24 ނޮވެމްބަރ 2020
ޓޫރިޒަމްގެ ގާނޫނަށް ސަރުކާރުން ހުށަހެޅި އިސްލާހާ ގުޅިގެން އެމްޑީޕީގެ ޕާލަމެންޓްރީ ގްރޫޕްގެ ލީޑަރު އަދި ރައްޔިތުންގެ މަޖިލީހުގެ މެދު ހެންވޭރު ދާއިރާގެ މެމްބަރު އަލީ އާޒިމް އިކޮނޮމިކް މިނިސްޓަރު ފައްޔާޒް އިސްމާއީލަށް ބޮޑެތި ތުހުމަތެއް ކުރައްވައިފި އެވެ.
ޓޫރިޒަމްގެ ގާނޫނަށް ސަރުކާރުން ހުށަހެޅި އިސްލާހާ ގުޅިގެން އެމްޑީޕީގެ ޕާލަމެންޓްރީ ގްރޫޕްގެ ލީޑަރު އަދި ރައްޔިތުންގެ މަޖިލީހުގެ މެދު ހެންވޭރު ދާއިރާގެ މެމްބަރު އަލީ އާޒިމް އިކޮނޮމިކް މިނިސްޓަރު ފައްޔާޒް އިސްމާއީލަށް ބޮޑެތި ތުހުމަތެއް ކުރައްވައިފި އެވެ.
ޓޫރިޒަމާ ބެހޭ ގާނޫނަށް ސަރުކާރުގެ ފަރާތުން އިސްލާހަށް އަމިއްލަ އަށް ހުށަހެޅުއްވި އިސްލާހުގެ ބަހުސްގައި އާޒިމް ކުރެއްވި އެއް ތުހުމަތަކީ "ވައްކަންތަކެއް ކޮށްފައިވާ" ކަމަށެވެ. އޭނާ އެ ތުހުމަތު ކުރެއްވީ ފައްޔާޒުގެ ނަން ވިދާޅުނުވިޔަސް ފައްޔާޒްކަން އެނގޭ ގޮތަށެވެ.
ސަރުކާރުގެ ކުންފުނިތައް އިތުރުކުރަނީ އިކޮނޮމިކް މިނިސްޓަަރަށް ބާރުދޭން ކަމަށް މިދިޔަ އޮތް ޖަލްސާގައި ބުދަދުވަހު އާޒިމް ވިދާޅުވުމުން އެ ވާހަކަ އަށް ފައްޔާޒް ރައްދު ވެސް ދެއްވި އެވެ. ޓޫރިޒަމް ގާނޫނަށް އިސްލާހު ގެނައުމުގެ ބިލު މިއަދުގެ ޖަލްސާގައި މަޖިލީހުގެ ތަޅުމަަށް ހުށަހެޅުއްވުމަށް ފަހު ބަހުސް ކުރެއްވުމުގެ ފުރުސަތު ހޯއްދަވާފައި އާޒިމް ވިދާޅުވީ ސަރުކާރުގެ ފަރާތުން ބިލު ހުށަހެޅިޔަސް ރައްޔިތުންގެ މަންދޫބެއްގެ ހައިސިއްޔަތުން ކަންބޮޑުވުން އެބަހުރި ކަމަށެވެ.
އޭނާ ވިދާޅުވީ ޓޫރިޒަމް އިންޑަސްޓްރީގައި މިހާރު ވެސް ސަރުކާރުގެ ދެ ކުންފުނި އޮތް އިރު އަނެއްކާ ވެސް ކުންފުންޏެއް އުފައްދާ ގޮތަށް ބިލުގައި ހިމަނާފައި ވަނީ ކީއްވެތޯ ސުވާލު އުފެދޭ ކަމަށެވެ. އެ މައްސަލައިގައި ފައްޔާޒަށް ފާޑުވިދާޅުވަމުން އާޒިމް ވިދާޅުވީ "ނޭނގޭ ގޮތަށް ވައްކަން ނުކުރެވޭނެ" ކަމަށާއި ކޮށްފައި ހުރި ވައްކަންތައް ވެސް އެނގިވަޑައިގަންނަވާ ކަމަށެވެ.
"އަޅުގަނޑެއް ފަހަރެއްގައި ވެސް ނުބުނަން ވައްކަން ކުރަން މާމޮޅުވާނެއެކޭ ތިމަންނާ އަށް މިކަންކަން ކޮށްލެވިދާނޭ އެއްވެސް މީހަކަށް ނޭނގޭ އުސޫލުން. ނޫން ނުވެސް ކުރެވޭނެ. އެ ފުރުސަތެއް ވެސް އަޅުގަނޑުމެން ނުވެސް ދޭނެ. ވައްކަން ނޭނގޭ ގޮތަކަށް ވެސް ނުކުރެވޭނެ. އަޅުގަނޑުމެންނަށް އެނގޭ ކުރާ ވައްކަން ވެސް. އަޅުގަނޑުމެންނަށް އެބަހުރި އެކަންކަން ފެންނަން،" އާޒިމް ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ ކޮށްފައި ހުރި ކަމަށް އޭނާ އެ ވިދާޅުވާ ވައްކަމުގެ ވާހަކަ ނުދައްކަވަނީ މައްސަލަ ރީތިކޮށް ހައްލުކުރައްވަން އުއްމީދުކުރައްވާތީ ކަމަށެވެ.
"އެެ ކަންތައްތައް އަޅުގަނޑުމެން ބޭނުންވާ ގޮތަށް ހައްލުނުކުރެވެންޏާ ދެން އޮންނާނީ އަޅުގަނޑުމެން ރީތިކޮށް މިތާ ކިޔައިލަދިނުން."
އިކޮނޮމިކް މިނިސްޓަރު ފައްޔާޒް އިސްމާއީލް. އެމްޑީޕީގެ ޕީޖީ ލީޑަރު އަލީ އާޒިމް ފައްޔާޒަށް މިއަދު ތުހުމަތުތަކެއް ކުރެއްވި
އާޒިމް ވިދާޅުވީ އާއްމުންގެ ވިޔަފާރީގެ ތެރެއަަށް ސަރުކާރުން ވަންނަން ކުންފުންޏެއް ހެދުމަކީ އެ ސިނާއަތުގެ މަންފާގައި އަތްއެޅުން ފަދަ ކަމެއް ކަމަށެވެ. ޓޫރިޒަމަކީ ރަން ބިސްއަޅާ ކުކުޅު ކަމަށް ވަންޏާ ސަރުކާރުން އެ ވިޔަފާރީގެ ތެރެއަށް ވަނުމަކީ "ކުކުޅުގެ ފޫކޮޅުގައި އަތް އެޅުން" ކަމަށް އޭނާ ސިފަކުރެއްވި އެެވެ.
"ބިހެއް ނާޅާގޮތަށް އަތް އަޅަން މިއުޅެނީ،" އޭނާ ވިދާޅުވި އެވެ.
ޓޫރިޒަމް ޕްރޮމޯޓްކުރަން އުފެއްދި ކުންފުނި އއެމްއެމްޕީއާރުސީގެ ތެރެއިން ކުރީ ސަރުކާރުގެ ދުވަސްވަރު ހިންގި ބޮޑު ޚިޔާނާތަކީ އޭނާ ވިދާޅުވިގޮތުގައި ކުކުޅުގެ ބަނޑުގައިހުރި ބިސް އެއްފަހަރާ ނެގުން ކަަހަލަަ ކަމެކެވެ.
"އެހެންވީމާ މިއަދު އަޅުގަނޑުމެން އެބަ ބަލައިލަން ޖެހޭ އެމްއެމްޕީއާރުސީ ފަަދަ އަނެއް ވައްކަންކުރަން ވެގެން ތައްޔާރުކޮށްފައި އޮތް ބާބެއްތޯ މިއީ؟" އާޒިމް ސުވާލުކުރެއްވި އެވެ.
އާޒިމް ވިދާޅުވީ ބިލުގައި ހުރި އެފަދަ ކަންތައްތަކާ މަޖިލީހުގެ މެމްބަރުން ވިސްނަވަން ޖެހޭނެ ކަމަށެވެ.
ޓޫރިޒަމްގެ ގާނޫަނަށް ގެންނަ އިސްލާހަކީ އެ ބިލް ގާނޫނަކަށް ވުމުން ސަރުކާރަށް އާމްދަނީ ލިބޭނެ ބިލަކަށް ވާތީ މަސައްކަތްކުރުމަށް ޓަކައި ރައްޔިތުންގެ މަޖިލީހުގެ މުޅި މަޖިލީހުގެ ކޮމިޓީ އަށް އާޒިމް އެ ބިލް ހުށަހެޅުއްވި އެވެ. އޭނާގެ ހުށަހެޅުއްވުމަށް ޖަވާބު ދެއްވަމުން ރިޔާސަަތުން މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވީ ބަޖެޓް ކޮމިޓީން ބަޖެޓް ދިރާސާކޮށް ނިންމާފައި ވަނީ އެ ބިލު ގާނޫނަކަށް ވުމުން ލިބޭ އާމްދަނީ ހިމަނައިގެން ކަމަށެވެ. އެހެންވެ އެ ބިލްގެ މަސައްކަތް އަވަހަށް ނިންމެވުމަކީ އަމާޒެއް ކަަމަށް ވިދާޅުވި އެެވެ.
އެއާޕޯޓް ޓެކްސް ބިދޭސީންނަށް ބޮޑުކުރަން ފާސްކޮށްފި
އާޒިމް ވިދާޅުވަނީ މައްސަލައަކީ ބައެއް ވަޒީރުން ކަމަށް
ބޯޑަރު ހުޅުވި ފަހުން އެއްލައްކަ ވަނަ ޓޫރިސްޓު މާދަމާ
މުހިއްމީ ރިސޯޓް ކުއްޔެއްނޫން، ޖުމްލަ ފައިދާ: ފައްޔާޒް
"ބްރޯ"ގެ ލަގަބާ އެކު ކޯލްތައް ގިނަވެއްޖެ: ފައްޔާޒު
ޓޫރިސްޓުން ގެންނަން ރާއްޖެ ހާއްސަ މަޝްވަރާތަކެއްގައި
ޓޫރިސްޓުން ގެނައުމުގެ ގައިޑްލައިނަށް ބަދަލު ގެންނަނީ
ސަރުކާރަށް މިކަން ކުރަން ކެރެން އެބަ ޖެހޭ!
މަޓީން ބުނަނީ މިއަހަރު ޓޫރިސްޓުން ނާންނާނެއޭ: ނަޝީދު
މަޓީގެ ބަޔާނަކީ ސަރުކާރުގައި ކޮޅުފައިންޖެހުން: ފައްޔާޒް