Roadha Mihaaru
ބޯޑަރު ހުޅުވި ފަހުން އެއްލައްކަ ވަނަ ޓޫރިސްޓު މާދަމާ

ބޯޑަރު ހުޅުވި ފަހުން އެއްލައްކަ ވަނަ ޓޫރިސްޓު މާދަމާ އަންނާނެ

11 ޑިސެމްބަރ 2020

ކޮވިޑް-19 ގެ ބަލިމަޑުކަމާ ހެދި ޓޫރިޒަމް ހުއްޓުމަކަށް އައުމަށް ފަހު ރާއްޖޭގެ ބޯޑަރު އަލުން ހުޅުވިފަހުން އަންނަ އެއްލައްކަ ވަނަ ޓޫރިސްޓް މާދަމާ އަންނާނެ ކަމަށް ޓޫރިސްޒަމް މިނސްޓަރު ޑރ. އަބްދުﷲ މައުސޫމު މިއަދު ވިދާޅުވެއްޖެ އެވެ.

މުހައްމަދު ނަސީމް މުހައްމަދު ނަސީމް

ކޮވިޑް-19 ގެ ބަލިމަޑުކަމާ ހެދި ޓޫރިޒަމް ހުއްޓުމަކަށް އައުމަށް ފަހު ރާއްޖޭގެ ބޯޑަރު އަލުން ހުޅުވިފަހުން އަންނަ އެއްލައްކަ ވަނަ ޓޫރިސްޓް މާދަމާ އަންނާނެ ކަމަށް ޓޫރިސްޒަމް މިނސްޓަރު ޑރ. އަބްދުﷲ މައުސޫމު މިއަދު ވިދާޅުވެއްޖެ އެވެ.

ފޭސްބުކްގައި ކުރެއްވި ޕޯސްޓެއްގައި މައުސޫމް ވިދާވީ ބޯޑަރު އަލުން ހުޅުވި ފަހުން އަންނަ އެއްލައްކަ ވަނަ ޓޫރިސްޓް އައުމަކީ ހާސިލުވި މައިލްސްޓޯންއެއް ކަމަށެވެ. އެކަމުގެ އުފާ މާދަމާ ހެނދުނު ފާޅުކުރައްވާނެ ކަމަށް އޭނާ ވިދާޅުވި އެވެ.

ޓޫރިޒަމް މިނިސްޓްރީގެ ތަފާސްހިސާބުތައް ދައްކާ ގޮތުން، ރާއްޖޭގެ ބޯޑަރު އަލުން ހުޅުވި ފަހުން މިއަދާ ހަމައަށް 96،953 ޓޫރިސްޓުން ވަނީ ރާއްޖެއަށް ޒިޔާރަތްކޮށްފަ އެވެ.

ހިސާބުތަކުން އެނގޭ ގޮތުގައި ރާއްޖޭގެ ބޯޑަރުތައް އަލުން ހުޅުވި ފަހުން ދުވާލަކު އަންނަ ޓޫރިސްޓުންގެ އަދަދު ކޮންމެ ދުވަަކުވެސް އައީ އިތުރުވަމުންނެވެ. އެގޮތުން ޖުލައި 15 އިން އެ މަހުގެ ނިޔަލަށް ދުވާލަކަށް އެވްރެޖްކޮށް 100 މީހުން އައި ނަމަވެސް އޮގަސްޓްމަހު އެވްރެޖްކޮށް ދުވާލަކު 246 މީހުން ރާއްޖެއަށް އަ އެވެ.

ރާއްޖޭގެ ޓޫރިޒަމް ކޮންމެވެސްް ވަރަކަށްް ރަނގަޅުނާ ފެށީ މިދިޔަ އޮކްޓޯބަރު މަހު އެވެ. އެ މަހު ޖުމްލަ 21،515 މީހުން އައެވެ. އެއީ ދުވާލަކަށް އެވްރެޖްކޮށް 698 މީހުންނެވެ. އޭގެ ފަހުން މިދިޔަ މަހު ވަނީ ދުވާލަކު އަންނަ މީހުންގެ އަދަދު ފުރަތަމަ ފަހަރަށް އެއްހާހުން މަތިވެފަ އެވެ. އެ މަހު ދުވާލަކު އެވްރެޖްކޮށް 1،119 ޓޫރިސްޓުން ރާއްޖެއަށް ޒިޔާރަތްކުރި އެވެ. އަދި ޖުމްލަ 35،759 ޓޫރިސްޓުން ރާއްޖެއަށް ޒިޔާރަތްކުރި އެވެ.

ޑިސެމްބަރު މަހުގެ މިހާތަނަށް 20،812 ޓޫރިސްޓުން ރާއްްޖެއަށް އައި އިރު އެއީ ދުވާލަކަށް އެވްރެޖްކޮށް 2081 ޓޫރިސްޓުންނެވެ.

ކޮވިޑް-19 ފެތުރޭތީ ރާއްޖޭގެ ބޯޑަރު މިދިިޔަ މާޗް މަހު ބަންދުކުރުމުގެ ކުރިން ރާއްޖެއަށް ދުވާލަކު އެވްރެޖްކޮށް 4،000 އަށް ވުރެ ގިނަ ޓޫރިސްޓުން އަންނަމުން ދިޔަ އެވެ. އެހެންވެ، ޖެނުއަރީ އެކަކުން ފެށިގެން، ބޯޑަރު ބަންދުކުރުުމާ ހަމައަށް 382،760 ޓޫރިސްޓުން ރާއްޖެއަށް އައިސްފައިވެ އެވެ.

މިހާރުގެ އަދަދުތަކާ އެކު ވެސް ރާއްޖޭގެ ޓޫރިޒަމް އިންޑަސްޓްރީ ކުރިއަށްދާ ރޭޓް އަދިވެސް ހުރީ މައިނަސް ގަ އެވެ. އެހެން ނަމަވެސް ޖުލައި 15 ގައި ބޯޑަރު އަލުން ހުޅުވި އިރު ހުރިވަރާ އަޅައި ބަލާ ނަމަ ގްރޯތު ރޭޓުވެސް ރަނގަަޅެވެ.

ކޮވިޑް ފެތުރެން ފެށުމުން ރާއްޖެ އާއި އެހެން ގައުމުތަކުން އެޅި ރައްކާތެރިކަމުގެ ފިޔަވަޅުތަކާ އެކު ޓޫރިޒަމް އިންޑަސްޓްރީ ހުއްޓުމުން ރާއްޖެ އަށް އިގުތިސާދީ ބޮޑެތި މައްސަލަތައް ވަނީ ކުރިމަތިވެފަ އެވެ.