ރާއްޖޭގައި އަލަށް ތައާރަފްކުރި ޓޮނީނޯ ލެމްބޯގިނީ އިލެކްޓްރިކް ގޮލްފް އަދި ލައިފްސްޓައިލް ކާޓްގެ އެކްސްކްލޫސިވް ޑީލަރަކަށް ލޯކަލް އިންޖިނިއަރިން އެންޑް އެނާޖީ ސޮލިއުޝަންސް ފޯރުކޮށްދޭ މަޝްހޫރު ކުންފުނި އިލެކްޓްރިފައި މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑް ހަމަޖައްސައިފި އެވެ.
ރާއްޖޭގައި އަލަށް ތައާރަފްކުރި ޓޮނީނޯ ލެމްބޯގިނީ އިލެކްޓްރިކް ގޮލްފް އަދި ލައިފްސްޓައިލް ކާޓްގެ އެކްސްކްލޫސިވް ޑީލަރަކަށް ލޯކަލް އިންޖިނިއަރިން އެންޑް އެނާޖީ ސޮލިއުޝަންސް ފޯރުކޮށްދޭ މަޝްހޫރު ކުންފުނި އިލެކްޓްރިފައި މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑް ހަމަޖައްސައިފި އެވެ.
މި ޕާޓްނާޝިޕުގެ ދަށުން އިލެކްޓްރިފައި މޯލްޑިވްސްއަށް ރާއްޖޭގެ ހުރިހާ ލޯކަލް އޮޕަރޭޝަންތަކެއް މެނޭޖުކުރުމުގެ މަސައްކަތް ހަވާލުކޮށްފައި ވަނީ ސްރީލަންކާގެ ކުންފުނި ޓްރޭޑް ޕްރޮމޯޓާސް ޕްރައިވެޓް ލިމިޓެޑް (ޓީޕީއެލް) އާއި ކައިނެޓިކް ގްރީން ޓޮނީނޯ ލެމްބޯގިނިއާ ދެމެދު ވެފައިވާ ޑިސްޓްރިބިއުޝަން އެގްރީމަންޓާ ގުޅިގެންނެވެ.
މި ޕާޓްނާޝިޕުގެ ދަށުން ޓޮނީނޯ ލެމްބޯގިނީ އިލެކްޓްރިކް ކާޓް ލައިންއަޕްގެ ސޭލްސް، މާކެޓިން އަދި އާފްޓާ ސޭލްސް ސަޕޯޓްގައި އިސްކޮށް ހަރަކާތްތެރިވާނީ އިލެކްޓްރިފައި މޯލްޑިވްސް އެވެ.
މި ޕާޓްނާޝިޕަކީ ރާއްޖޭގެ ލޯކަލް އެކްޕާޓީޒް އާއި ދުނިޔޭގެ ފެންވަރުގެ ޑިޒައިންތައް ތައްޔާރުކުރާ މެނުފެކްޗަރާއަކާ ގުޅުވައިދީ، ރާއްޖެއަށް ދެމެހެއްޓެނިވި، އެންމެ ފެންވަރު ރަނގަޅު އިލެކްޓްރިކް މޮބިލިޓީ ގެނެސްދިނުމުގައި އެންމެ ކުރީ ސަފުގައި ހަރަކާތްތެރިވުމަށް އިލެކްޓްރިފައި މޯލްޑިވްސްއަށް ލިބޭ ފުރުސަތެކެވެ.
މި ޕާޓްނާޝިޕާ ގުޅޭ ގޮތުން ޓޮނީނޯ ލެމްބޯގިނީ އެސްޕީއޭގެ ވައިސް ޕްރެޒިޑެންޓް އަދި ކައިނެޓިކް ގްރީން ޓޮނީނޯ ލެމްބޯގިނީ ޕްރައިވެޓް ލިމިޓެޑްގެ ޑިރެކްޓަރު ފެރުޗިއޯ ލެމްބޯގިނީ ވިދާޅުވީ ރާއްޖެއަކީ އެ ކުންފުނިން ގަބޫލުކުރާ ފަދަ އިނޮވޭޝަނާއި ޕާފޯމަންސް ދައްކައިދޭ ފަދަ މާކެޓެއް އޮތް ގައުމެއް ކަމަށެވެ. އަދި މި ޕާޓްނާޝިޕްގެ ސަބަބުން މި ސަރަހައްދުގެ ކަސްޓަމަރުންނަށް ތަފާތު ތަޖުރިބާއެއް ހޯދައިދެވޭނެ ކަމަށް ވިދާޅުވި އެވެ.
އިލެކްޓްރިފައި މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑްގެ ޖެނެރަލް މެނޭޖަރު ކަސުން އަބޭރަތާން ވިދާޅުވީ މި ޕާޓްނާޝިޕުގެ ދަށުން އެ ކުންފުނިން އެންމެ ބޮޑު ދައުރެއް އަދާކުރާނީ އިންޖިނިއަރިން އާއި ރެސްޕޮންސިވް ޓެކްނިކަލް ސަޕޯޓު ފޯރުކޮށްދިނުމުގައި ކަމަށެވެ. އަދި ޓޮނީނޯ ލެމްބޯގިނީ އިލެކްޓްރިކް ގޮލްފް ކާޓްތައް ތަމްސީލުކޮށްދިނުމަކީ އެ ކުންފުނިން ދެމުންދާ ހިދުމަތްތައް ފުޅާކޮށް، ލަގްޒަރީ މޮބިލިޓީ ދާއިރާއިން ސަސްޓެއިނަބަލް ސޮލިއުޝަންތައް ހޯދައި ދިނުމަށް ކުރަމުންދާ މަސައްކަތްތަކުގެ ބައެއް ކަމަށް ވިދާޅުވި އެވެ.
މިދިޔަ ޖުލައި މަހުގެ 17 ވަނަ ދުވަހު އިންޑިއާގެ ކައިނެޓިކް ގްރީން އެނާޖީ އެންޑް ޕަވާ ސޮލިއުޝަންސް ލިމިޓެޑާއި އިޓަލީގެ ޓޮނީނޯ ލެމްބޯގިނީ އެސްޕީއޭ އިން އިލެކްޓްރިކް ގޮލްފް އަދި ލައިފްސްޓައިލް ކާޓްގެ ފުރަތަމަ ރޭންޖު ވަނީ ދައްކަލާފަ އެވެ. މި ވެހިކަލްތަކަކީ އިޓަލީގެ ޑިޒައިނާއި އިންޑިއާގެ އިލެކްޓްރިކް ވެހިކަލް ޓެކްނޮލޮޖީ އެއްކޮށްލައި ތައްޔާރުކޮށްފައިވާ އުޅަނދުތަކަކަށް ވާއިރު، ޓޮނީނޯ ލެމްބޯގިނީ ބްރޭންޑުގެ ދަށުން ދުނިޔޭގެ އެކި ކަންކޮޅުތަކުގައި މާކެޓް ކުރުމަށް ހަމަޖެހިފައިވާ ވެހިކަލްތަކުގެ ތެރޭގައި އައިކޮނިކް ރެޑް ޝީލްޑް އަދި ޗާޖިން ބުލް ނިޝާން ހިމެނެ ވެހިކަލްތައް ހިމެނެ އެވެ.
ކައިނެޓިކް ގްރީންގެ ފައުންޑާ އަދި ސީއީއޯ ޑރ. ސުލައްޖާ ފިރޯދިއާ މޮޓްވާނީ ވިދާޅުވީ ފާއިތުވި އަހަރުތަކުގެ ތެރޭގައި ގޮލްފު ކާޓުތަކަށް ލަގްޒަރީ ރިސޯޓުތަކާއި އެއާޕޯޓުތައް ފަދަ އެކި ތަންތަނުން ޖާގަ ލިބިފައިވާ ކަމަށެވެ. އަދި މި ކާޓް އިތުރަށް ފުރިހަމަކޮށް ޕްރިމިއަމް އަލްޓާނެޓިވް ތައާރަފްކުރުމުގެ ހިޔާލު ލިބުނީ އެކި ތަންތަނުގައި މި އުޅަނދަށް ލިބިފައިވާ ތަރުހީބުގެ ސަބަބުންކަމަށް އޭނާ ވިދާޅުވި އެވެ.
އިލެކްޓްރިފައި މޯލްޑިވްސް އަކީ ރާއްޖޭގައި ޓްރޭޑް ޕްރޮމޯޓާސް ޕްރައިވެޓް ލިމިޓެޑަށް ކަނޑައަޅާފައިވާ ޑީލަރެވެ. އެ ކުންފުނިން 2019 ވަނަ އަހަރުން ފެށިގެން ދަނީ ރާއްޖޭގެ އެކި ހިސާބުތަކުގައި ރޯބަސްޓް ޕަވާ އަދި އިންޖިނައިރިންގެ ހިދުމަތްތައް ފޯރުކޮށްދެމުންނެވެ. ރާއްޖޭގައި ހިންގަމުން އަންނަ 187 ރިސޯޓުގެ ތެރެއިން 120 އަށް ވުރެ ގިނަ ރިސޯޓަށް އިލެކްޓްރިފައި މޯލްޑިވްސްއިން ހިދުމަތް ދެ އެވެ.
ޓޮނީނޯ ލެމްބޯގިނީ އިލެކްޓްރިކް ގޮލްފް ކާޓް ތައާރަފްކުރުމާއެކު، އިލެކްޓްރިފީ މޯލްޑިވްސްއިން ރިސޯޓުތަކާއި ޕްރައިވެޓް އެސްޓޭޓްތަކާއި، އެކި ވިޔަފާރިތަކަށް ލަގްޒަރީ މޮބިލިޓީ ސޮލިއުޝަންތައް ފޯރުކޮށްދޭނެ އެވެ.
ޕްރޮޑަކްޓް ލައިންސް:
- ޖެނެސިސް ރޭންޖް: މިއީ ބްރޭންޑުގެލެގަސީއިން އިންސްޕަޔާވެގެން ފަރުމާކޮށްފައިވާ އިޓާލިއަން ޝީކް ޑިޒައިނެއް
- ޕްރެސްޓިޖް ރޭންޖް: މިއީ ފިއުޗަރިސްޓިކް، އަލްޓްރާ ޕްރިމިއަމް އަދި ތަފާތު އިނޮވޭޝަނެއް ހިމެނޭ ޑިޒައިނެއް
* ކޮންފިގްރޭޝަން: ގޮލްފް ކޯސްތަކާއި ލަގްޒަރީ ރިސޯޓްތަކާއި ޕްރައިވެޓް އެސްޓޭޓްތަކާއި އެއާޕޯޓުތަކާއި ކޯޕަރޭޓް ކެމްޕަސްތަކުގައި ބޭނުންކުރުމަށް 2، 4، 6، އަދި 8 ސީޓުގެ މޮޑެލްތައް
މައިގަނޑު ފީޗާތައް
- ހާއްސަ މެކްފާސަން ސަސްޕެންޝަނެއް ހިމެނޭ
- ރައްކާތެރިކަން ކަށަވަރުކުރުމަށް ހަތަރު ފުރޮޅުލީ ހައިޑްރޯލިކް ބްރޭކެއް
- ޕާފޯމަންސް އިތުރުކުރުމަށް 45 އެންއެމް ޓޯކް އަދި 30 ޕަސެންޓް ގްރޭޑެބިލިޓީ
- ވަޔަލެސް ޗާޖު ކުރެވޭ ވަރުގަދަ ލިތިއަމް ބެޓެރިއެއް ހިމެނޭ. މިއީ 10 އަހަރުގެ މުއްދަތަށް ބޭނުން ކުރެވޭނެ 150 ކިލޯމީޓަރުގެ ރޭންޖު ލިބޭ ބެޓެރިއެއް
- މި ޕްރޮޑަކްޓަށް ފަސް އަހަރުގެ ވޮރެންޓީ ލިބޭނެ
މީގެ އިތުރުން މި ކާޓުތަކަކީ އެކަށީގެންވާ ލެގްރޫމެއް ހިމެނޭ ޕްރިމިއަމް ސީޓިންތަކަކާއި އިންޓިއުޓިވް ކޮންޓްރޯލް ހިމެނޭ ކާޓުތަކެކެވެ. މި ކާޓުތކަކީ ޔުނިވާސަލް ޑްރައިވް ކޮންފިގަރޭޝަން (އެލްއެޗްޑީ/އާރްއެޗްޑީ) ކޮމްޕެޓިބިލިޓީގެ ހިމެނޭ ސްމާޓް ޓީއެފްޓީ ޑޭޝްބޯޑާއި އެލްއީޑީ ހެޑްލައިޓު އަދި ވަޔަލެސްކޮށް ފޯނު ޗާޖުކުރެވެން ހުންނަ ކާޓުތަކެކެވެ. އަދި މި ކާޓުތަކުގައި ގޮލްފް ބޭގު ބެހެއްޓޭނެ ތަނަކާއި ފަތްޖަހާލެވޭ ވިންޑްޝީލްޑްގެ އިތުރުން އޮންބޯޑް ޗާޖިން ފަދަ ހިދުމަތްތައް ހުންނާނެ އެވެ.
އިލެކްޓްރިފީ މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑަކީ 2019 ވަނަ އަހަރު ޓްރޭޑް ޕްރޮމޯޓާސް ޕްރައިވެޓް ލިމިޓެޑުން ކަމިންސް އިންކްގެ އިންޖީނުގެ ޕްރޮޑަކްޓްތަކުގެ އޮތޮރައިޒްޑް ޑީލަރެއްގެ ގޮތުގައި ވެސް ހަމަޖައްސައިފައިވާ ކުންފުންޏެވެ. އިލެކްޓްރިފީ މޯލްޑިވްސްއިން މިހާރު އަންނަނީ ފެންވަރު ރަނގަޅު އިލެކްޓްރިކް މޮބިލިޓީ ސޮލިއުޝަންތަކާއެކު އެކުންފުނީގެ ހިދުމަތްތައް ފުޅާކުރަމުންނެވެ.
ނޯޓު: މިއީ އިލެކްޓްރިފައި މޯލްޑިވްސްގެ އެޑްވަޓޯރިއަލް އާޓިކަލްއެކެވެ.
ހިއްސާ: ރައްކާތެރިކަމާއެކު ފަހަށް ރައްކާކުރުން
ފަހަށް ރައްކާކުރުން: އިންވެސްޓްމަންޓް ފަންޑް
ރާއްޖެއަށް އޭއައި ޑިގްރީއެއް!
ފަހަށް ރައްކާކުރުން: ބޮންޑް އަދި ސުކޫކު
ބޭފެންސީގެ ލޮބީ: ހިތްގައިމުވެފައި އެތައް ހިދުމަތެއް ލިބޭނެ
ދިވެހީންނަށް ސްޕޯޓްސް އިންޖަރީގެ ދުނިޔޭގެ ފެންވަރުގެ ފަރުވާ
ބޭފެންސީ ހިޔާރުކުރަންވީ ކީއްވެ؟
އެސްޓީއޯއިން ޕްލާސްޓިކް ކޮތަޅު ދެގުނައަށް މަދުކޮށްފި
އައްޑޫގެ މަގުތައް ކުރިއެރުމުގެ ރާސްތާއަކަށް ބަދަލުކޮށްފި
މި ރީޖަނުގެ ބޮޑު ކާމިޔާބީއެއް ޕައިނެޓްވޯކްސްއަށް