Roadha Mihaaru
ޓޫރިސްޓުން ގެނައުމުގެ ގައިޑްލައިނަށް ބަދަލު ގެންނަނީ

ޓޫރިޒަމް އަލުން ފެށުމުގެ ގައިޑްލައިނަށް ބަދަލު ގެންނަން ރައީސް ނިންމަވައިފި

18 ޖޫން 2020

ކޮވިޑް-19 އަށް ފަހު ރާއްޖޭގެ ޓޫރިޒަމް އަލުން ހުޅުވާލައި، ޓޫރިސްޓުން ގެންނަން ކަނޑައަޅާފައިވާ އުސޫލަށް ބަދަލުތަކެއް ގެންނަން ރައީސް އިބްރާހިމް މުހައްމަދު ސޯލިހު މިއަދު ނިންމަވައިފި އެވެ.

ޝުރުފާ މުހައްމަދު ޝުރުފާ މުހައްމަދު

ކޮވިޑް-19 އަށް ފަހު ރާއްޖޭގެ ޓޫރިޒަމް އަލުން ހުޅުވާލައި، ޓޫރިސްޓުން ގެންނަން ކަނޑައަޅާފައިވާ އުސޫލަށް ބަދަލުތަކެއް ގެންނަން ރައީސް އިބްރާހިމް މުހައްމަދު ސޯލިހު މިއަދު ނިންމަވައިފި އެވެ.

އެ މަނިކުފާނު މި ގޮތަށް ނިންމެވީ، މިދިޔަ މާޗް 27 ން ފެށިގެން ހުއްޓިފައިވާ ރާއްޖޭގެ ޓޫރިޒަމް އަލުން ހުޅުވައިލުމާ ގުޅޭ ގޮތުން ތައްޔާރު ކޮށްފައިވާ ގައިޑްލައިނާ މެދު، "ނެޝަނަލް ޓާސްކްފޯސް އޮން ރެސިލިއަންސް ބިލްޑިންގް އެންޑް އިކޮނޮމިކް ރިކަވަރީ" ގެ ދެވަނަ ބައްދަލުވުމުގައި ކުރެއްވި މަޝްވަރާތަކުގަ އެވެ.

ރައީސް އޮފީހުން ބުނީ، ޓޫރިޒަމް މިނިސްޓްރީން ތައްޔާރު ކޮށްފައިވާ ގައިޑްލައިންގެ ބައެއް މާއްދާތައް ބަދަލު ކުރައްވަން ރައީސް ނިންމެވީ، ކޮވިޑް-19 އާ ގުޅިގެން ކުރިމަތިވެފައިވާ ކަންކަމުން އަރައިގަތުމަށްޓަކައި އުފައްދާފައިވާ ޓާސްކްފޯހުގެ މެމްބަރުންގެ ހިޔާލުތަކާ އެއްގޮތަށް ކަމަށެވެ.

ރައީސް އޮފީހުން ބުނީ މިއަދުގެ ބައްދަލުވުމުގައި، ރާއްޖޭގެ ބޯޑަރު އަންނަ މަހު ހުޅުވައިލާއިރު، އެކަމުގައި ސަރުކާރުގެ ވިސްނުން ހުރި ގޮތް ޓާސްކްފޯހުގެ މެމްބަރުންނާ ރައީސް ހިއްސާކުރެއްވި ކަމަށެވެ. އެ އުސޫލާ މެދު ޓާސްކްފޯސްގެ ބައިވެރިންގެ ހިޔާލު ވެސް ރައީސް ހޯއްދެވި ކަމަށް ރައީސް އޮފީހުން ބުނެ އެވެ.

ޓާސްކްފޯހުގެ މެންބަރުން ހިޔާލު ހުށަހެޅުއްވި ކަންކަމުގެ ތެރޭގައި ޓޫރިސްޓުން އަލުން ގެންނަން ފަށާއިރު، އަމަލު ކުރާނެ ގޮތްތައް ބަޔާން ކޮށްފައިވާ މާއްދާތަކާއި ކޮވިޑް-19 އަށް ޓޫރިސްޓުން ޓެސްޓު ކުރުމާއި އައިސޮލޭޓް ކުރުމާއި ރިސޯޓުތަކަށް ދާ މީހުން އަމަލުކުރަންޖެހޭ ގޮތްތައް ހިމެނޭ ކަމަށް ރައީސް އޮފީހުން ބުންޏެވެ.

ރައީސް އޮފީހުން ބުނީ، ޓޫރިޒަމް މިނިސްޓްރީން ތައްޔާރު ކޮށްފައިވާ ގައިޑްލައިންގެ ބައެއް މާއްދާތައް ބަދަލު ކުރައްވަން ރައީސް ނިންމެވީ، ކޮވިޑް-19 އާ ގުޅިގެން ކުރިމަތިވެފައިވާ ކަންކަމުން އަރައިގަތުމަށްޓަކައި އުފައްދާފައިވާ ޓާސްކްފޯހުގެ މެމްބަރުންގެ ހިޔާލުތަކާ އެއްގޮތަށް ކަމަށެވެ.

ރާއްޖޭގެ ބޯޑަރު އަލުން ހުޅުވާލާއިރު ދިވެހިންނާއި ޓޫރިސްޓުންނާއި ރާއްޖޭގައި އުޅޭ ހުރިހާ އެންމެންގެ ރައްކާތެރިކަން ކަށަވަރުކުރުމަށް ކުރަންޖެހޭ ކަންކަމާ މެދު މިއަދުގެ ބައްދަލުވުމުގައި މަޝްވަރާ ކުރެއްވި އެވެ.

ރާއްޖެ އަށް އަަލުން ޓޫރިސްޓުން ގެންނަން ފެށުމުގެ ގައިޑްލައިން އެންމެ ފުރަތަމަ ހުޅުވައިލީ ކަމާބެހޭ ފަރާތްތަކުގެ ހިޔާލާއި މަޝްވަރާ އަށެވެ. މި ގައިޑްލައިން މީގެ ކުރިން ރައްޔިތުންގެ މަޖިލީހަށް ވެސް ހުށަހަޅާފައި ވެ އެވެ. މަޖިލީހުގެ ލަފަޔަކަށް ފޮނުވުމުން އިގްތިސާދީ ކޮމިޓީން ފާސްކޮށްފައި ވަނީ ރާއްޖެ އަށް އަންނަ ކޮންމެ ޓޫރިސްޓެއްގެ އަތުން ކޮންމެ ރެއަކަށް "ޓޫރިޒަމް ކޮވިޑް-19 ޓެކްސް"ގެ ގޮތުގައި އަށް ޑޮލަރު ނެގުމަށެވެ.

ނަމަވެސް މަޖިލީހުގެ ތަޅުމަށް އެ ރިޕޯޓު ފޮނުވުމުން މެމްބަރުން އެކަމަށް ދެކޮޅު ހެއްދެވުމުން ރިޕޯޓު ފަހުން ވަނީ ބަދަލުކޮށްފަ އެވެ. އެހެންވެ، އެފަދަ އެއްވެސް ފީއެއް ނުނެގުމަށް ޓޫރިޒަމް މިނިސްޓްރީން ވެސް ވަނީ ނިންމައިފަ އެވެ. އެ ގޮތަށް މިނިސްޓްރީން ނިންމާފައި ވަނީ ޓޫރިޒަމް އިންޑަސްޓްރީގެ އިސް ފަރާތްތަކާ މަޝަވްރާ ކުރުމަށް ފަހު އެވެ. ރައްޔިތުންގެ މަޖިލީހުން ވެސް އިއްޔެ ފާސްކޮށްފައި ވަނީ ކޮވިޑް-19 އާ ގުޅުވައިގެން ޓޫރިސްޓުންގެ އަތުން އެއްވެސް އާ ފީއެއް ނުނެގުމަށް ސަރުކާރުގައި އެދުމަށެވެ.