Roadha Mihaaru
ދިމާޓް: މިހާރު ގޭގައި ހުރެގެން ވިޔަފާރި ކޮށްލަންވީ

ދިމާޓް: މިހާރު ގޭގައި ހުރެގެން ވިޔަފާރި ކޮށްލަންވީ

23 މާޗް 2020

ވިޔަފާރިކޮށްލަން މިހާރު ފިހާރައަކަށް ގޮސް އެތައް ބައިވަރު ވަގުތެއް ހޭދަކުރާކަށް ނުޖެހޭނެ އެވެ. ގޭގައި ހުރެގެން، ކޮންމެ ވަގުތަކު، ކޮންމެ ކަމެއް ކުރަމުން ވެސް، ޝޮޕިން ކޮށްލުމުގެ ފުރުސަތު "ދިމާޓް" އިން މިވަނީ ފުރަތަމަ ފަހަރަށް ރާއްޖެ އަށް ތައާރަފްކޮށްފަ އެވެ. އޮފީހުގައި އިނދެ، ނުވަތަ ބިޒީ ވަގުތުތަކުގައި ކައްކަން ބޭނުންވާ ސާމާނު ވެސް އަވަހަށް އޯޑަރުކޮށްލަންވީ އެވެ. އަދި ވަގުތުން ވަގުތަށް އެއްޗެއް ކޮންމެހެން ބޭނުންވާ ދަނޑިވަޅެއްގައި ދިމާޓަށް އޯޑަރުކޮށްލައިގެން ގެންނަންވީ އެވެ.

ފާތިމަތު ޝަނާ މުހައްމަދު ފާތިމަތު ޝަނާ މުހައްމަދު

ވިޔަފާރިކޮށްލަން މިހާރު ފިހާރައަކަށް ގޮސް އެތައް ބައިވަރު ވަގުތެއް ހޭދަކުރާކަށް ނުޖެހޭނެ އެވެ. ގޭގައި ހުރެގެން، ކޮންމެ ވަގުތަކު، ކޮންމެ ކަމެއް ކުރަމުން ވެސް، ޝޮޕިން ކޮށްލުމުގެ ފުރުސަތު "ދިމާޓް" އިން މިވަނީ ފުރަތަމަ ފަހަރަށް ރާއްޖެ އަށް ތައާރަފްކޮށްފަ އެވެ. އޮފީހުގައި އިނދެ، ނުވަތަ ބިޒީ ވަގުތުތަކުގައި ކައްކަން ބޭނުންވާ ސާމާނު ވެސް އަވަހަށް އޯޑަރުކޮށްލަންވީ އެވެ. އަދި ވަގުތުން ވަގުތަށް އެއްޗެއް ކޮންމެހެން ބޭނުންވާ ދަނޑިވަޅެއްގައި ދިމާޓަށް އޯޑަރުކޮށްލައިގެން ގެންނަންވީ އެވެ.

އަމިއްލަ ވަގުތު ސަލާމަތް ކޮށް، ކަންމަތީ ފިހާރަތަކަށް ވުރެ ހެޔޮ އަގެއްގައި ތަކެތި ގަތުމަށް ދިމާޓަކީ އެންމެ ރަނގަޅު އޮޕްޝަނެވެ. އަދި މި ދުވަސްވަރަކީ މިގޮތަށް ވިޔަފާރިކޮށްލުމަށް އެންމެ މުނާސަބު ވަގުތު ވެސް މެ އެވެ. ކޮވިޑް-19 އާ ގުޅިގެން ކުއްލި ނުރައްކަލުގެ ހާލަތު އިއުލާނު ކުރުމާ އެކު، އާންމުން އެއްވެ ނޫޅުމަށް އިދާރާތަކުން އެދެމުންދާ މި ދަނޑިވަޅުގައި ތަކެތި ފަސޭހަ ކަމާ އެކު އޯޑަރު ކޮށްލައިގެން، ކޮންމެ ދުވަހު ވެސް ބޭނުންވާ ސާމާނު ހިލޭ ދިމާޓުން ޑެލިވަރީ ކޮށްލެވޭނެ އެވެ.

އާންމުކޮށް އެއް ފިހާރައަކުން ނުލިބޭ އެތަށް ބައިވަރު ތަކެއްޗެއް dhimart.mv އިން ލިބޭނެ އެވެ. ސުޕާމާޓަކުން ލިބެން ހުންނަހާ ގިނަ ބާވަތްތައް މިހާރު ވެސް ދިމާޓުން ލިބޭ އިރު ފޯނުން ނުވަތަ ކޮމްޕިއުޓަރުން ވެސް ގެއަށް ބޭނުންވާ ތަކެތި އަވަހަށް އޯޑަރު ކޮށްލެވޭނެ އެވެ.

ދިމާޓު އޮންލައިން ހިދުމަތް ހޯދާނެ ގޮތް

ދިމާޓުގެ ވެބްސައިޓަށް ވަދެ، ބޭނުންވާ ތަކެތި ސެލެކްޓް ކުރެވޭނެ އެވެ. ތަކެތި ސެލެކްޓް ކުރުމުގައި ބޭނުންވާ ކެޓަގަރީއެއް އިހްތިޔާރުކޮށްލެވޭނެ އެވެ. އެގޮތުން ގޭތެރެ އާއި ބަދިގެ އަށް ބޭނުންވާ ސާމާނާއި ލޯންޑްރީ އާއި ގޭތެރެ ސާފުކުރުމަށް ބޭނުންވާ ސާމާނާއި އާންމުކޮށް ކެއްކުމަށް ބޭނުން ކުރާ ސާމާނާއި ބްރެކްފާސްޓަށް ހާއްސަ ބާވަތްތަކާއި ތަފާތު އެކި ބުއިންތަކާއި ތަރުކާރީ އާއި މޭވާ އާއި ކުޑަކުދިންނަށް ބޭނުންވާ ސާމާނާއި ކޮސްމެޓިކްސް އާއި ސްޓޭޝަނަރީ އާއި އިލެކްޓްރޯނިކް ގިނަ ސާމާނުތަކެއް ވެސް ވަކިން ވަނީ ކެޓަގަރައިޒްކޮށްފަ އެވެ.

މި ބާވަތްތަކުގެ ތެރެއިން ބޭނުންވާ އެއްޗެއް ސެލެކްޓް ކުރުމަށްފަހު އޯޑަރު ކޮށްލަންވީ އެވެ. ތަކެތި ސެލެކްޓް ކުރާ އިރު ބޭނުންވާ އަދަދު ވެސް ސެލެކްޓް ކޮށްލެވޭނެ އެވެ. އޯޑަރު ދޭ އިރު ތަކެތި ޑެލިވަރީ ކުރަން ބޭނުންވާ ދުވަހާއި ވަގުތު ވެސް ސެލެކްޓް ކޮށްލެވޭނެ އެވެ. އެގޮތުން ހަތަރު ޓައިމް ސްލޮޓް އޯޑަރު ކުރާ މީހުންނަށް އިހްތިޔާރު ކުރެވޭނެ އެވެ. އެއީ 10:00 ން 12:00 އާއި 1:00 އިން 3:00 އާއި 3:00 އިން 5:00 އާ ދެމެދާއި 5:00 އިން 7:00 އަށެވެ. މިއަށް ފަހު ފައިސާ ދައްކަން ބޭނުންވާ ގޮތް އަމިއްލަ އަށް ސެލެކްޓް ކުރެވޭނެ އެވެ. ޕޭމެންޓް ދެއްކުމަށްޓަކައި ކޭޝް އޮން ޑެލިވަރީ އާއި އިންޓަނެޓް ޓްރާންސްފާ އާއި ޕީއޯއެސް މެދުވެރިކޮށް ވެސް ފައިސާ ދެއްކޭނެ އެވެ.

އޯޑަރު ކުރާ އިރު ޑެލިވަރީ އެޑްރެހާއި ފޯނު ނަންބަރު ވެސް އޯޑަރުގެ ޑީޓެލްގައި ހިމެނޭނެ އެވެ. ކުރި އޯޑަރު ޑެލިވަރީ ކުރަން ފެށުމުން މެއިލް އަދި މެސެޖު ކަސްޓަމަރުގެ ފޯނަށް ލިބޭނެ އެވެ. އަދި ޑެލިވަރީ މެސެޖުގެ ލިންކަށް ދިޔުމުން ރިއަލް ޓައިމްގައި ޑެލިވަރީ ޓްރެކް ކުރެވޭނެ އެވެ. މީގެ އިތުރުން ތަކެތި ގޭގެ އަށް ޑެލިވަރީ ކުރި ޔަގީން ކުރުމަށްޓަކައި ގޭގެއަށް އެ ތަކެތި ގެންދާ ދިމާޓުގެ މުވައްޒަފުގެ އަތުގައި އޮންނަ ޑެލިވަރީ ފޯނުގައި ސޮއިކުރެވޭނެ ގޮތް އެތަނުން ވަނީ ހަމަޖައްސާފަ އެވެ.

ދިމާޓް ލޯންޗު ކުރުމުގެ ރަސްމިއްޔާތުގެ ތެރެއިން-- ފޮޓޯ:ދިމާޓް

ދިމާޓް ލޯންޗު ކުރުމުގެ ރަސްމިއްޔާތުގެ ތެރެއިން-- ފޮޓޯ:ދިމާޓް

ކަސްޓަމަރުންނަށް އިހްތިޔާރު ކުރަން ގިނަ ބާވަތްތަކެއް ލިބޭ އިރު ކޮންމެ ވަގުތެއްގައި ވެސް އޮންލައިންކޮށް ސައިޓުން މެސެޖުކޮށްލައިގެން ކަސްމަޓާ ސާވިސް ހިދުމަތް ލިބޭނެ އެވެ. އެގޮތުން ވެބްސައިޓުގައި ނެތް ބާވަތެއް ބޭނުން ނަމަވެސް މެސެޖުކޮށްލުމުން އެ އެއްޗެއް ފޯރުކޮށްދިނުމުގެ އިންތިޒާމުތައް ދިމާޓުން ހަމަޖައްސައިދެ އެވެ. ކަސްޓަމައިޒް ހިދުމަތްތަކުން ލިބޭ މި އޮންލައިން ވިޔަފާރީގެ ހިދުމަތުގެ ތެރެއިން އެތައް ހާސް ބާވަތެއް މިހާރު ވެސް ގަތުމުގެ ފުރުސަތު ކޮންމެ މީހަކަށް ވެސް އޮންނާނެ އެވެ.

ދިމާޓުގެ ހިދުމަތް ރަސްމީކޮށް ފެށީ މިދިޔަ ޖެނުއަރީ މަހުން ފެށިގެންނެވެ. އެހެން ނަމަވެސް މިދިޔަ ކުޑަ މުދައްތުގައި ވެސް އާންމުންގެ ބޮޑު ތަރުހީބެއް ދިމާޓުގެ ހިދުމަތްތަކަށް އަންނަނީ ލިބެމުންނެވެ. ކޮވިޑް-19 އާ ގުޅިގެން ގިނަ ބަޔަކު ގޭގައި ތިބޭ މިދުވަސްވަރަށް ހާއްސަކޮށް ޑެލިވަރީގެ ވަގުތު ވެސް ވަނީ އިތުރުކޮށްފަ އެވެ. އެގޮތުން ހެނދުނު 10:00 އިން ރޭގަނޑު 10:00 އަށް ތަކެތި ޑެލިވަރީ ކުރުމުގައި ދިމާޓުގެ އަށް ވަރަކަށް މުވައްޒަފުން އަވަދިނެތި އުޅެ އެވެ. ޑެލިވަރީގެ ހިދުމަތް އަވަސް ކުރުމަށްޓަކައި މުވައްޒަފުން އިތުރު ކުރުމަށް ދިމާޓުން އަންނަނީ މަސައްކަތް ކުރަމުންނެވެ.

"ވަރަށް ގިނަ ވާނެ ރެގިއުލާ ކަސްޓަމަރުން ވެސް. ހެނދުނު ކޮށްފަ ރޭގަނޑު ވެސް ކުރާނެ. މިގޮތަށް ވެސް ކަސްޓަމަރުންގެ އޯޑަރު ލިބޭ،" ދިމާޓުގެ އޮފިޝަލަކު ވިދާޅުވި އެވެ.

ދިމާޓުން މަސައްކަތް ކުރަނީ ކުރިއަށް އޮތްތަނުގައި ދިމާޓުން ލިބެން ހުންނަ ތަކެތި އިތުރުކޮށް މިހާރަށް ވުރެ ވެސް އަގު ހެޔޮކޮށް ތަކެތި ލިބޭނެ ގޮތް ހެދުމަށެވެ. މި ވަގުތު މާލެ އާއި ހުޅުމާލެއަށް ޑެލިވަރީ ކޮށްދިން ނަމަވެސް ކުރިއަށް އޮތްތަނުގައި އިތުރު ސަރަހައްދުތަކަށް ވެސް ޑެލިވަރީގެ ހިދުމަތް ކަނޑައެޅިފައިވާ ވަގުތަށް ކޮށްދިނުމަށް މަސައްކަތް ކުރުމަކީ ދިމާޓުގެ އަމާޒެވެ.