯކްޝޮޕެއް

ހޮސްޕިޓާލިޓީ އިންޑަސްޓްރީގައި މަސައްކަތް ކުރާ ފަރާތްތަކަށް އަމާޒުކޮށް ސިމްޑީ ރެސޫއިން އިލެކްޓްރޮލަކްސް ޕްރޮފެޝަނަލްއާ އެކު "ދަ ފިއުޗާ އޮފް ސަސްޓެއިނަބަލް ލޯންޑްރީ އެންޑް ފެބްރިކް ކެއާ" ގެ ނަމުގައި ހާއްސަ ވޯކްޝޮޕެއް ހިންގައިފި އެވެ.

އިލެކްޓްރޮލަކްސް ޕްރޮފެޝަނަލްއާ ގުޅިގެން ވޯކްޝޮޕެއް
އައިޝަތު ޖަޒްލީ
އައިޝަތު ޖަޒްލީ

03 އޯގަސްޓް 2025

ހޮސްޕިޓާލިޓީ އިންޑަސްޓްރީގައި މަސައްކަތް ކުރާ ފަރާތްތަކަށް އަމާޒުކޮށް ސިމްޑީ ރެސޫއިން އިލެކްޓްރޮލަކްސް ޕްރޮފެޝަނަލްއާ އެކު "ދަ ފިއުޗާ އޮފް ސަސްޓެއިނަބަލް ލޯންޑްރީ އެންޑް ފެބްރިކް ކެއާ" ގެ ނަމުގައި ހާއްސަ ވޯކްޝޮޕެއް ހިންގައިފި އެވެ.

ދެ ދުވަހުގެ މުއްދަތަށް ބޭއްވި އެ ވޯކްޝޮޕަކީ މިދިޔަ މަހުގެ 29 ވަނަ ދުވަހުން ފެށިގެން 30 ވަނަ ދުވަހުގެ ނިޔަލަށް ކުރިއަށް ގެންދިޔަ ވޯކް ޝޮޕެކެވެ. އެ ވޯކްޝޮޕްގައި ރިސޯޓުތަކާއި ހޮސްޕިޓާލިޓީ ދާއިރާގައި މަސައްކަތް ކުރާ ފަރާތްތަކަށް ލޯންޑްރީގެ އާ ޓެކްނޮލަޖީތަކާއި އެ ދާއިރާގައި ހުރި އިކޯފްރެންޑްލީ ޕްރެކްޓިސްތައް ވަނީ ދަސްކޮށްދީފަ އެވެ.

އެ ވޯކްޝޮޕް އިސްކޮށް ކުރިއަށް ގެންދެވީ އިލޮކްޓްރޮލަކްސް ޕްރޮފެޝަނަލްއިން އޭޝިއާ ޕެސިފިކް ރީޖަނަށް ކަނޑައަޅާފައި ހުރި ލެގޫން ސްޕެޝަލިސްޓު ޖިން ހޮކް ކޯ އެވެ. އޭނާ އަކީ ކޮމާޝަލް ލޯންޑްރީގެ ދާއިރާގައި 25 އަހަރުގެ ތަޖުރިބާ ހުރި މީހެކެވެ.

އެ ވޯކްޝޮޕްގައި މޮޑާން ވެޓް-ކްލޯނިން ސޮލިއުޝަންތަކާއި އެނާޖީ އެފިޝަންޓް ސިސްޓަމްތައް ވަނީ ދައްކާލައިފަ އެވެ. އަދި ކޮންމެ ދުވަހެއްގެ ލޯންޑްރީ މަސައްކަތްތަކުގައި ފެބްރިކް ކޮލެޓީ އާއި ޕާފޯމަންސަށް ބަދަލު ނުގެނެސް ބޭނުން ކުރެވޭނެ ސަސްޓެއިނަބިލިޓީ ޕްރެކްޓިސްތައް އަމަލީ ގޮތެއްގައި ބޭނުން ކުރާނެ ގޮތްތައް ވެސް ކިޔައިދިނެވެ. އެ ވޯކްޝޮޕްގެ ބައިވެރިންނަށް އިލޮކްޓްރޮލަކްސް ޕްރޮފެޝެނަލްސްގެ އިކުއިޕްމަންޓާ އެކު އެފިޝެންސީ އިތުރުކޮށް އަދި ހަރަދު ކުޑަކޮށް ތިމާވެއްޓަށް ކުރާ ނޭދެވޭ އަސަރު ކުޑަކުރެވޭނެ ގޮތްތައް ވަނީ ދަސްކޮށްދީފަ އެވެ.

އެ ވޯކްޝޮޕްގައި ސިމްޑީ ރެސޫ އާއި އިލޮކްޓްރޮލަކްސް ޕްރޮފެޝަނަލް ގުޅިގެން ރާއްޖޭގެ ހޮސްޕިޓާލިޓީ ދާއިރާގައި ލޯންޑްރީގެ ޕްރޮސެސް ބަދަލުކޮށް، އާ ސްޓޭންޑާޑްތަކެއް ގެނެސްދެމުންދާކަން ވަނީ ހާމަކޮށްދީފަ އެވެ.

ސިމްޑީއިން ބުނީ އެ ވޯކްޝޮޕަކީ އިލޮކްޓްރޮލަކްސް ޕްރޮފެޝަނަލްއާ އެކު އޮތް ގާތް ގުޅުމާއި ރާއްޖޭގެ ރިސޯޓުތަކުގައި ސަސްޓެއިނިބިލިޓީ ޕްރެކްޓިސްތައް ތައާރަފް ކުރުމަށް ކުރަމުންދާ މަސައްކަތްތަކުގެ ތެރެއިން ބޭއްވި ވޯކްޝޮޕެއް ކަމަށެވެ.

ސިމްޑީ ރެސޫ އަކީ އިލޮކްޓްރޮލަކްސްގެ އުފެއްދުންތައް ރާއްޖޭގައި ވިއްކާ އޮތޮރައިޒްޑް ޑިސްޓްރިބިއުޓަރެވެ.