19 އޮކްޓޯބަރ 2021
ރާއްޖެ އަށް އެންމެ ގިނައިން ޓޫރިސްޓުން އަންނަ ގައުމުތަކުގެ ހަބަރެއް ނެތި 1.3 މިލިއަން ޓޫރިސްޓުންގެ އަމާޒަށް ވާސިލްވެވުމާ ގާތްވެފައި އޮތުމަކީ ޓޫރިޒަމް ދާއިރާ އިން ހޯދި ވަރަށް ބޮޑު ކާމިޔާބީއެއް ކަމަށް ޓޫރިޒަމް މިނިސްޓަރު ޑރ. އަބްދުﷲ މައުސޫމް އިއްޔެ ވިދާޅުވެއްޖެ އެވެ.
ރާއްޖެ އަށް އެންމެ ގިނައިން ޓޫރިސްޓުން އަންނަ ގައުމުތަކުގެ ހަބަރެއް ނެތި 1.3 މިލިއަން ޓޫރިސްޓުންގެ އަމާޒަށް ވާސިލްވެވުމާ ގާތްވެފައި އޮތުމަކީ ޓޫރިޒަމް ދާއިރާ އިން ހޯދި ވަރަށް ބޮޑު ކާމިޔާބީއެއް ކަމަށް ޓޫރިޒަމް މިނިސްޓަރު ޑރ. އަބްދުﷲ މައުސޫމް އިއްޔެ ވިދާޅުވެއްޖެ އެވެ.
މި އަހަރުު ވެސް ރަސްމީ ޓާގެޓަކީ އެއް މިލިއަން ޓޫރިސްޓުން ހަމަކުރުމެވެ. ކޮވިޑް-19އާ އެކު މުޅި ދުނިޔެ ހުއްޓުވާލިއިރު ރާއްޖެއިން އިގްތިސާދީ އާއްމު ހާލަތަކަށް ދާން ކުރި މަސައްކަތްތަކާ އެކު އެންމެ ބޮޑު ކުރިއެރުމެއް ލިބުނީ ޓޫރިޒަމް ދާއިރާ އިންނެވެ. ނަތީޖާއަކީ މި އަހަރުގެ އަމާޒަށް ވާސިލްވެވޭނެ ކަން ގާތްގަނޑަކަށް ޔަގީން ވުމެވެ.
ސަރުކާރުން އާއްމު ކޮށްފައިވާ ހިސާބުތަކުގައިވާ ގޮތުން މިހާތަނަށް 923،000 އަށް ވުރެ ގިނަ ޓޫރިސްޓުން ވަނީ ޒިޔާރަތްކޮށްފަ އެވެ. މިއީ ކަނޑައެޅި އަމާޒުގެ 90 ޕަސެންޓަށް ވާސިލްވެވުމެވެ.
With more than 923,000 tourist arrivals so far this year, we’ve crossed 90% of the projected arrivals in this year’s budget.
— Government of Maldives (@governmentmv) October 17, 2021
Maldives was one of the first countries to reopen its borders to tourists, where 93% of resort employees are fully vaccinated against COVID-19. pic.twitter.com/cn6MgWOHs3
ޓޫރިޒަމް މިނިސްޓަރު "މިހާރު" އަށް ވިދާޅުވީ ޓޫރިސްޓުން ރާއްޖެ އަންނަ ޕަސެންޓޭޖު ފެންނަނީ އުފާވެރިކޮށް ކަމަށެވެ. މިސާލެއްގެ ގޮތުން ދެއްކެވީ މިދިޔަ ހޮނިހިރު ދުވަހު އެކަނި ވެސް ރާއްޖެއަށް 6،000 ޓޫރިސްޓުން އައުމެވެ. މިއީ މި ފަހުން ރެކޯޑު އަދަދެކެވެ.
ވޭތުވެދިޔަ ދުވަސްކޮޅަށް ބަލާއިރު، އެވްރެޖްކޮށް ދުވާލަކު 4،500 ޓޫރިސްޓުން ރާއްޖެ އަށް ޒިޔާރަތްކުރަމުން އަންނަ ކަމަށް އޭނާ ވިދާޅުވި އެވެ.
"އެހެންވީމާ 1.3 މިލިއަނަށް ދެވޭނެ. މިއީ އަޅުގަނޑުމެންގެ އުއްމީދީ އަމާޒެއް. އެކަމަކު 1 މިލިއަން ކަޑައްތު ކޮށްލީމާ އަޅުގަނޑުމެންގެ ޓާގެޓް ހާސިލް ވާނެ،" މިނިސްޓަރު ވިދާޅުވި އެވެ.
ޓާގެޓްތައް ހާސިލްވެ އުއްމީދަކީ އަންނަ އަހަރަކީ ހުރިހާ ގޮތަކުން ވެސް ރަން އަހަރެއްގެ ގޮތުގައި ގުނާލެވުން. -- މިނިސްޓަރު
މައުސޫމް ވިދާޅުވި ގޮތުގައި ރާއްޖެ އަށް އަމާޒަށް ވާސިލު ވެވެނީ ޓޫރިޒަމް ދާއިރާގައި ބުރަކޮށް މަސައްކަތް ކުރާ މީހުންގެ އެހީތެރިކަމާ އެކީގަ އެވެ. ބާކީ މި އޮތް ދެ މަހުގައި ވެސް 1.3 މިލިއަންގެ އަމާޒަށް ވާސިލްވާން ޖޯޝާއި ފޯރީގައި މަސައްކަތްތަކެއް ކުރަމުން އަންނަ ކަމަށް މައުސޫމް ވިދާޅުވި އެވެ.
ގެސްޓް ހައުސްއެއް ހުޅުއްވައި ދެއްވުމަށް ފަހު މައުސޫމް ވާހަކަދައްކަވަނީ-- ފޮޓޯ: ޓޫރިޒަމް މިނިސްޓްރީ
"އޮކްޓޯބަރު މަހު ވެސް ވަރަށް ގިނަ ތަންތަން ފުލްވެއްޖެ. ނޮވެމްބަރުގައި ބައެއް ތަންތަނުން ބައެއް ކެޓަގަރީތަކުގައި ސްޓޮޕް ސޭލް ހަދައިފި،" މިނިސްޓަރު ވިދާޅުވި އެވެ.
މައުސޫމް ވިދާޅުވީ ނަމްބަރުތައް މި ގުނަނީ މި ރާއްޖެ އަށް އެންމެ ގިނަ ޓޫރިސްޓުން އަންނަ ގައުމުތައް ނުހިމަނާ ކަމަށެވެ. އޭގެތެރޭގައި ޗައިނާ އާއި ޖަޕާނާއި ކޮރެއާ އާއި އޮސްޓްރޭލިއާ އާއި ނިއު ޒީލެންޑް ވެސް ހިމެނެ އެވެ. އިނގިރޭސި ވިލާތާއި އިޓަލީ ވެސް ހުޅުވީ ވަރަށް ފަހުންނެވެ.
"އެހެންވީމާ މި ތަންތަން ނެތި ރާއްޖެ ވާސިވެވިފައި މި އޮތީ ވަރަށް ކާމިޔާބު ހިސާބަކަށް،" މިނިސްޓަރު ވިދާޅުވި އެވެ.
ރާއްޖެ އަށް އެންމެ ގިނައިން ޓޫރިސްޓުން މިހާރު އަންނަނީ އިންޑިއާއިންނެވެ. އެ ގައުމުން މި އަހަރުގެ މިހާތަނަށް ދެ ލައްކަ ޓޫރިސްޓުން އައިސްފައި ވެ އެވެ. ދެވަނައިގައި އުޅޭ ރަޝިއާ އިން އައި ޓޫރިސްޓުންގެ އަދަދަކީ 177،000 އެވެ. ތިން ވަނަ އަށް އެންމެ ގިނަ ޓޫރިސްޓުން އައީ ޖަރުމަނުންނެވެ.
ކޮވިޑް-19ގައި ކުރިމަތިވި ދަތިތަކާއި ގޮންޖެހުންތަކުން އަރައިގަނެ، ރާއްޖެ އާދެވިފައި މިއޮތް ހިސާބާ މެދު މިނިސްޓަރު ހިތްހަމަޖެހިވަޑައިގަންނަވަ އެވެ.
"އެރައިވަލްސްގެ ގޮތުން 2019 ގެ ނަމްބަރުތައް އަޅުގަނޑުމެން ފަހަނައަޅައި ހިނގައްޖައީމު. ނަމަވެސް އަދިވެސް ބައެއް ކަންކަން އެބަހުރި އެ ހިސާބަށް ނުގެންދެވޭ،" މިނިސްޓަރު ވިދާޅުވި އެވެ.
"އައްޑޫ ސިޓީގެ ދެ ރިސޯޓު އަދިވެސް އެބައޮތް ނުހުޅުވި. އެހެންވީމާ ޓޯޓަލް ރިކަވަރީއަކަށް ދިޔަ ކަމަަކަށް ނުބެލެވޭނެ. އެ ހިސާބަށް ދެވުނު ކަމަށް ބެލެވޭނީ މި ކަމުގައި ޝާމިލްވާ ހުރިހާ މުވައްޒަފުންނަށް ކޮވިޑުގެ ކުރިން ލިބުނު މުސާރަތައް ލިބި ވަޒީފާތައް ލިބެން ފެށީމާ."
އެއާއެކު ކޮވިޑާ އެކު ބަންދުކޮށްފައި ހުރި ރިސޯޓްތައް ހުޅުވިގެން ކަމަށް ވެސް ވިދާޅުވި އެވެ.
"މި ކަންކަން ހާސިލްވެ އަޅުގަނޑުމެން މި އުއްމީދު ކުރަނީ ފަތުރުވެރިކަމުގެ [50 އަހަރު ފުރޭ] ރަން އަހަރު، ސީދާ ރަން އަހަރެއްގެ ގޮތުގައި ގުނާލެވޭނެ ކަަމަށް،" މައުސޫމް ވިދާޅުވި އެވެ.
ޓޫރިސްޓުން ގެންނަން ރާއްޖެ ހާއްސަ މަޝްވަރާތަކެއްގައި
"ޗައިނާ ހުޅުވާލައިފި ނަމަ އަމާޒަށް ވުރެ އިތުރުވާނެ"
1.6 މިލިއަން ޓޫރިސްޓުންގެ އަމާޒު މާދަމާ ހާސިލުވާނެ
އެއްމިލިއަން ޓޫރިސްޓުން ހުކުރުގައި ހަމަވާނެ: މައުސޫމް
އިގްތިސާދީ ކާރިސާގެ ބޮޑުބައި ހިނގައްޖެ: މައުސޫމް
ހޯމްސްޓޭ ވަޔަކު ނުހިފި، ނުވެސް ހިފާނެ!
ހަނގުރާމައާ ހެދި ޓޫރިޒަމް ދާއިރާ 11 ޕަސެންޓް ދަށަށް
ޔޫކްރެއިންގެ ގިނަ އަދަދެއްގެ ޓޫރިސްޓުން ތާށިވެފައި
ޔޫކްރެއިންގެ ހަނގުރާމަ: ޓޫރިޒަމަށް ބިރުބޮޑު!
ޓޫރިޒަމްގެ ތަރައްގީން ކޯބިން އަށް ހައިރާންކަން!