25 ނޮވެމްބަރ 2020
ޓޫރިޒަމްގެ ގާނޫނަށް ބަދަލު ގެންނަން ސަރުކާރުން ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާފައިވާ ބިލުގެ ބޭނުމަކީ ޓޫރިޒަމް އިންޑަސްޓްރީ އަށް މިހާރު ކުރިމަތިވެފައިވާ ގިނަ ގޮންޖެހުންތަކެއް ނައްތައިލުން ކަމަށް ޓޫރިޒަމް މިނިސްޓަރު ޑރ. އަބްދުﷲ މައުސޫމް މިއަދު ވިދާޅުވެއްޖެ އެވެ.
ޓޫރިޒަމްގެ ގާނޫނަށް ބަދަލު ގެންނަން ސަރުކާރުން ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާފައިވާ ބިލުގެ ބޭނުމަކީ ޓޫރިޒަމް އިންޑަސްޓްރީ އަށް މިހާރު ކުރިމަތިވެފައިވާ ގިނަ ގޮންޖެހުންތަކެއް ނައްތައިލުން ކަމަށް ޓޫރިޒަމް މިނިސްޓަރު ޑރ. އަބްދުﷲ މައުސޫމް މިއަދު ވިދާޅުވެއްޖެ އެވެ.
ޓޫރިޒަމްގެ ގާނޫނަށް ހުށަހެޅި އިސްލާހުގެ ބިލު ދިރާސާކުރަން ބޭއްވި މުޅި މަޖިލީހުގެ ކޮމިޓީގެ ބައްދަލުވުމުގައި މެމްބަރުންނަށް މައުލޫމާތު ދެއްވަމުން މައުސޫމް ވިދާޅުވީ، ގޮންޖެހުުންތައް ނައްތައިލުމަށްޓަކައި ބިލުން ކުރާ އެއް ކަމަކީ ލޯކަލް ކައުންސިލްްތަކަށް ބާރުތަކެއް ދިނުން ކަމަށެވެ. އޭނާ ވިދާޅުވީ ކައުންސިލްތަކުގެ ލޭންޑް ޔޫޒް ޕްލޭންގައި ހިމެނުމަށް ފަހު، އެ ތަންތަން ކުއްޔަށް ދޫކުރުމުގެ މަސައްކަތް ކައުންސިލްތަކުން ކުރެވޭނެ އިންތިޒާމު މި ބިލް ގާނޫނަކަށް ވުމުން ހަމަޖެހޭނެ ކަމަށެވެ.
ގާނޫނަށް ބަދަލު ގެނެސްގެން ނައްތައިލަން އަމާޒުކުރާ އަނެއް ގޮންޖެހުމަކީ މިނިސްޓަރު ވިދާޅުވިގޮތުގައި، ޓޫރިޒަމްގެ ބޭނުމަށް ދޫކޮށްފައިވާ ރަށްތަކުގެ ތެރެއިން ނުހެދި ހުރި ރަށްތައް ތަރައްގީ ކުރަން މަގުފަހި ކުރުމެވެ. އޭނާ ވިދާޅުވީ ގިނަ ދުވަސްތަކެއް ވީއިރު ނުހެދި އޮތް 85 ރަށެއް އެބަ އޮތެވެ.
"ވަރަށް ގިނަ އަތޮޅުތަކުގައި މި ތަންތަން ނުހެދި ހުރުމުގެ ސަބަބުން ދައުލަތަށް ބޭނުންވާ އާމްދަނީ ނުލިބި ވަނީ. އެ އަތޮޅުތަކުގައި މި ދެންނެވި ރަށްތަކާއި ފަޅުތަކާއި ކައިރީގައި ހުރި މީހުން އުޅޭ ރަށްތަކުގައި، މަސައްކަތް ކުރަން ތިބި މުވައްޒަފުންނަށް އެ ތަންތަނުން ވަޒީފާ ނުލިބި، ވަޒީފާގެ ފުރުސަތު ކުރިއަށް ނުގޮސް މި އޮތީ،" މައުސޫމް ވިދާޅުވި އެވެ.
މި ބިލަކީ[ޓޫރިޒަމާ ބެހޭ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލަކީ] ވަރަށް ގިނަ ކަންތައްތައް ފަހިކުރާ ބިލެއްް، އަޅުގަނޑަށް ޔަގީން ފަތުރުވެރިކަމުގެ ދާއިރާގައި، އިންޑަސްޓްރީގައި ނުހުންނާނެ މިބިލާ ދޭތެރޭ ހިތްހަމަޖެހިވަޑައި ނުގަންނަވާ އެއްވެސް ބޭފުޅެއް--- އަބްދުﷲ މައުސޫމް
އޭނާ ވިދާޅުވީ، ރިސޯޓުތަކުގެ މުވައްޒަފުންނަށް "ނައިޓަށް" ރަށަށް ދެވޭ ގޮތް ވެސް ވާނީ އެގޮތަށް ހުރި ރަށްތައް ތަރައްގީ ކޮށްގެން ކަމަށެވެ. އެ ރަށްތައް ހެދުމަށް މި ބިލު ގާނޫނަކަށް ވުމުން ބޮޑެތި ފުރުސަތުތަކެއް ލިބޭނެ ކަމަށް ވެސް ވިދާޅުވި އެވެ.
ރިސޯޓުތަކުގެ ވިލާތައް ދިގުމުއްދަތަށް ދޫކުރުމަކީ މިހާރު ވެސް ސަރުކާރުން ބާރުއަޅާ ކަމެއް ކަމަށާއި އެގޮތަށް ދޫކުރަން ފެށުމުން މުއްސަނދިންގެ ޝައުގުވެރިކަން ރާއްޖެ އަށް ބޮޑުވާނެ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ. ދިގު މުއްދަތަކަށް ރިސޯޓުތަކުގެ ވިލާތައް ދޫކުރުމާއި ޕްރައިވެޓް އައިލެންޑްގެ ގޮތުގައި ރަށްތައް ދޫކުރާނެ އުަސޫލުތައް ވެސް ބިލުގައި ހިމެނެ އެވެ.
"މި ބިލަކީ ވަރަށް ގިނަ ކަންތައްތައް ފަހިކުރާ ބިލެއްް. އަޅުގަނޑަށް ޔަގީން ފަތުރުވެރިކަމުގެ ދާއިރާގައި، އިންޑަސްޓްރީގައި ނުހުންނާނެ މި ބިލާ ދޭތެރޭ ހިތްހަމަޖެހިވަޑައި ނުގަންނަވާ އެއްވެސް ބޭފުޅެއް،" މައުސޫމް ވިދާޅުވި އެވެ.
މިއީ މިވަގުތަށް ވަރަށް މުހިިއްމު ބިލެއް ކަމަށާއި ބިލުގެ މަަސައްކަތް ވީހާވެސް އަވަަހަކަށް ނިންމައިދޭން އެދިވަޑައިގަންނަވާ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
ޓޫރިޒަމްގެ ގާނޫނަށް ބަދަލު ގެންނަން ހުށަހަޅާފައިވާ ބިލުގައި ހުރި މުހިއްމު ކަންތައްތަކުގެ ތެރޭގައި ދިގު މުއްދަތަކަށް ވިލާތައް ދޫކުރާނެ އުސޫލުތަކާއި ސަބްލީޒް ކުރުމާއި އިންޓަގްރޭޓެޑް ޓޫރިޒަމްގެ އުސޫލުތައް ކަނޑައެޅުން ހިމެނެ އެވެ. ޓޫރިޒަމަށް ދޫކުރާ ރަށްތަކާއި ބިންތަކުގެ އަގަށް ބަދަލުތަކެއް ގެންނަން ވެސް އެ ބިލުގައި ހުށަހަޅާފައި ވެ އެވެ.
ޝަންގްރިއްލާގެ ހިއްސާ ސަރުކާރުން ދޫކޮށްލަން ނިންމައިފި
"ޗައިނާ ހުޅުވާލައިފި ނަމަ އަމާޒަށް ވުރެ އިތުރުވާނެ"
1.6 މިލިއަން ޓޫރިސްޓުންގެ އަމާޒު މާދަމާ ހާސިލުވާނެ
އެއްމިލިއަން ޓޫރިސްޓުން ހުކުރުގައި ހަމަވާނެ: މައުސޫމް
އިގްތިސާދީ ކާރިސާގެ ބޮޑުބައި ހިނގައްޖެ: މައުސޫމް
ހޯމްސްޓޭ ވަޔަކު ނުހިފި، ނުވެސް ހިފާނެ!
އޭރޯފްލޮޓްގެ ދަތުރުތައް ރާއްޖެއަށް ދެގުނަ އިތުރުކޮށްފި
ހަނގުރާމައާ ހެދި ޓޫރިޒަމް ދާއިރާ 11 ޕަސެންޓް ދަށަށް
ޔޫކްރެއިންގެ ގިނަ އަދަދެއްގެ ޓޫރިސްޓުން ތާށިވެފައި
ޔޫކްރެއިންގެ ހަނގުރާމަ: ޓޫރިޒަމަށް ބިރުބޮޑު!