19 ޑިސެމްބަރ 2020
ކޮވިޑް-19އާ އެކު ހުއްޓުނު ރާއްޖޭގެ ޓޫރިޒަމް ރަނގަޅު މިސްރާބަކަށް އެޅެމުން އަންނަ އިރު އިއްޔެ ވެސް ރާއްޖެ ޒިޔާރަތްކުރި ޓޫރިސްޓުންގެ އަދަދު 3،000 އިން މައްޗަށް އަރައިފި އެވެ.
ކޮވިޑް-19އާ އެކު ހުއްޓުނު ރާއްޖޭގެ ޓޫރިޒަމް ރަނގަޅު މިސްރާބަކަށް އެޅެމުން އަންނަ އިރު އިއްޔެ ވެސް ރާއްޖެ ޒިޔާރަތްކުރި ޓޫރިސްޓުންގެ އަދަދު 3،000 އިން މައްޗަށް އަރައިފި އެވެ.
ޓޫރިޒަމް މިނިސްޓްރީން މިއަދު އާއްމުކުރި ތަފާސްހިސާބުތައް ދައްކާ ގޮތުން އިއްޔެ އައި 3،418 ޓޫރިސްޓުންނަކީ ބޯޑަރު އަލުން ހުޅުވި ފަހުން އެއް ދުވަހަށް ބަލާ ނަމަ އެންމެ ގިނައިން ޓޫރިސްޓުން ޒިޔާރަތްކުރި ތިން ވަނަ ދުވަހެވެ.
މިހާތަނަށް އެންމެ ގިނައިން ޓޫރިސްޓުން އައީ މި މަހު 13 ގައި، 4،191 ޓޫރިސްޓުންނެވެ. އޭގެ ކުރީ ދުވަހު، ޑިސެމްބަރު 12 ގައި، އެއް ދުވަހު ޒިޔާރަތްކުރި ޓޫރިސްޓުންގެ އަދަދު ކޮވިޑަށް ފަހު ފުރަތަމަ ފަހަރަށް 3،000 ހުރަސްކޮށް، 3،864 އަށް އެރި އެވެ.
މިދިއަ ބުރާސްފަތިދުވަހު ވެސް 3،000 އަށް ވުރެ ގިނަ ޓޫރިސްޓުން ވަނީ ރާއްޖެ އައިސްފަ އެވެ. އެކަމަކު މި މަހުގެ އެވްރެޖް އުޅެނީ 2،500ގަ އެވެ. މިއީ ކޮވިޑްގެ ކުރިން ޕީކް ސީޒަންގައި ރާއްޖެ ޒިޔާރަތްކުރި ޓޫރިސްޓުންގެ ނިސްބަތުން އަދިވެސް މަދު އަދަދެއް ނަމަވެސް، ބަލިމަޑުކަމުގައި ކުރިމަތިވި ލޮޅުމަށް ފަހު ލިބޭ ވަރަށް ބޮޑު ކުރިއެރުމެކެވެ.
ޓޫރިޒަމް ދާއިރާގެ މީހުން ލަފާކުރާ ގޮތުގައި ކްރިސްމަސް އާއި އާ އަހަރާ ދިމާކޮށް ރިސޯޓްތަކާއި ގެސްޓްހައުސްތަކަށް އަންނަނީ ބާރު ބޮޑުވަމުންނެވެ. ގިނަ ރިސޯޓްތަކެއް މި ދުވަސްކޮޅު ފުރޭނެ ކަމަށް ވެސް ލަފާކުރެ އެވެ.
މި ދުވަސްވަރު ރާއްޖޭގެ ޓޫރިޒަމްގެ މައިގަނޑު މާކެޓަކީ ރަޝިއާ އާއި އަވަށްޓެރި އިންޑިއާ އެވެ. ބޯޑަރު ހުޅުވާލި ފަހުން ރަޝިޔާއިން މިހާތަނަށް 23،000 އަށް ވުރެ ގިނަ ޓޫރިސްޓުން އަދި އިންޑިއާއިން 18،000 އަށް ވުރެ ޓޫރިސްޓުން ޒިޔާރަތްކޮށްފި އެވެ.
އިންޑިއާގެ ގިނަ އަދަދެއްގެ މުއްސަނދިން ވެސް މި ދުވަސްވަރު ގެންދަނީ ރާއްޖޭގެ މަތީ ފެންވަރުގެ ރިސޯޓްޓަކުގައި ޗުއްޓީ ހޭދަކުރަމުންނެވެ.
ކޮވިޑް-19ގެ ކުރިން ރާއްޖެއަށް އެންމެ ގިނަ ޓޫރިސްޓުން އައި ގައުމު ކަމަށްވާ ޗައިނާއިން ކޮވިޑަށް ފަހު އަދި ޓޫރިސްޓުން އަންނާކަށް ނުފަށަ އެވެ.
ޔޫކްރެއިންގެ ހަނގުރާމަ: ޓޫރިޒަމަށް ބިރުބޮޑު!
ރަޝިއާއިން އައި ޓޫރިސްޓުން ލައްކައިން މައްޗަށް
ރާއްޖޭގެ އެއްވަނަ އަނެއްކާވެސް ރަޝިއާ އަށް
ރަޝިއާގެ ޓޫރިސްޓުން އިތުރުވާން ފަށައިފި
ބޯޑަރު ހުޅުވި ފަހުން އެއްލައްކަ ވަނަ ޓޫރިސްޓު މާދަމާ
ރަޝިޔާގެ ޓޫރިސްޓުންގެ އަދަދުން އާ އުއްމީދުތަކެއް
ޕީކް ސީޒަނާ އެކު، ޓޫރިޒަމަށް ދެ ޕަސެންޓުގެ ދަށްވުމެއް
2025 އަކީ ދަރަވަންދުއަށް ޒިޔާރަތްކުރާ އަހަރު
ޓެކްސްތައް ބޮޑުކޮށްގެން 2.7 ބިލިއަންގެ އާމްދަނީއެއް
ޓޫރިޒަމުން ވަންނަ ޑޮލަރު ބޭންކަށް ޖަމާކުރަންލާޒިމްކޮށްފި